ތުރުކީ-ސީރިއާ ބިންހެލުން: މަރުވި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް

ތުރުކީ އަދި ސީރިއާއަށް މިއަދު އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއް ކައިރި މީހުން ހަރަކާތްތެރިވަނީ - ފޮޓޯ: ގެޓީ

ތުރުކީ އަދި ސީރިއާއަށް މިއަދު އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއް ކައިރި މީހުން ހަރަކާތްތެރިވަނީ - ފޮޓޯ: ގެޓީ

މިއަދު ފަތިހު ތުރުކީ އަދި ސީރިއާއަށް އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައިފި އެވެ.

މީގެއިތުރުން ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.

ތުރުކީ އަދި ސީރިއާގެ އިދާރާތަކުން މިހާރު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ފަރާތްތައް ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އަނިޔާވެފައިވާ ފަރާތްތަކަށް ސިއްހީ އެހީ ފޯރުކޮށްދިނުމަށް ދެ ގައުމުގެ ސިއްހީ މަސައްކަތްތެރިން އަދި ސަލާމަތީ ބާރުތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރުވި މީހުންގެ ތެރެއިން ތުރުކީއިން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ހުރީ 284 ގަ އެވެ. އަނިޔާވި މީހުންގެ އަދަދު މިހާރު ހުރީ 2،300 ގަ އެވެ. ސީރިއާއިން މިހާތަނަށް 237 މީހުން މަރުވެފައިވާއިރު އަނިޔާވި މީހުންގެ އަދަދު އުޅެނީ 650 އިން މަތީގަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި މިއީ ވޭތުވެދިޔަ 100 އަހަރު އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ދުނިޔޭގައި މިހާރު ރެފިއުޖީން އެންމެ ގިނަ ތުރުކީ އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާއަށް މިފަދަ ބިންހެލުމެއް އައުމުން ގިނަ ގައުމުތަކާއި ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެެ. އެގޮތުން ފިނި މޫސުމުގެ މި ދުވަސްވަރު އައި މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ ގިނަ އަދަދެއްގެ ފުރާނަ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ގިނަ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ސީރިއާ އަދި ތުރުކީއަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ދުނިޔޭގެ ގިނަ ބާރުތަކުގެ ވެރިން އަންނަނީ އެ ދެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވަމުންނެވެ. އެގޮތުން އެމެރިކާ، އިންޑިއާ، ޕާކިސްތާނު އަދި ޔޫކްރޭނުން ވަނީ އެ ދެ ގައުމަށް ތައުޒިޔާގެ މެސެޖާއެކު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox