ނ. އަތޮޅުގެ ދެ ރަށެއް ޓޫރިޒަމަށް ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެނުދިން

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން އިމާރާތް؛ ނ. އަތޮޅު ރަށްތަކެއް "ވިއްކާ" މައްސަލަ ސިވިލް ކޯޓަށް ހުށަހަަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން އިމާރާތް؛ ނ. އަތޮޅު ރަށްތަކެއް "ވިއްކާ" މައްސަލަ ސިވިލް ކޯޓަށް ހުށަހަަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނ. އަތޮޅު ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ އަތޮޅު ކައުންސިލުން އެދިފައިވާ ވަގުތީ އަމުރު ނެރެނުދިނުމަށް އެ ކޯޓުން ނިންމައިފި އެވެ.

ކެނދިވަރަކީ ޑިސެމްބަރު 22، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެކެވެ.

ދޮނަހިރިކަނޑޫދު އަކީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.

ގާޒީ އިބްރާހިމް އިސްމާއިލް ނިންމެވީ، އަތޮޅު ކައުންސިލުން ވަގުތީ އަމުރަށް އެދިފައިވާ ސަބަބަށް ރިއާޔަތްކުރާއިރު ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ އަމަލު ހިންގި ކަމަށް އަދި ކަނޑައެޅިފައި ނެތުމުންނާއި، އެއީ ވަގުތީ އަމުރު ނެރެދޭން ޖެހޭ ހާލަތެއް ނޫން ކަމަށެވެ.

ނ. އަތޮޅު ކައުންސިލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށްގެނެވެ.

ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ބުނަނީ ސަރުކާރުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އެއީ އަތޮޅެއްގެ ރަށްތަކާއި ފަޅުތަކާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި، ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް އެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމުންނެވެ.

އަތޮޅުގެ ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގު މުއްދަތަށް ރަށްރަށާއި ފަޅު ދޫނުކުރުމަށާއި އެކަން އެ ގޮތަށް ކުރަން ކައުންސިލުން އެއްބަސްނުވުމަށް ވެސް މީގެ ކުރިން އެ ކައުންސިލުން ފާސްކޮށްފައި އޮތް ކަން ވެސް މީގެ ކުރިން ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރަށް އެ ދެ ރަށަކީ ވެސް ތިމާވެށީގެ ގޮތުން ނާޒުކު ރަށްތަކެއްގެ ގޮތުގައި ގަރާރުގައި ބުނެފައިވެ އެވެ. އެގޮތުން ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި، މަދުން ނޫނީ ދުނިޔޭގައި ނެތް ދިރުންތައް ހިމެނޭ "އިކޯ ސިސްޓަމެއް" އޮތް ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އަތޮޅު މީހުން ދަތުރު ދިޔުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށާއި، ފަން ހޮވުމާއި އޮއްކެޔޮ ހޮވުން ފަދަ އިގްތިސޯދީ މަސައްކަތް ކުރަން މިހާރު މަދު ރަށްތަކެއް ބާކީވެފައި އޮތް އިރު، އެ ދެ ރަށަކީ މިހާރު ވެސް އެ ބޭނުންތަކަށް އަތޮޅު މީހުން ގޮސް އުޅޭ ދެ ރަށެއް ކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.

ކެނދިވަރު އަދި ދޮނައެރިކަނޑޫދޫގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ނ. ތޮޅެންދޫ ވެސް އަތޮޅު ކައުންސިލްގެ މަޝްވަރާ ނެތި ޓޫރިޒަމަށް ދޫކުރަން އުޅުމުން އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައިވެ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox