ޔޫރަޕްގެ ޗެމްޕިއަން ރެއާލް ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

Feb 8, 2023, 9:24 PM
ރެއާލްގެ ލަނޑު ޖެހުމަށް ފަހު ވިނީޝިއުސް އުފާފާޅުކުރަނީ.

ރެއާލްގެ ލަނޑު ޖެހުމަށް ފަހު ވިނީޝިއުސް އުފާފާޅުކުރަނީ.

ރަބަތު، މޮޮރޮކޯ (ފެބްރުއަރީ 9) - އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީ އަތުން 4-1 އިން މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް މިރޭ ދަތުރުކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ރެއާލުން ނުކުންނާނީ އޭޝިއާގެ ޗެމްޕިއަން، ސައުދީ އަަރަބިއްޔާގެ އަލް-ހިލާލްއާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ މެޗުގައި އަލް-ހިލާލް ވަނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލަމެންގޯ ކަޓުވާލައިފަ އެވެ.

ޕްރިންސް މޯލޭ އަބްދުﷲ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗަށް ރެއާލުން ނުކުތްއިރު، އެ ޓީމުގެ ކެޕްޓަން، ކަރިމް ބެންޒެމާ، ގޯލްކީޕަރު، ތިބޯ ކޯޓުއާ، އެޑާ މިލިޓާއޯ އަދި ފާލަންޑް މެންޑީ ހުރީ އަނިޔާގަ އެވެ.

ރެއާލުން މި މެޗުގެ 42 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. މިއީ އަލް އަހްލީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ވިނީޝިއުސް އޭރިއާތެެރެއިން ހަމަޖެހިލައިފައި ޖެހި ގޯލެކެވެ. މި ލަނޑު ޖެހުމުގެ ކުރިން ވިނީޝިއުސް ޖެހި ބޯޅައެއް އަލް އަހްލީގެ ކީޕަރު، މިސްރުގެ ގައުމީ ޓީމުގެ މުހައްމަދު އަލް ޝެނާވީ ވަނީ މަތަކޮށްފަ އެވެ. އަދި ރޮޑްރީގޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ފުރަތަމަ ހާފުގައި އަލް އަހްލީގެ ހުސެއިން އަލް ޝެހާތު ޖެހި ޝޮޓެއް ރެއާލް ގޯލުގައި ހުރި ކީޕަރު އަންޑްރީ ލުނިން ވަނީ މަތަކޮށްފަ އެވެ.

އަލް އަހްލީ ކުޅުންތެރިއަކު ކައިރިން ރެއާލްގެ ރޮޑްރީގޯ ބޯޅަ ހިފައިގެންދަނީ.

ރެއާލުން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފެޑޭ ވަލްވޭޑޭ ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. އަލް އަހްލީ ކީޕަރު އެލް ޝެނާވީ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅަ ވަލްވޭޑޭ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި އަލް އަހްލީން ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. މިއީ ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން އަލް އަހްލީގެ ފުލްބެކް، އަލީ މަލޫލް ޖެހި ގޯލެކެވެ. ރެއާލަށް ޕެނަލްޓީ އަކުން ގޯލެއް ޖަހައިދޭން ލޫކަ މޮޑްރިޗް ފޮނުވާލި ބޯޅަ ކީޕަރު އެލް ޝެނާވީ ވަނީ މަތަކޮށްފަ އެވެ.

ރެއާލުން އަނެއް ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ދެއްކި އަށް މިނިޓް ތެރޭގަ އެވެ. އެ ގޮތުން އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ރޮޑްރީގޯ ވަނީ ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެެވެ. މިއީ ރެއާލްގެ ޑެނީ ސެބާޔޯސް އާއި ރޮޑްރީގޯގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ގޯލެކެވެ.

ރެއާލްގެ ފަހު ގޯލު ޖެހީ ވިނީޝިއުސްގެ ބަދަލުގައި ކުޅެން އެރި ޒުވާން ކުޅުންތެރިޔާ، ސާޖިއޯ އަރީބާސް އެވެ. އުމުރުން 21 އަހަރުގެ އަރީބާސް އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. އަރީބާސް މި ލަނޑު ޖެހީ ކުޅެން އެރި ފަހުން ލިބުނު ފުރަތަމަ ބޯޅައިގަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް އެވެ. އެ ޓީމުން ވަނީ 2014، 2016، 2017 އަދި 2018 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox