ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ކައުންސެލިން މާސްޓާސް ކޯހުގެ ކިޔެވުން ފަށައިފި

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސް. މިއީ ރާއްޖޭގައި ކައުންސެލިންއާ ގުޅޭ މާސްޓާސް ޑިގުރީ ޕްރޮގުރާމެއް ފެށި ފުރަތަމަ ފަހަރު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސް. މިއީ ރާއްޖޭގައި ކައުންސެލިންއާ ގުޅޭ މާސްޓާސް ޑިގުރީ ޕްރޮގުރާމެއް ފެށި ފުރަތަމަ ފަހަރު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ކައުންސެލިން މާސްޓާސް ކޯހުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

'މާސްޓާސް އޮފް ސައިންސް އިން ކައުންސެލިން' ކޯހުގެ ކިޔެވުން ފަށާފައި ވަނީ މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ. މިއީ ރާއްޖޭގައި ކައުންސެލިންއާ ގުޅޭ މާސްޓާސް ޑިގުރީ ޕްރޮގުރާމެއް ފެށި ފުރަތަމަ ފަހަރެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕުރޮގުރާމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ކައުންސެލިންގެ ހިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދޭނެ ގާބިލު މީހުން ބިނާކުރުން ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

އެގޮތުން ކޯހުގެ ބައިވެރިންނަށް ޕްރޮވިޝަނަލް ކައުންސިލާ ލައިސެންސު ލިބޭނެ އެވެ.

ވިލާ ކޮލެޖުގައި ހިންގާ ޑިގުރީ ޕުރޮގުރާމުގައި ކިޔަވާ ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖުގައި ހިންގާ ޑިގުރީ ޕުރޮގުރާމުގައި ކިޔަވާ ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގައި ހިންގާ ޑިގުރީ ޕުރޮގުރާމުގައި ކިޔަވާ ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ އޮފިޝަލް ވިދާޅުވީ، އެ ޕުރޮގުރާމު ފުރިހަމަކުރާ ދަރިވަރުންނަކީ މުޖުތަމައުގައި ހުރި އެކި ކަންކަމަށް ވަކި އުސޫލެއްގެ ދަށުން ކައުންސެލިން ފޯރުކޮށްދޭނެ ޕްރޮފެޝަނަލް ކައުންސެލަރުން ކަމުގައި ވެގެންދާނެ ކަމަށާއި އެ ކޯސް ފުރިހަމަ ކުރުމާ އެކު އެ ދަރިވަރުންނަށް ޕްރޮވިޝަނަލް ކައުންސިލާ ލައިސެންސު ލިބޭނެ ކަމަށެވެ.

އެ ކޯސް ފުރިހަމަ ކުރުމަށްފަހު އެލައިޑް ހެލްތު ކައުންސިލްގެ ގަވާއިދުގެ ދަށުން 500 ގަޑި ހަމަކުރުމުން ލައިސަންސްޑު ކައުންސިލަރުންނަށް ވެގެންދާނެ އެވެ.

ރާއްޖޭގެ މާހައުލާ ވެސް ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އެ ޕުރޮގުރާމުގައި ކިޔަވައިދޭ ބައެއް މާއްދާތައް:

  • ތިއަރީސް އޮފް ކައުންސެލިން އެންޑު ސައިކޮތެރަޕީ
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ލައިފް ސްޕޭން
  • ކައުންސެލިން ޓެކްނިކްސް
  • އެތިކްސް އިން ކައުންސެލިން
  • ސައިކޮޕެތަލޮޖީ އެންޑު ޑިފަރެންޝަލް ޑައިގްނޯސިސް
  • ޗައިލްޑް އެންޑް އެޑޮލެސެންޓް ސައިކޮޕެތަލޮޖީ
  • ޖެރިއެޓިކް ކައުންސެލިން

އަދި މީގެއިތުރުން އެ ޕުރޮގުރާމުގެ ބައެއް މާއްދާތައް ސިމިއުލޭޝަން ބޭސްޑު ލާނިން އާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

އެ ޕުރޮގުރާމުގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި މެލޭޝިޔާގެ، ކަމުގެ ފަންނީ އަދި ތަޖުރިބާ ލިބިލައްވާފައިވާ ޕުރޮފެސަރުންނާއި ޕީއެޗްޑީ އަދި މާސްޓާސް ޑިގުރީ ފެންވަރުގެ ލެކްޗަރާއިންނެވެ.

އެ ޕުރޮގުރާމާ ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބޭނެކަމަށް އެ ކޮލެޖުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox