ތުރުކީގައި ބިންހެލުނުތާ ހަ ދުވަސް ފަހުން އާއިލާއެއް ސަލާމަތްކޮށްފި، މުޅި ގައުމު ހައިރާން ކަމެއްގައި

ތުރުކީގެ އިމާރާތުގެ ދަށުން އާއިލާގެ މެންބަރުން ސަލާމަތް ކުރަނީ - ފޮޓޯ: ރޮއެޓާސް

ތުރުކީގެ އިމާރާތުގެ ދަށުން އާއިލާގެ މެންބަރުން ސަލާމަތް ކުރަނީ - ފޮޓޯ: ރޮއެޓާސް

ގަޒިއަންތެބު، ތުރުކީ (ފެބްރުއަރީ 12) - މި މަހު ހަ ވަނަ ދުވަހު ތުރުކި އަދި ސީރިއާއަށް އައި ބިންހެލުމަށްފަހު ހަ ދުވަސް ފަހުން ބިމާހަމަވެފައިވާ އިމާރާތެއްގެ ދަށުން އާއިލާއެއްގެ ފަސް މެންބަރުން ދިރިތިއްބާ ސަލާމަތް ކޮށްފި އެވެ.

އެ އާއިލާ ސަލާމަތް ކޮށްފައިވަނީ ތުރުކީގެ ގަޒިއަންތެބުގެ އިމާރާތެއްގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވެފައިވާ މެލޭޝިއާގެ ޑިސާސްޓާ އެސިސްޓެންސް އެންޑް ރެސްކިއު ޓީމާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ އިމާރާތަކީ އެ އާއިލާ ދިރިއުޅެމުންދިޔަ ރެސިޑެންޝަލް ބްލޮކެކެވެ.

"އެންމެ ފުރަތަމަ އެ އިމާރާތުގެ ދަށުން އަޑެއް އިވިގެން ބަލަން ފެށީ، ލައިފް ޑިޓެކްޓާ ސެންސާ ބޭނުންކޮށްގެން ބެލިއިރު އިމާރާތުގެ ދެ މީޓަރު އަޑީގައި އެ މީހުން ތިބިކަން އިނގުނު، ފުރަތަމަ ހީކުރީ ތިން މީހުން ކަމަށް ތާށިވެފަ ތިބީ" އެ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

ސަލާމަތް ކުރުމަށް ހަރަކާތްތެރިވި ޓީމުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ސަލާމަތް ކުރެވުނީ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ސަލާމަތް ކުރެވުމާއެކު ތާށިވެފައިތިބި އާއިލާގެ މެންބަރުންނާއި ބޭރުގައި ތިބި ތުރުކީގެ ރައްޔިތުން މުޅި ސަރަހައްދު ތަކުބީރުގެ އަޑު ގުގުމާލި ކަމަށާއި އެއީ ރެސްކިއު ޓީމުގެ މެންބަރުންނަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށެވެ.

ވެއްޓިފައި އޮތް އިމާރާތުގެ ދަށުން ފަހަރަކު މީހަކު ނެރެ މުޅި އާއިލާ ސަލާމަތް ކުރެވުނީ ތިން ގަޑިއިރުގެ ބުރަ މަސައްކަތުން ކަމަށްވެ އެވެ. އަދި މިހާރު އެ އާއިލާގެ މެންބަރުންނަށް އަންނަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ކަމަށާއި ފަސް މެންބަރުންގެ ހާލުވެސް ރަނގަޅު ކަމަށް ތުރުކީގެ ރިޕޯޓުތައް ބުނެ އެވެ.

ހޯމަ ދުވަހު ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރަށް އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ މި ބިންހެލުމުގައި މީގެ ކުރިން މަރުވާނެ ކަމަށް ލަފާކުރީ 20،000 އެއްހާ މީހުންނެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 29،000 އަށް އަރާފަ އެވެ. އަނިޔާވި މީހުންގެ އަދަދު ވަނީ 100،000 ހުރަސްކޮށްފަ އެވެ. އަދި މި ބިންހެލުމުގެ އަސަރު ދެ ގައުމުން ޖުމްލަ 23 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހީ އިދާރާއިން ވަނީ ބުނެފަ އެވެ. މިއީ ވޭތުވެދިޔަ ގަރުނެއްގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox