މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ފަތުރުވެރިކަން 30 ޕަސަންޓު ކުރީގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް؛ މިދިޔަ އަހަރާއަޅާބަލާއިރު މިއަހަރު ފަތުރުވެރިކަން 30 ޕަސަންޓު ކުރީގައި -- ފޮޜޯ: އަދަދު

ރާއްޖެ އައި ފަތުރުވެރިންތަކެއް؛ މިދިޔަ އަހަރާއަޅާބަލާއިރު މިއަހަރު ފަތުރުވެރިކަން 30 ޕަސަންޓު ކުރީގައި -- ފޮޜޯ: އަދަދު

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އާޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން 30 ޕަސަންޓު ކުރިއަށް ޖައްސާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 136،146 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 178،159 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް އިއާދަވެފައިވާއިރު، މިއަހަރު ރާއްޖޭގެ މާކެޓްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރަޝިޔާގަ އެވެ. އެއަށްފަހު އިންޑިއާ، އިޓަލީ، ޔޫކޭ އަދި ޖާމަނީން ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އާދެ އެވެ.

މި އަހަރު ރާއްޖެ މާކެޓް އެންމެ ބޮޑު ހިއްސާއެއް އޮތް ރަޝިޔާއިން މިހާތަނަށް ރާއްޖެއަށް 24،154 ފަތުރުވެރިން އައިސްފައި ވެއެވެ.

ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 59،840 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 168 ރިސޯޓުގެ 41،049 އެނދާއި، 13 ހޮޓެލެއްގެ 1640 އެނދާއި، 880 ގެސްޓްހައުސްއެއްގެ 14،250 އެނދު އަދި 157 ސަފާރީއެއްގެ 2901 އެނދު ހިމެނެ އެވެ.

ރާއްޖޭގެ 116 ރަށެއްގައި ގެސްޓްހައުސް ހިންގަމުންދެ އެވެ. އެގޮތުން، އެންމެ ގިނަިއން ގެސްޓްހައުސްތައް ހިންގަމުން އަންނަ އަތޮޅުތަކަކީ ކ، އއ، އދ އަދި ވ އަތޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox