ބެކަމްގެ ނުސީދާ ރައްދެއް ގާނާޗޯ އާއި ރެޝްފޯޑަށް

Dec 17, 2024, 2:09 AM
ބެކަމްގެ ނުސީދާ ރައްދެއް ގާނާޗޯ އާއި ރެޝްފޯޑަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ، މެންޗެސްޓާ ސިޓީ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން މޮޅުވި މެޗަށް ފަހު، އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މާކަސް ރެޝްފޯޑް އާއި އަލެހަންދްރޯ ގާނާޗޯ އަށް އެ ކްލަބްގެ ލެޖެންޑް، ޑޭވިޑް ބެކަމް ނުސީދާ ރައްދެއް ދީފި އެވެ.

ފަހު ތިން މިނިޓް ތެރޭ ޖެހި، ދެ ގޯލާ އެކު، ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ސިޓީ ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ނެގި ސްކޮޑުން ރެޝްފޯޑާއި ގާނާޗޯ އަށް ފުރުސަތެއް ނުލިބުނެވެ. އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި އަމޮރިމް ބުނީ، އޭނާ ބޭނުންވާ ކަންކަން ޓްރެއިނިން އާއި މަސައްކަތުގެ ރޭޓުން ނުފެންނަ ކުޅުންތެރިންނަށް ފުރުސަތު ދޭން އުނދަގޫވާނެ ކަމަށެވެ.

ސިޓީ މެޗަށް ފަހު، ބެކަމް، ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޔުނައިޓެޑް އަލުން އާރާސްތު ކުރުމުގެ މަސައްކަތް ރަނގަޅަށް ފަށަން ޖެހޭ ކަމަށާއި ބޮޑު މޮޅެއް މި ހޯދި ޔުނައިޓެޑްގެ ޖޯޒީގައި ކުޅެން އެ ކްލަބަށް ޓަކައި މަސައްކަތްކުރަން ބޭނުންވާ ކުޅުންތެރިންނާ އެކު ކަމަށެވެ.

ސިޓީ އާއި ޔުނައިޓެޑްގެ މެޗު އެނަލިސްޓުންގެ ގޮތުގައި މަސައްކަތްކުރި ޔުނައިޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޯއީ ކީން އާއި ގެރީ ނެވިލް ވެސް ވަނީ ރެޝްފޯޑާއި ގާނާޗޯ އަށް މި މެޗުގެ ސްކޮޑުން ފުރުސަތު ނުދިނުމުގެ ފަހަތުގައި ކަންތައްތަކެއް ހިނގާފައިވާނެ ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑްގެ ކޯޗު، އަމޮރިމް އެ ކްލަބްގެ ކަންކަން ބަދަލުކުރަން ކުރާ މަސައްކަތުގައި ވިއްކާލާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެ ލިސްޓުގައި ރެޝްފޯޑާއި ގާނާޗޯގެ ނަން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox