ކެރިއަރު ނިމުމުގެ ކުރިން ފައިސަލް މާޒިޔާ އަށް ދިޔައީ ކީއްވެ؟

Feb 16, 2023, 3:34 AM
މާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން ކީޕަރު ފައިސަލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން ކީޕަރު ފައިސަލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގައި އޮތް ޕްރޮފެޝަނަލް މާހައުލު ތަޖުރިބާ ކޮށްލައި، ކާމިޔާބީތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ތަޖުރިބާކާރު ގޯލްކީޕަރު، މުހައްމަދު ފައިސަލް ބުނެފި އެވެ.

އދ. ފެންފުށްޓަށް އުފަން، ފައިސަލް، 34، އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ކެރިއަރު ފަށައި އޭގެ ފަހުން ވަނީ ވިކްޓަރީ، ވެލެންސިއާ، އީގަލްސް، ނިއު ރޭޑިއަންޓް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފައިސަލް، މާޒިޔާއާ ގުޅުނުއިރު، އޭނާ ފާއިތުވި އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ވެސް ގެންގުޅުނެވެ.

ވެލެންސިއާ އިން ގަވާއިދުން މުސާރަ ނުދޭތީ، އެ ކްލަބުން ރިލީސް ހޯދަން މިދިޔަ ސީޒަނުގައި ފައިސަލް އެދުނެވެ. އެކަމަކު، ރިލީސް ހަމަނުޖެހި، މިދިޔަ ސީޒަނުގެ ފަހު ބައިގައި ފައިސަލް ނުކުޅެ އެވެ. ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ސްކޮޑުގައި ވެސް ފައިސަލް ނުހިމެނެ އެވެ.

ޕީއެސްއެމްގެ "ސާބަސް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ފައިސަލް ވަނީ މާޒިޔާ އަށް ބަދަލުވާން ނިންމި ސަބަބު ކިޔައިދީފަ އެވެ.

"ދެން ވަރަށް ގިނަ ކްލަބަކަށް ކުޅެވިއްޖެ، ފަސް ކްލަބަކަށް ކުޅެވިއްޖެ. ކުޅުނުއިރު، އެހެން ކްލަބްތައް ވެސް ރަނގަޅު. އެކަމަކު، ކުޅުންތެރިން ޑިސިޕްލިން ކުރުމަށްޓަކައި، މާޒިޔާ ގެންގުޅޭ ގޮތްގަނޑު އަސްލު ވަރަށް ހިތްހަމަޖެހޭ. އަސްލު ކުޅުންތެރިން ވަރަށް ޑިސިޕްލިން ވާންޖެހޭ،" ފައިސަލް ބުންޏެވެ.

"ބައެއް ކްލަބްތައް ހުންނަނީ ކޮންމެ ގޮތެއް ވަރިހަމަވެފައި. ސެލަރީ މައްސަލަ ޖެހޭތީ މެނޭޖްމަންޓަކަށް ވެސް ނުބުނެވޭ މި ގޮތަށް ހަދާށެކޭ. އެކަމަކު، މާޒިޔާ އަކީ މިހާތަނަށް އައިއިރު ހުރިހާ އެންމެނަށް ވެސް ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން ކްލަބެއްގެ ގޮތުގައި މި ފެންނަނީ،"

ކްލަބުން މުސާރަ ނުދޭތީ މީގެ ކުރިން ވޮލީ ކުޅުމަށް ވެސް ދިޔަ ފައިސަލް ބުނީ މިހާރު އޭނާ ގުނަމުން އެ އަންނަނީ ކެރިއަރުގެ ފަހު އަހަރުތައް ކަމަށްވާއިރު، ކުޅުމާ ދުރަށް ދިއުމުގެ ކުރިން މާޒިޔާގެ މާހައުލުގައި މަސައްކަތްކޮށް ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ މާޒިޔާ އެކްސްޕީރިއަންސް ކޮށްލަން މާޒިޔާގެ މެނޭޖްމަންޓާ އެކު މަސައްކަތް ކޮށްލަން. މާޒިޔާ އަކީ މިހާރު ވަރަށް ކާމިޔާބު ކްލަބެއް. އެއީ ވެސް ސަބަބެއް މި ކްލަބަށް އައި،" ފައިސަލް ބުންޏެވެ. "މި އަހަރު މާޒިޔާ އެހެން އަހަރުތަކަށް ވުރެ ކާމިޔާބު ހޯދާނެ،"

ފައިސަލް ދެކޭގޮތުގައި ގައުމީ ޓީމުގައި ގަވާއިދުން ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް މާޒިޔާ ސްކޮޑުގައި ހިމެނުމަކީ ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ލިބޭނެ ފަސޭހަ އެކެވެ.

"(މާޒިޔާގައި) މި ކުޅުންތެރިން އެއްކޮށް ބޮޑު ލީގެއް ކުޅެފައި، ގައުމީ ޓީމު އެކުލަވާލާއިރު، ގައުމީ ޓީމުގައި މީގެއިން ގިނަ ކުޅުންތެރިން ކުޅޭނެ ފުލްކޮށް، އެހެންވެއްޖެ ކަމަށް ވިއްޔާ ގައުމީ ޓީމުގައި އެ ހުންނަ ކޯޗަކަށް ވެސް ވަރަށް ފަސޭހަވާނެ. އެއީ ގޭމް ވެސް ފަސޭހަވާނެ، ބޭނުން ގޮތަކަށް އަތުރާލުމުގައި ވެސް ފަސޭހަގޮތްތަކެއް ހުންނާނެ،" ފައިސަލް ބުންޏެވެ.

ބަލްގޭރިއާގެ ކޯޗު އިވާން ކޮލޭވްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން އާ ސީޒަނަށް ޕްރެކްޓިސްތައް ކުރިއަށްގެންދަމުން އަންނައިރު، އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ. ފައިސަލްގެ އިތުރުން މާޒިޔާއާ ދެން ގުޅުނު ކުޅުންތެރިންނަކީ ކުރިން އީގަލްސް އިން ފެނުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)، ވެލެންސިއާ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ނިއު ރޭޑިއަންޓަށް ކުޅުނު އުންމީދީ ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox