ތުރުކީ-ސީރިޔާ ބިންހެލުން: އިމާރާތުގެ ދަށުގައި އުފަންވި ކުއްޖާ އެޑޮޕްޓު ކުރަން އެތައް ހާސް ހުށަހެޅުމެއް

Feb 10, 2023, 1:22 AM
ވެއްޓު އިމާރާތެއްގެ ދަށުގައި އުފަންވި އާޔާ.

ވެއްޓު އިމާރާތެއްގެ ދަށުގައި އުފަންވި އާޔާ.

ތުރުކީ އާއި ސީރިއާއަށް ހޯމަ ދުވަހު އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި އުފަންވި އަންހެން ކުއްޖާ އެޑޮޕްޓް ކުރަން އެތައް ހާސް ބަޔަކު ހުށަހަޅައިފި އެވެ.

ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކުއްޖާ އަށް ދީފައިވާ ނަމަކީ އާޔާ –އަރަބި ބަހުން މުއުޖިޒާތް- އެވެ.

ބިން ހެލުމުގައި ތުއްތު އާޔާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ހަތަރު ކުދިން މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސީރިއާއިން ވެއްޓުނު އިމާރާތެއްގެ ދަށުން ހޯމަ ދުވަހު އާޔާގެ ސަލާމާތްކުރުމަށް ފަހު ރެސްކިޔު ޓީމުން އާޔާގެ މަންމައާ ހަމައަށް ވާސިލު ވެވުނު އިރު އޭނާ ވަނީ މަރުވެފަ އެވެ.

އާޔާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔައިރު ހާލަތު ވަރަށް ދެރަ އެވެ. ގައިގައި ކުދި ޒަހަމް އާއި ބިހިތަކެއް ހުރިއިރު، ނޭވާ ލުމަށް ވެސް އުނދަގޫތައް ހުރި ކަމަށް ސީރިއާގެ އަފްރީން ސިޓީގައި އެ ކުއްޖާއަށް އަށް ފަރުވާ ދިން ކުޑަކުދިންގެ ޑޮކްޓަރު ބުންޏެވެ.

އާޔާ ސަލާމަތްކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔައިރު، އެ ކުއްޖާ އެޑޮޕްޓް ކުރަން އެދި ހުށަހެޅުންތައް ވަނީ އޮއްސާލައިފަ އެވެ.

ކުވޭތުގެ ޓީވީ ޕެރެޒެންޓަރަކު ބުނީ ގާނޫނީ އިޖުރާއަތްތަކުން ހުއްދަ ދީފި ނަމަ އެ ކުއްޖާ އެޑޮޕްޓުކުރަން ތައްޔާރަށް ހުރި ކަމަށެވެ.

އެހެން މީހަކު ބުނީ އާޔާ އެޑޮޕްޓުކޮށް ރަނގަޅު ދިރިއުޅުއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

އާޔާ އެޑޮޕްޓުކުރަން އެދޭ މީހުން ހޮސްޕިޓަލަށް ވެސް ދަނީ ގުޅަމުންނެވެ.

ނަމަވެސް ހޮސްޕިޓަލްގެ މެނޭޖަރު ޑރ. ހާލިދު ބުނީ އާޔާ އެޑޮޕްޓުކުރަން ފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ. އާޔާ އަށް ވުރެ ހަތަރު މަސް ދޮށީ ކުއްޖެ ހާލިދުގެ ހުރެ އެވެ. އެހެންވެ، އާޔާގެ ތިމާގެ މީހުން އަންނާންދެން ބަލަހައްޓާނެ ކަމަށް އޭނާ ބުންޏެވެ.

އާޔާއަށް ގާތުން ދެނީ ހާލިދުގެ އަންހެނުންނެވެ.

ތުރުކީ އަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ރެފިޔުޖީއިން ތިބި ގައުމެވެ. ހޯމަ ދުވަހުގެ ބިންހެލުން އައިސްފައިވަނީ 3.3 މިލިއަން ރެފިޔުޖީން ތިބި އެ ގައުމުގައި އެންމެ ގިނަ ރެފިޔުޖީ ކޭމްޕުތައް ހުރި ސަރަހައްދަށެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާގައި މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި، އެހީތެރިކަން ލިބުމަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ގިނަ ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތައް -- ފޮޓޯ: ގެޓީ އިމޭޖް
ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތައް -- ފޮޓޯ: ގެޓީ އިމޭޖް

ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތައް -- ފޮޓޯ: ގެޓީ އިމޭޖް

މި ބިންހެލުމުގައި މިހާތަނަށް 20،000 މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑުކުރެވި އެވެ.

ހޯމަ ދުވަހު އެ ސަރަހައްދަށް އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކީ މި ގަރުނުގާވެސް އެ ސަރަހަށްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox