ވޮލީ އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކާ އެކު ބުރަ އަހަރެއް

Jan 31, 2023, 11:42 AM
މިދިޔަ އަހަރު ގައުމީ ވޮލީބޯޅަ ޓީމުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު ގައުމީ ވޮލީބޯޅަ ޓީމުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރަށް ކަނޑައެޅި ކަލަންޑަރު، މިއަދު އިއުލާނުކުރިއިރު، މި އަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ވޮލީ ޓީމުތައް ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވީއޭއެމްގެ ކަލަންޑަރުގައި މި އަހަރު، ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ވޮލީ ޓީމަށް ބައިނަލްއަގުވާމީ ހަތަރު މުބާރާތެއް ވަނީ ހިމަނައިފަ އެވެ. އެއީ ފޯ ނޭޝަންސް ކަޕާއި، ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައީއޯއައިޖީ) އަދި އޭޝިއަން ގޭމްސް އެވެ.

ފެބްރުއަރީގައި އަންހެން އަދި ފިިރިހެން ފޯނޭޝަންސް ކަޕް ބާއްވާއިރު، މެއި މަހުގައި އަންހެން ޓީމަށް ނޭޕާލުގައި ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް އޮންނާނެ އެވެ. އޮގަސްޓް މަހު، ފިރިހެން ވޮލީ ޓީމަށް ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް އޮންނާނީ ސްރީ ލަންކާގަ އެވެ. އެ މަހު، އަންހެން އަދި ފިރިހެން ގައުމީ ވޮލީ ޓީމަށް މަޑަގަސްކަރާގައި ބާއްވާ އައިއޯއައިޖީ އޮންނާނެ އެވެ.

ސެޕްޓެމްބަރު މަހު އަންހެން އަދި ފިރިހެން ޓީމަށް އޮންނާނީ ޗައިނާގައި ކުރިއަށްދާ އޭޝިއަން ގޭމްސް އެވެ. މީގެ އިތުރުން، ޖޫން މަހު، ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމަށް ސެންޓްރަލް އޭޝިއަން ޗެލެންްޖް ކަޕް އޮންނާނެ އެވެ.

މިދިޔަ މަހު ރާއްޖެ އަށް ރަން މެޑަލް ގެނައި، ބީޗް ވޮލީބޯޅައިގެ ގައުމީ ޓީމަށް މި އަހަރު އޭޝިއަން ގޭމްސް އާއި އައިއޯއައިޖީގެ އިތުރުން ގިނަ ބީޗް މުބާރާތްތަކެއް އޮންނާނެ އެވެ. ބީޗް ޓީމު ބައިވެރިވާ މުބާރާތްތައް ކަނޑައަޅާނީ ރޭންކިން އަށް ބަލާއިރު، ފުރުސަތު ލިބޭ މުބާރާތްތަކަށް ދާ ގޮތަށެވެ. މިދިޔަ އަހަރު، ރާއްޖޭގައި ހޯސްޓް ކުރި އެފްއައިވީބީ ބީޗް ޓުއާގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ޖާގަ ލިބުމުގެ ފަހި ފުރުސަތެއް އެބައޮތެވެ.

ރާއްޖޭގައި މިދިޔަ އަހަރު ސެންޓްރަލް ޒޯން ޗެލެންްޖް ކަޕް ބާއްވަން ތާވަލުކުރި ނަމަވެސް ނުބޭއްވުނެވެ. މިދިޔަ އަހަރުގައި ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއްގައި ޝެޑިއުލް ދިޔަ ގޮތުން، ރާއްޖެ އަށް ބައިވެރިވުމުގެ ފުރުސަތު ނުލިބި ދިޔަ ނަމަވެސް މި އަހަރު ފެންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ބަލާއިރު، ބުރަ ބޮޑު އަހަރެއްގެ ގޮތުގަ އެވެ.

ލޯކަލް ވޮލީގެ އެކި ފަންތީގެ މުބާރާތްތަކެއް، ބީޗް ވޮލީން ޗެލެންޖާސް ސީރީސް އެއް

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ލޯކަލް ގިނަ މުބާރާތްތަކެއް ވީއޭއެމުން ވަނީ ތާވަލުކޮށްފަ އެވެ. އެ ގޮތުން، މި މަހު ބޭއްވިގެންދިޔައީ، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނެވެ.

ދެން، އެންމެ އަވަހަށް އޮތް ލޯކަލް ވޮލީ މުބާރާތަކީ، މާޗް މަހަށް ތާވަލުކޮށްފައި އޮތް، ބީޗް ޗެލެންޖާސް ސީރީސް އެވެ. އޭޕްރީލް މަހު ވެސް ބީޗް ޗެލެންޖާސް ސީރީސްގެ ބައެއް ވަނީ ޝެޑިއުލްކޮށްފަ އެެވެ. މިއީ . މި ފަަހަރު ވީއޭއެމުން މުޅިން އަލަށް ބީޗްވޮލީ ފުޅާކުރަން ފަށާ މުބާރާތެކެވެ.

މެއި މަހު، އިންޓަ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވޮލީބޯޅަ މުބާރާތެއް ބާއްވާއިރު، އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަން ވެސް ކުރިއަށްދާނެ އެވެ. ޖޫން މަހުގައި، އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ފަށާނެ އެވެ. އަދި ޖުލައި މަހު، އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު ކުރިއަށްދާނެ އެވެ.

އޮގަސްޓް މަހު، ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން، ޔޫތު ވޮލީބޯލް ޗެމްޕިއަންޝިޕް ބާއްވާއިރު، ސެޕްޓެމްބަރުގައި އިންޓަ ސްކޫލް ވޮލީ މުބާރާތް ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

އޮކްޓޫބަރު މަހު، ގައުމީ ބީޗްވޮލީބޯޅަ މުބާރާތް ބާއްވަން ތާވަލުކޮށްފައިވާއިރު، ވީއޭއެމުން މި އަހަރު ނިންމާފައިވަނީ ބީޗް ޗެލެންޖާސް ސީރީސްގެ ރޭންކިން އަށް ބަލައިގެން ގައުމީ ބީޗް މުބާރާތަށް ޓީމުތައް ކޮލިފައިވާ އުސޫލެއް ހެދުމަށެވެ.

ގައުމީ ވޮލީބޯލް ލީގު ނޮވެމްބަރު މަހު ކުޅޭއިރު، އަންހެން ޑިވިޝަނުގެ އެސޯސިއޭޝަން ކަޕާއި، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox