ހެއިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލައިގައި އެމެރިކާއިން ހަތަރު މީހަކު ހައްޔަރުކޮށްފި

ެއަވަހާރަކޮށްލެވުނު ހެއިޓީގެ ރައީސް ޖޮވެނެލް މޮއިޒް - ފޮޓޯ: ގެޓީ

ެއަވަހާރަކޮށްލެވުނު ހެއިޓީގެ ރައީސް ޖޮވެނެލް މޮއިޒް - ފޮޓޯ: ގެޓީ

ފްލޮރިޑާ (ފެބްރުއަރީ 15) - މީގެ ދެ އަހަރު ކުރިން ހެއިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލައިގައި އެމެރިކާއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ފެޑެރަލް އޮފިޝަލުން ބުނި ގޮތުގައި 2021 ގައި ހެއިޓީގެ އޭރުގެ ރައީސް ޖޮވެނެލް މޮއިޒް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމެރިކާގެ ފްލޮރިޑާއިން ހައްޔަރުކުރީ އެ ގައުމުގެ ތިން މީހަކާއި ކޮލަމްބިއާއަށް ނިސްބަތްވާ މީހެކެވެ.

އެމީހުންނަށް ކުރާ ތުހުމަތަކީ މޮއިޒް ރަހީނުކުރުން ނުވަތަ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވުމާއި އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނަށް އެމެރިކާ މަގުން 20 އަސްކަރީ ވެސްޓު ފޯރުވައިދިނުމުގެ ތުހުމަތެވެ.

މޮއިޒް އަވަހާރަކޮށްލީ އޭނާގެ އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށް ހަތިޔާރު އެޅި ގްރޫޕަކުން ގެކޮޅަށް ވަދެ ބަޑިން ހަމަލާދީގެންނެވެ. އެ ހަމަލާގައި މޮއިޒްގެ އަނބިކަނބަލުން ވެސް ޒަހަމްވި އެވެ.

މި ހަމަލާއަށްފަހު އެ ގައުމުގެ ބޮޑު ބަޔެއް ކޮންޓްރޯލްކުރަމުން އަންނަނީ ހަތިޔާރު އެޅި ގޭންގުތަކުންނެވެ. އަދި އެ ގައުމުގެ ސަރުކާރުން ގައުމުގެ ކޮންޓްރޯލް ނެގުމަށް އެކި ގައުމުތަކުގެ އެހީތެރިކަމަށް ދަނީ އެދެމުންނެވެ. އެގޮތުން ކެނެޑާއިން ވަނީ މި މަހު ހެއިޓީގައި ހަރަކާތްތެރިވާ ގޭންގުތަކުން އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން ކެނެޑާއިން އަސްކަރީ އެއާ ކްރާފްޓެއް ފޮނުވާފަ އެވެ.

ނަމަވެސް، ގިނަ ގައުމުތަކުން އެ ގައުމުގެ ސަރުކާރަށް ސީދާ އަސްކަރީ އެހީވުމަށް ވަނީ ފަސްޖެހިފަ އެވެ. ނަމަވެސް އަވަށްޓެރި ޖަމައިކާއިން ވަނީ ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިބުމަށް ސިފައިން ފޮނުވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox