ޒޫމް ބޭނުންކުރާ މީހުންގެ އަދަދު ދަށްވެ, މުވައްޒަފުން މަދުކުރަނީ

ޒޫމް ބޭނުންކުރާ މީހުންގެ އަދަދު ދަށްވެ, މުވައްޒަފުން މަދުކުރަނީ

ކޮވިޑުގެ ހާލަތު ރަނގަޅުވެ, ޒޫމް ކުންފުނީގެ ހިދުމަތްތަކަށް އޮތް ޑިމާންޑު ދަށްވުމާއެކު, އެ ކުންފުނީގެ 1300 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ޒޫމް ވީޑިއޯ ކޮމިއުނިކޭޝަންސް އިންކް އިން ބުނެފި އެވެ.

ގާތްގަނޑަކަށް 1300 މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އިއުލާން ކުރައްވަމުން ޒޫމްގެ ސީއީއޯ އެރިކް ޔުއާން ވިދާޅުވީ, މިއަހަރު އޭނާގެ އަމިއްލަ މުސާރަ ވެސް 98 ޕަސަންޓު ދަށްކުރުމާއެކު ލިބޭ ބޯނަސްތައް ވެސް ދޫކޮށްލާނެ ކަމަށެވެ.

ޔުއާން ވިދާޅުވި ގޮތުގައި, ވަރުބަލިކަމެއް ނެތި ޒޫމްއިން މަސައްކަތް ކުރި ނަމަވެސް ގޯސްތަކެއް ވެސް ހެދުނެވެ. އެގޮތުން, ކުންފުނި ކުރިއަރަމުން އަންނަ މިންވަރާއި ޓީމްތައް އެނަލައިޒް ކުރުމުގައި އެކަށީގެންވާ ވަގުތު ދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރެގިއުލޭޓަރީ ފައިލިންއާ ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި ޒޫމް އިން ވަޒީފާއިން ވަކިކުރުމާ ގުޅޭ ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް 50 މިލިއަން ޑޮލަރާއި 68 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ނަގާނެ އެވެ. އަދި އޭގެ ބޮޑު ބައެއް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރަދުކުރާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ ބުނެފައި ވެއެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރަން ނިންމާފައިވާ ވީޑިއޯ ކޮންފަރެންސް ސޮފްޓްވެއާ އުފައްދާ ޒޫމް ކުންފުނިން ބުނީ އެ ކުންފުނީގެ އެގްޒެކެޓިވް ލީޑާޝިޕް ޓީމުގެ ބޭސް މުސާރަ ވެސް 20 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުނިން ވަކިކުރާ މުވައްޒަފުންނަށް 16 ހަފުތާގެ މުސާރައާއި ސިއްހީ ކަވަރޭޖުގެ އިތުރުން އަހަރުގެ ބޯނަސް ލިބޭނެ ކަމަށް ވެސް ސީއީއޯ ޔުއާން ވިދާޅުވެފައި ވެއެވެ.

އިންފްލޭޝަން މަތިވުމާއި އިންޓްރެސްޓް ރޭޓް މަތިވުމުގެ ސަބަބުން ޑިމާންޑް ދަށަށް ދިއުމާއެކު, އެކަމުން އަރައިގަންނަން ގޯލްޑްމަން ސެކްސް ގްރޫޕް އިންކް އިން ފެށިގެން އަލްފަބެޓް އިންކްއާ ހަމައަށް އެމެރިކާގެ ކުންފުނިތަކުން ވަނީ މި އަހަރު އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox