ތުރުކީ-ސީރިއާ ބިންހެލުން: 2،800 އިމާރާތް ވެއްޓި މަރުވި މީހުންގެ އަދަދު 3،000 އަށް

ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ އިމާރާތެއްގެ ތެރެއިން މީހަކު ސަލާމަތް ކުރަނީ - ފޮޓޯ:ގެޓީ

ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ އިމާރާތެއްގެ ތެރެއިން މީހަކު ސަލާމަތް ކުރަނީ - ފޮޓޯ:ގެޓީ

ހޯމަ ދުވަހު ފަތިހު ސީރިއާ އަދި ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ބިންހެލުމުގައި ދެ ގައުމުން 2،800 އަށްވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އަދި މި އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާކަމަށް ބެލެވޭ ކަމަށް ވެސް ތުރުކީގެ މީޑިއާއިން ދަނީ ބުނަމުންނެވެ.

ބިންހެލުމާއެކު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ އެ ގައުމުގައި ގައުމީ ހިތާމައިގެ ހަތް ދުވަސް އިއުލާންކުރައްވައިފަ އެވެ.

ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ މި ބިންހެލުމަކީ ވޭތުވެދިޔަ ގަރުނުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި މި ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ބާރުގަދަ އެއް ބިންހުލުންވެސްމެ އެވެ. މި ބިންހެލުމަށްފަހު ދެ ގައުމަށްވެސް ވަނީ އެކި ވަރުގެ ލޮޅުންތައް އައިސްފަ އެވެ.

މި ލޮޅުންތަކާއި ދެ ގައުމަށްވެސް ކުރިމަތިވެފައިވާ ފިނި މޫސުމުގެ ފިނީގެ އަސަރާއެކު ބިންހެލުމުގައި ގެއްލުން ލިބުނު އަދި އަނިޔާވި މީހުންނަށް އެހީތެރިވުމާއި ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ ގިނަ ދަތިތަކެއް ކުރިމަތިވަމުންނެވެ.

ތައުޒިޔާގެ މެސުޖުތަކާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ސީރިއާ އަދި ތުރުކީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ލިބުނު ގެއްލުންތަކުގައި އެހީތެރިވުމަށް ރަޝިއާއިން ވަނީ 300 ސިފައިން ސީރިއާއަށް ފޮނުވާފަ އެވެ. އެމެރިކާއިން ވަނީ ތުރުކީގައި ތިބި އެ ގައުމުގެ ފައުޖުތައް ބިންހެލުމުގެ ކަންކަމުގައި އެހީތެރިވުމަށް ހުސްކޮށް، އިތުރު ޓީމުތައް ތައްޔާރުވަމުން އަންނަ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.

ތުރުކީއަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ރެފިޔުޖީއިން ތިބި ގައުމެވެ. ހޯމަ ދުވަހުގެ ބިންހެލުން އައިސްފައިވަނީ 3.3 މިލިއަން ރެފިޔުޖީން ތިބި އެ ގައުމުގައި އެންމެ ގިނަ ރެފިޔުޖީ ކޭމްޕުތައް ހުރި ސަރަހައްދަށެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާގައި މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި، އެހީތެރިކަން ލިބުމަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ގިނަ ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox