މި މަހު ބާއްވާ ފޯ ނޭޝަންސް ވޮލީ މުބާރާތް ލޯންޗްކޮށްފި

Feb 12, 2023, 12:47 PM
މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް (ކ)، ޔޫތު މިނިސްޓަރު މަހުލޫފް (މ) އަދި ވީއޭއެމްގެ ނައިބު ރައީސް އަޝްރަފު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް (ކ)، ޔޫތު މިނިސްޓަރު މަހުލޫފް (މ) އަދި ވީއޭއެމްގެ ނައިބު ރައީސް އަޝްރަފު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މަހު 23-27 އަށް މާލޭގައި އަންހެން އަދި ފިރިހެން ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށް، މުބާރާތުގެ ލޯގޯ ލޯންޗްކޮށްފި އެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި މިއަދު ހަވީރު ބޭއްވި އިވެންޓެއްގައި ފޯ ނޭޝަންސް ވޮލީ މުބާރާތް ލޯންޗްކުރިއިރު، މި މުބާރާތުގައި ރާއްޖެއާ ވާދަކުރާނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި އަފްގާނިސްތާން އެވެ. އަފްގާނިސްތާނުން ހަމައެކަނި ބައިވެރިވަނީ ފިރިހެން ޓީމެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ރައުންޑް ރޮބިން ކުޅުމަށް ފަހު، އެއް ވަނަ ފައިނަލަށް ދާ ގޮތަށާއި ދެ ވަނަ އާއި ތިން ވަނަ ސެމީ ފައިނަލް ކުޅޭ ގޮތަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަނީ ވިދާޅުވެފަ އެވެ.

މި މަހު ރާއްޖޭގައި ބާއްވާ ފޯ ނޭޝަންސް ކަޕްގެ ލޯގޯ: ރާއްޖޭގައި އިންޑޯ ވޮލީ ބޯޅަ މުބާރާތެއް މި ހޯސްޓްކުރަނީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ވޮލީ އަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކުޅިވަރެއް ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މި ސަރުކާރުން ގިނަ ރަށްތަކެއްގައި އައުޓް ޑޯ އާއި އިންޑޯ ވޮލީ ކޯޓުތަކެއް ގާއިމްކުރަން ކުރެވޭ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން ގައުމީ ވޮލީ ޓީމުތަކަށް އިންޑޯ އަދި ބީޗް ވޮލީ ޓީމުތައް ވެސް އެހެން ހަރުފަތަކަށް ގެންދިއުމަށް ވޮލީ އެސޯސިއޭޝަނާ އެކީގައި މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" މަހުލޫފް ވިދާޅުވި އެވެ.

"އެ ގޮތުން ރާއްޖޭގެ ގައުމީ ޓީމެއް އެންމެ ފުރަތަމަ ޔޫރަޕްގައި ކޭމްޕް ކުރި ބަޔަކީ ހަމަ ވޮލީ ޓީމުތައް އޭގެ ފަހުން، ސައުދީ އަަަރަބިއްޔާގައި ކޭމްޕް ކުރުމަށް ފަހު މި ވަގުތު މި މުބާރާތަށް ހާއްސަކޮށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމު އެ ވަނީ ތައިލެންޑްގައި ޓްރެއިނިން ކޭމްޕް ހަދަމުން،"

މިދިޔަ އަހަރު ސެންޓްރަލް ޒޯން މުބާރާތް ނުބޭއްވުނީ "ހާލަތުގެ ގޮތުން"

ރާއްޖޭގައި މިދިޔަ ޑިސެމްބަރު މަހު، އަންހެން އަދި ފިރިހެން ސެންޓްރަލް އޭޝިއަން ވޮލީބޯޅަ މުބާރާތް ބާއްވަން ޝެޑިއުލް ކުރެވުނު ނަަމަވެސް، އެ މުބާރާތް ތާވަލުކުރި ގޮތަށް ނުބޭއްވުނެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ސެންޓަރަލް ޒޯން އެ މުބާރާތް ނުބޭއްވުނު ސަބަބުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި ވިސްނީ އެހެން ބަޔަކަށް ބަރޯސާނުވެ، ވީއޭއެމްއާ ގުޅިގެން އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް ކަމަށެވެ.

އެ ގޮތުން، ބާއްވާ އިންޓަނޭޝަނަލް މުބާރާތަކީ މި މަހު ބާއްވާ ފޯ ނޭޝަންސް ކަޕް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޑިސެމްބަރު މަހަށް ތާވަލުކުރި ސެންޓްރަލް ޒޯންގެ އެ މުބާރާތް ނުބޭއްވިދިޔަ ސަބަބެއް ހާމަކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަށް ދިމާވީ އެ މުބާރާތް ބާއްވަން ގަސްދުކުރި ތާރީހުގައި އެކަން ކުރަން ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

"އެންމެ ބޮޑު ކަމަކަށް ދިމާވީ އެ މުބާރާތް ބާއްވަން އޮތް ތާރީހަކީ އެހެން ފަރާތަކަށް ޑިޕެންޑް ވެގެން ކުރަން ޖެހޭ ކަމެއް ގޮތަށް. އެހެންވީމަ، އަޅުގަނޑުމެން މިދިޔަ އަހަރު ފެށިގެން، އަޅުގަނޑު ހަމަގައިމު ވެސް ދައްކަމުން އައި ވާހަކަ އަކީ، ޑިސެމްބަރު، އަޅުގަނޑުމެން އަންހެން ފިރިހެން ސެންޓްރަލް ޒޯން މުބާރާތުންނޭ ނިންމާނީ، އެކަމަކު، އެކަން ނުވެ، އެ ދިޔަ ސަބަބުގެ ތަފްސީލަށް ނުގޮސް އަޅުގަނޑު ވީ އެންމެ ކުރުކޮށް މި ތަނުގައި މި ވިދާޅުވީ،" މިނިސްޓަރު ވިދާޅުވީ އެވެ.

ސެންޓްރަލް ޒޯން މުބާރާތް ނުބޭއްވުމަށް ދިމާވި ސަބަބާ ބެހޭގޮތުން، ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވީ އެ ޒޯނުން ގެނައި ބަދަލުތަކެއްގެ ތެރެއިން 23 އަހަރުން ދަށުގެ މުބާރާތް ޝެޑިއުލްކުރީ ޑިސެމްބަރު މަހުގެ އެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތުގައި ސެންޓްރަލް ޒޯން ބައެއް ގައުމުތަކުން ވެސް ބައިވެރިވުމަށް ހުރި ދަތިތަކެއްގެ ސަބަބުންނާއި ދިމާވި އެހެން ކަންތައްތަކާ ހެދި މުބާރާތް ނުބޭއްވުނީ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ފޯ ނޭޝަންސް ކަޕްގައި ކުޅެން ސައުދީ އަރަބިއްޔާގެ އަންހެން ވޮލީ ޓީމަށް ވެސް ދައުވަތު ދެވުނު ކަމަށެވެ. އެކަމަކު، މި ވަގުތު ހާލަތު ހުރި ގޮތުން އެ ޓީމަށް ނާދެވުނީ ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައި ސައުދީ އަރަބިއްޔާގެ އަންހެން ޓީމު ރާއްޖެ އައިސް ކޭމްޕެއް ފުރިިހަމަކޮށް، ރާއްޖެއާ ދެކޮޅަށް މެޗުތަކެއް ކުޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފޯ ނޭޝަންސް ކަޕަކީ ނަތީޖާ ނެރެ، ކުރިއަށް ދާން ބަލާއިރު ބޭނުންހިފޭނެ މުބާރާތެއް

މިނިސްޓަރު މަހުލޫފް، މިއަދު ވިދާޅުވީ މިއީ 2019 ވަަަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ވޮލީ އަށް ޓަކައި، ކުރެވުނު މަސައްކަތުން ތަފާތެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ މުބާރާތް ކަމަށެވެ.

އެ ގޮތުން މި މުބާރާތުގައި ޓީމަށް ހިތްވަރު ދޭން ވީހާ ވެސް ގިނަ ބަޔަކު މެޗުތަކަށް އައުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"މީގެ ކުރިން ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ޓީމަށް އެ ސަޕޯޓް ކުރުމަށް އެ ވަޑައިގެންނެވި ގޮތަށް ރަތް ކުލައިން ގައުމީ ދިދައިގައި ވަދެ، ހަމަ ސޯޝަލް ސެންޓަރު ހަމަ ގަދަ އަޑުން ގުގުމާލަންވީ، އަންހެން ޓީމަށް ވެސް އަދި ފިރިހެން ޓީމަށް ވެސް. އުންމީދަކީ، ވަރަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅުގައި ހުރި އިންޓަނޭޝަނަލް އެކި އެކި މުބާރާތްތަކެއް އެކި އެކި ސަބަބުތަކާ ހުރެ ނުބޭއްވި ދިޔަ ކަމަށެވެ. އެ ގޮތުން އޭޝިއަން ގޭމްސް މި އަހަރަށް ލަސްވެގެން ދިއުމާއި ސެންޓްރަލް ޒޯން މުބާރާތް ވެސް ނުބޭއްވުމަކީ އައި ހުސްކަމެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކަމަކު، އެ ކަންތައްތަކަށް ނުބަަލައި، މި އަހަރު ކުރިއަށް ހުރި އިންޓަނޭޝަނަލް މުބާރާތްތައް ކަމަށްވާ އައިއޯއައިޖީ، އޭޝިއަން ގޭމްސް އަދި ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުން މުހިންމު ކަމެއްގެ ގޮތުގައި ރަނޭޝް ފާހަގަކުރެއްވި އެވެ.

"މި މުބާރާތަކީ މިދިޔަ އަހަރު ކުރެވުނު އެ ފަރިތަކުރުންތައް އެ ކުރެވުނު މަސައްކަތުގެ ނަތީޖާ ބަލާލަން ލިބޭ ފުރުސަތެއް،" ރަނޭޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓެކްނިކަލް ޓީމަށް ފެނުނު ގޮތުގައި މި މުބާރާތަކީ (ފޯ ނޭޝަންސް ކަޕަކީ) މި އަހަރު ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން ބަލާއިރު، ބޭނުންހިފޭނެ ކަމެއް،"

ރަނޭޝް ވިދާޅުވީ ފޯ ނޭޝަންސް ކަޕްގައި ކުޅޭ އަފްގާނިސްތާނަކީ ސެންޓްރަލް އޭޝިއާ އަށް ނިސްބަތްވާ ޓީމެއް ކަމަށްވާއިރު، އެ ޓީމާ އެކު ކުޅެލުމަކީ ސެޕްޓެމްބަރު މަހު ސްރީ ލަންކާގައި ބާއްވާ ފިރިހެން ސެންޓަރަލް އޭޝިއާ މުބާރާތަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އަދި އަންނަ މެއި މަހު ސެންޓްރަލް އޭޝިއަން ވޮލީ ބޯޅަ މުބާރާތަށް ނޭޕާލަށް އަންހެން ވޮލީ ޓީމު ދާއިރު، މި ފޯ ނޭޝަންސް ކަޕަކީ އަންހެން ޓީމަށް ވެސް ރަނގަޅު ތައްޔާރީ އަކާއި ރަނގަޅު ކާމިޔާބެއް ހޯދޭނެ މުބާރާތެއްގެ ގޮތުގައި ބެލެވޭ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

"އޭގެ އިތުރުން އަންހެން ޓީމަށް ރާާއްޖޭގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ކުޅެލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް މި ބަލަނީ،" ރަނޭ ވިދާޅުވި އެވެ.

"އުފާވެރި ހަބަރުތަކެއް އޮތީ، އަޅުގަނޑުމެންނަށް މި އަހަރުގެ ކަލަންޑަރު ވެސް ފެންނަނީ އިންޓަނޭޝަނަލް މުބާރާތްތަކާ އެއްކޮށް، ގުޅިގެން ލާމެހިގެން ގޮސްފައި އޮތް ގޮތަކަށް، އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރު ދިވެހިން ފަހުރުވެރިވާ ވަރުގެ ވަނަތަކެއް ދިވެހި ވޮލީބޯޅައިން ހޯދުން، މިހާރު އަޅުގަނޑުމެން މިސްރާބު ޖަހާފައި މި ހުރީ، އަޅުގަނޑުމެންގެ އިންޑޯ ވޮލީ ކޮންމެ ވެސް އެއް މުބާރާތަކުން މި ސިލްވާ ނޫނީ ބްރޯންޒްގެ ބަދަލުގައި ގޯލްޑަކަށް ބަދަލުކުރެވޭނެ މަސައްކަތް ކުރަން. އުންމީދަކީ ވެސް އެއީ،"

މިދިޔަ އަހަރުތަކުގައި ގިނަ ބަޔެއްގެ ބައިވެރިވުމާ އެކު ކުރެވުނު މަަސައްކަތުން 2019 ވަނަ އަހަރު އަންހެން ވޮލީ ޓީމު ވަނީ ސެންޓަރަލް އޭޝިއަން މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން، މިދިޔަ ޑިސެމްބަރު މަހު ސެންޓްރަލް އޭޝިއާގެ ބީޗް ވޮލީ މުބާރާތުން ރާއްޖޭގެ ބީޗް ވޮލީ ޓީމުން މި ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަކީ ވީއޭއެމްގެ އަމާޒެކެވެ. އެ ގޮތުން، ފޯ ނޭޝަންސް ކަޕަކީ ކާމިޔާބު ހޯދަން އެންމެ ބޮޑު އުންމީދެއް ކުރާ މުބާރާތެވެ.

ރާއްޖޭގައި އިންޑޯ ވޮލީގެ އިންޓަނޭޝަނަލް މުބާރާތެއް މީގެ ކުރިން ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ޖެނުއަރީ މަހު މާލޭގައި އަންހެން ވޮލީގެ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިން މުބާާރާތެއް ރާއްޖޭގައި ބޭއްވިއިރު، އެ އަހަރު މާޗް މަހު ވަނީ އޭވީސީ ސެންޓަރަލް ޒޯން ފިރިހެން މުބާރާތް ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox