ތުރުކީ-ސީރިއާ ބިންހެލުން: އިމާރާތެއްގެ ދަށުވި އަންހެނަކު ވިހެއުމަށް ފަހު މަރުވެއްޖެ، ކުއްޖާގެ ހާލު ރަނގަޅު

 ސީރިއާގެ ހަލަބުގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖާ

ސީރިއާގެ ހަލަބުގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖާ

ހޯމަ ދުވަހު ފަތިހު ސީރިއާ އަދި ތުރުކީ ގުޅޭ ސަރަހައްދަށް އައި ބިންހެލުމުގައި ބިމާހަމަވި އިމާރާތެއްގެ ދަށުގައި ތާށިވި އަންހެނަކު ވިހެއުމަށް ފަހު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ސީރިއާގެ ހަލަބުގަ އެވެ. އެ އަންހެން މީހާ ވިހޭ ތުއްތު ކުއްޖާ އިމާރާތުގެ ދަށުން ނެގުނު ނަމަވެސް، އަވަސް ފަރުވާދޭ ޓީމުތަކަށް އަންހެން މީހާއާ ހަމައަށް ފޯރުމުގެ ކުރިން ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

ތުއްތު އަންހެން ކުއްޖާއަށް އަވަަސް ފަރުވާދީފައިވާ ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެ ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތެެއް މިހާތަނަށް ދިރި ތިއްބާ ހޯދިފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ސީރިއާގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި އެ އާއިލާގެ ހުރިހާ މެންބަރުން މި ބިންހެލުމުގައި މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ބިންހެލުމުގައި މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު 5،000 އިން މައްޗަށް އަރާފައިވާއިރު، މި އަދަދު 20،000 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯއިން ވަނީ ބުނެފަ އެވެ. އަދި ބިންހެލުމަށް 48 ގަޑިއިރު ވެފައިވާއިރު އިމާރާތްކަގެ ދަށުގައި ތިރި ތިއްބާ މީހުން ހޯދުމުގެ ފުރުސަތު ކުޑަ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތުގެ ވަގުތު ފާއިތުވަމުންދާ ކަމަށް އެކަމުގައި ހަރަކާތްތެރިވަމުންދާ ޓީމުތަކުން އަންނަނީ ބުނަމުންނެވެ.

ތުރުކީއަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ރެފިޔުޖީއިން ތިބި ގައުމެވެ. ހޯމަ ދުވަހުގެ ބިންހެލުން އައިސްފައިވަނީ 3.3 މިލިއަން ރެފިޔުޖީން ތިބި އެ ގައުމުގައި އެންމެ ގިނަ ރެފިޔުޖީ ކޭމްޕުތައް ހުރި ސަރަހައްދަށެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާގައި މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި، އެހީތެރިކަން ލިބުމަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ގިނަ ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

ހޯމަ ދުވަހު އެ ސަރަހައްދަށް އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކީ މި ގަރުނުގާވެސް އެ ސަރަހަށްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox