ޔުނައިޓެޑް ބަލިވުމުން ބެކަމް އަށް "މަލާމާތް"ކުރީ އޭނާގެ ދަރިފުޅު ރޮމެއޯ

Jan 24, 2023, 4:21 AM
އާސެނަލާއި ޔުނައިޓެޑްގެ މެޗުގެ ތެރެއިން ރޮމެއޯ (ކ) އާއި ބެކަމް ނަގާފައިވާ ސެލްފީއެއް.

އާސެނަލާއި ޔުނައިޓެޑްގެ މެޗުގެ ތެރެއިން ރޮމެއޯ (ކ) އާއި ބެކަމް ނަގާފައިވާ ސެލްފީއެއް.

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް 3-2 އިން ބަލިވުމުން ޔުނައިޓެޑްގެ ކުރީގެ ލެޖެންޑް ޑޭވިޑް ބެކަމް އަށް އޭނާގެ ދަރިފުޅު، ރޮމެއޯ "މަލާމާތް"ކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން ފަހު ވަގުތު ލަނޑުޖަހައިގެން މޮޅުވެ އާސެނަލް މި ވަގުތު އޮތީ އިނގިރޭސި ލީގު ތާވަލްގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާ އެކުގަ އެވެ. އާސެނަލް އަށް 50 ޕޮއިންޓް ލިބިފައިވާއިރު 39 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ.

ޕްރިމިއާ ލީގުގެ ވާދަވެރި ދެ ޓީމްގެ ކުރިމަތިލުމަށް ފަހު ސޯޝަލް މީޑިއާގައި ދެ ޓީމްގެ ކުރީގެ ކުޅުންތެރިންނާ ސަޕޯޓަރުން އެކި ޝުއޫރުތައް ފާހަގަކުރަމުން ދިޔައިރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު ރޮމެއޯ ބެކަމް ކުރި ޕޯސްޓެކަށެވެ.

ރޮމެއޯގެ އިންސްޓަގްރާމްގައި އޭނާގެ ބައްޕަ (ބެކަމް)އާ އެކު ނަގާފައިވާ ސެލްފީއާ އެކު ކުރި ޕޯސްޓްގައި އޮތީ "ބައްޕަ ރަނގަޅަށް ނިދާލައްޗޭ" މިހެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގެ ބޭރުގައި ނެގި މި ސެލްފީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު އަމިއްލަ ދަރިފުޅު ބައްޕަ އަށް މިގޮތަށް ސަމާސާކުރުމުން އެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. ބެކަމްގެ ދެ ބަފައިން މެޗު ބަލަން، އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ވެސް ވަނެވެ. އަދި މެޗު ކުރިއަށްދިޔައިރު ދަނޑުގެ ވީއައިޕީ ބޮކްސްގައި ދެ މީހުން ތިއްބައި، ކެމެރާތަކުން ވެސް ދެއްކި އެވެ.

ޔުނައިޓެޑްގެ ކުރީގެ ތަރި ބެކަމްގެ ތިން ފިރިހެން ކުދިންގެ ތެރެއިން މެދަށް ހުންނަ ރޮމެއޯ އާސެނަލް އަށް ސަޕޯޓްކުރި ނަމަވެސް އޭނާގެ ދެން ތިބި ދެ ކުދިން ސަޕޯޓްކުރަނީ ޔުނައިޓެޑަށެވެ. ރޮމެއޯ އަކީ ކުޑައިރުސުރެ އާސެނަލްގެ ސަޕޯޓަރެކެވެ. ތިން ކުދިންވެސް ވަނީ އާސެނަލްގެ އެކަޑެމީގައި ތަމްރީންވެފަ އެވެ. އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ބްރޫކްލީން ވަނީ އާސެނަލްގެ 16 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.

ރޮމެއޯ އާސެނަލް އަށް ސަޕޯޓްކުރި ސަބަބުގެ ގޮތުގައި ބެކަމް ބުނަނީ އާސެން ވެންގާ އެވެ.

"އަހަރެން ރޮމެއޯ ކުޑައިރު އާސެނަލް މެޗެއް ބަލަން އައިން ދަނޑަށް. އެ ފަހަރު ވެންގާ ވަނީ ރޮމެއޯއާ ވާހަކަދައްކައި އޭނާގެ ފޭވަރިޓު ނަންބަރު ޖަހާފައި ނަން ޖަހާފައި އިން ޖާޒީއެއް ވެސް ދީފައި. އޭގެ ފަހުން ރޮމެއޯ ވަރަށް ސަޕޯޓްކުރޭ އާސެނަލް އަށް" ބެކަމް ބުންޏެވެ.

ބެކަމް ދެކޭ ގޮތުގައި ރޮމެއޯ އާސެނަލް އަށް ސަޕޯޓްކުރުމަކީ މައްސަލައެއް ނޫނެވެ. ބެކަމް ކުޅުނު ކުލަބަކަށް އޭނާގެ ދަރިން ސަޕޯޓްކުރުން މަޖުބޫރެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރޮމެއޯ މި ވަގުތު ކުޅެމުން އަންނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑްގެ ރިޒާވް ޓީމަށެވެ. ހަ މަސްދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ރިޒާވް ޓީމަށް މިހާތަނަށް ކުޅުނު ހަމައެކަނި މެޗަކީ ލަންޑަން ސީނިއާ ކަޕްގައި ކުޅުނު މެޗެވެ. މި މެޗު ބެލުމަށް ރެކޯޑް އަދަދަކަށް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox