މަޝްރޫއުތަކުގައި ގިނަ މައްސަލަތަކެއް، ދިގު މުއްދަތަކަށް ވަޒީރު އައްޑުއަށް

މަޝްރޫއުތަކުގައި ގިނަ މައްސަލަތަކެއް، ދިގު މުއްދަތަކަށް ވަޒީރު އައްޑުއަށް

އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ފާހަގަކުރެވޭ ވަރުގެ މައްސަލަތާކައި، އެއާ ގުޅިގެން ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން، ޕްލޭނިން މިިނިސްޓަރު މުހައްމަދު އަސްލަމް އަންނަ ހޮނިހިރު ދުވަހު އެ ސިޓީއަށް ވަޑައިގެން ދިގު މުއްދަތަކަށް މަޑުކުރައްވަން ނިންމަވައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގައި، މަޖިލީހުގެ މެންބަރަކު ކުރި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވަނީ އޭނާ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫގައި މިިނިސްޓަރު "ބޭސްވާން" ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މުހިންމު ޝަކުވާއެއް އޮތް ނަމަ، އެ ޝަކުވާއަކަށް އަޅުގަނޑު އެބަ ޖެހޭ އެޑްރެސްކުރަން، އަޅުގަނޑު މޭޔަރާއި ރައްޔިތުންނާ ވެސް ވާހަކަ ދައްކައިގެން ހައްލު ކުރަން ޖެހޭ ކަންކަން ހޯދުން މީގައި ބޭނުމަކީ،" އަސްލަމް މިއަދު "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި މަޝްރޫއުތައް ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާއި، މަޝްރޫއުތައް ލަސްވާން މެދުވެރިވެފައިވާ ސަބަބަކީ ކޮންޓްރެކްޓް މެނޭޖްމަންޓްގައި އުޅޭ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ކޮންޓްރެކްޓަރުންނާ އިތުރަށް މުއާމަލާތް ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރީ މަގު ހެދުމުގެ މަޝްރޫއު އަދި ފެނާއި ނަރުދަމާގެ މަޝްރޫއަށެވެ. މަގު ހެދުމުގެ ޑިޒައިނާ ގުޅިގެން ރައްޔިތުންގެ ޝަކުވާތަކެއް ހުރި އިރު، ނަރުދަމާއަށް ބޭނުންވާ ހޮޅިތައް ވަޅު ނުލައި، މަގު ހަދަން ފަށާތީ ވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

"ފެނަކައިގައި އެތައް ފަހަރަކު ބުނެފައިވާނެ، މަގު ހެދުމުގެ ކުރިން އޭގެ ކަނެކްޝަންތައް ހަދާށޭ، ފެނަކައިން އެ ކަން ނުވާތީ، މަގު ނުހެދި ތިބެން ޖެހެނީ، ލަސްވަނީ، ލަސްވަނީ، އެހެން ލަސްވާން ފެށީމަ، ކޮންޓްރެކްޓަރުގެ އެ މަސައްކަތް ނިންމަން ކޮންމެ ވެސް ގޮތެއް ހަދަން ފަށާނެތާ،" އަސްލަމް ތަފްސީލްކޮށްދެއްވި އެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި، މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރާއި ފެނަކައާ ދެމެދު ކޯޑިނޭޝަން އަދި މުއާމަލާތް ކުރުމުގެ މައްސަލަތަކެއް އެބަ އުޅެ އެވެ. އަދި, އަސްލަމް އައްޑުއަށް ވަޑައިގެން، އެ މައްސަލަތައް ހައްލުކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އައްޑޫ ސިޓީގައި ގާއިމްވެގެން މަސައްކަތް ކުރައްވާ ގޮތަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު (ސޯބެ) ވެސް ހުންނަވަ އެވެ. އަސްލަމް ވިދާޅުވީ، އައްޑުއަށް ވަޑައިގެން އޭނާ މަސައްކަތް ކުރައްވާނީ، އެ ސިޓީގެ ކުރީގެ މޭޔަރު ސޯދިގުއާ ވެސް އެކުގައި ކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެެވެ. ފެންހިންދާ ނިޒާމާއެކު 107 ކިލޯމީޓަރުގެ މަގު ހަދާ، ސީސީޓީވީ އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ސްކީމުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox