ޝާޒް އާއި ސުވެއިދު ފިރިހެން ފައިނަލަށް، އަންހެން ފައިނަލްގައި ދިީނާ އާއި އަޒުރާ

Jan 27, 2023, 8:28 AM
މިހާރު ކުރިއަށްދާ 8 ބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޝާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އެމްޕީބީއޭ

މިހާރު ކުރިއަށްދާ 8 ބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޝާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްބީޕީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 8 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ފައިނަލުން އިސްމާއިލް ސުވެއިދު އާއި ހަސަން ޝާޒް އަހުމަދު ޖާގަ ހޯދިއިރު، އަންހެން ބައިގެ ފައިނަލުން އާމިނަތު އަޒުރާ އާއި ދީނާ އަހުމަދު ޖާގަ ހޯދައިފި އެވެ.

އެމްޕީބީއޭ މާލޭ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން ބައިގެ ފުރަތަމަ ޖާގަ ސުވެއިދު ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝާޒްގެ މައްޗަށް 9-7 ފްރޭމުން ކުރި ހޯދައިގެންނެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭ މުބާރާތުގެ ވިނާސް ބްރެކެޓްގައި ސުވެއިދު ވަނީ ސެމީ ފައިނަލުގެ ކުރިން މި މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި އަހުސަން ހާޝިމް 9-2 ފްރޭމުން ބަލިކޮށްފަ އެވެ. ޝާޒް ވިނާސް ބްރެކެޓުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މުހައްމަދު ޝާރީފް (ކުޑަ ޝަރީ) 9-5 ފްރޭމުން ބަލިކޮށްގެންނެވެ.

ވިނާސް ބްރެކެޓުގެ ސެމީ ފައިނަލުން ބަލިވި ނަމަވެސް ޝާޒް ވަނީ ލޫޒާސް ބްރެކެޓުގެ ފަހު މެޗުގައި މުހައްމަދު ޝަރީފް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ހޯދާފަ އެވެ. އެ މެޗު ޝާޒް ކާމިޔާބުކުރީ 9-2 ފްރޭމުންނެވެ. މި މެޗުން ބަލިވުމުން ޝަރީފަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ.

ހަތަރު ވަނަ އަށް ދިޔައީ ލުޒާސް ބްރެކެޓުގައި ޝަރީފް އަތުން ބަލިވެގެން ކެޓި އަހުސަން ހާޝިމް އެވެ. މި މެޗުން އަހުސަން ބަލިވީ 9-5 ފްރޭމުންނެވެ. އަހުސަން ވަނީ މިދިޔަ އަހަރު އެންމެ ކާމިޔާބު ކުޅުންތެރިޔާ ހުސައިން ފަޔާޒު ލޫޒާސް ބްރެކެޓުގައި ކަޓުވާލައިފަ އެވެ. އަހުސަން އަތުން ފަޔާޒު ބަލިވީ 9-4 ފްރޭމުންނެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން އަޒްރާ: އަޒްރާ ވަނީ ފައިނަލުން ފުރުސަތު ހޯދާފައި.--- ފޮޓޯ: އެމްޕީބީއޭ

މި އަހަރުގެ ފުރަތަމަ ބިލިއާޑް މުބާރާތުގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ދީނާ އަހުމަދު އެވެ. ދީނާ ވަނީ ވިނާޒް ބްރެކްޓުގައި އާމިނަތު އަޒުރާ އަތުން 5-1 ފްރޭމުން މޮޅުވެފަ އެވެ.

ދީނާ އަތުން ބަލިވި ނަމަވެސް އަޒުރާ ވަނީ ބަލިވި ފަޅިން ކުޅުނު ސެމީ ފައިނަލު މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދައިފަ އެވެ. އާމިނަތު ހަލީމް (ދިލް)އާ ވާދަކޮށް އެ މެޗު އަޒުރާ ކާމިޔާބު ކުރީ 5-1 ފްރޭމުންނެވެ. ދިލް އަށް މުބާރާތުގެ ތިން ވަނަ ލިބުނުއިރު އަންހެން ބައިގެ ހަތަރު ވަނަ ލިބުނީ ބަލި ފަޅީގައި ދިލް އަތުން ބަލިވި އާމިނަތު އަޒީމާ އެވެ.

މިހާރު ކުރިއަށްދާ، 8 ބޯލް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާނީ މިރޭ އެވެ. މިރޭ 8 ޖަހާއިރު ކުޅޭ ދެ މެޗުވެސް އެމްޕީބީއޭގެ ޔޫޓިއުބު ޗެނަލުން ލައިވް ސްޓްރީމް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox