ބެކަމް އާއި މެސީގެ ކެރިއަރުން ޗެޕްޓަރެއް: އިންޓަ މިއާމީ ޗެމްޕިއަނުންގެ ސަފަށް

Dec 8, 2025, 8:12 AM
ބެކަމް އާއި މެސީގެ ކެރިއަރުން ޗެޕްޓަރެއް: އިންޓަ މިއާމީ ޗެމްޕިއަނުންގެ ސަފަށް

އިނގިރޭސި ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ، އެމެރިކާ ލީގުގެ ކްލަބް، އިންޓަ މިއާމީން، ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، ލިއޮނަލް މެސީގެ ސޮއި މީގެ ދެ އަހަރު ކުރިން ހޯދިއިރު، އޭނާއާ އެކު އެ ކްލަބްގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ދާދި ފަހުން ހޯދި އެމްއެލްްއެސް ކަޕްގެ ތަށްޓެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި ޕީއެސްޖީ އަދި އޭސީ މިލާނަށް ކުޅުނު ބެކަމްގެ ކުޅުމުގެ ކެރިއަރަށް ފަހު، ފުޓްބޯޅައިގެ ތެރޭގައި ދެމިހުރުމުގެ ބޮޑު ބިންގަލެއް އެޅީ 2007 ވަނަ އަހަރު އެމެރިކާގެ އެލްއޭ ގެލެކްސީ އަށް އޭނާ ސޮއިކުރިއިރެވެ. އެ ޓީމަށް ސޮއިކުރިއިރު، ވިޔަަފާރި ކުރުމުގެ 20 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައި ސޮއިކުރި ބެކަމް، އޭގެ ބޭނުންހިފީ، 2018 ވަނަ އަހަރު އެވެ. އެއީ، އިންޓަ މިއާމީގެ ހިންގުމުގައި ބައިވެރިވެ، އެ ކްލަބް ލޯންޗްކުރިއިރު އެވެ. މިއާމީން ފުރަތަަމަ ފަހަރަށް 2020 ވަނަ އަހަރުގެ މާޗް މަހު ކުޅުނުއިރު، މިވީ ފަސް އަހަރަށް ވުރެން ގިނަ ދުވަސް ތެރޭ ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ލިބުނީ، 2023 ވަނަ އަހަރު ޖޫން މަހު މެސީ ސޮއިކުރި ފަހުންނެވެ.

ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެސީ، ޕީއެސްޖީ އަށް ދެ އަހަރު ކުޅެފައި، އިންޓަ މިއާމީގެ ޕްރޮޖެކްޓަށް ރުހުންދިނީ ފުޓްބޯޅަ ކެރިއަރު ހުރި ހިސާބުން ކުރިއަށްދިއުމުގައި ގިނަ ކަންތައްތަކަށް ވިސްނައިފަ އެވެ. މެސީ، އައުމާ ހަމައަށް އެންމެ ތަށްޓެއް ވެސް ލިބިފައިނެތް އިންޓަ މިއާމީން މިހާރު މި ވަނީ، އެމްއެލްއެސްގެ ލީގްސް ކަޕާއި ސަޕޯޓާސް ޝީލްޑާއި އީސްޓާން ކޮންފަރެންސް ކަޕްގެ އިތުރުން ދާދި ފަހުން ހޯދި އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފަ އެވެ.

"(އެމްއެލްއެސް ކަޕްގެ) މެޗުގެ ފަހު ވަގުތު ދިޔައީ ވަރަށް ޖަޒުބާތީކޮށް، ވަރަށް ގިނަ ރޭތަކުގެ ނިދިން މަހުރޫމުވެ، ވަރަށް އުންމީދުތަކާ އެކު ދިޔައީ، އިންޓަ މިއާމީގެ ޕްރޮޖެކްޓް ކާމިޔާބުކުރަން، އެ ދެކުނު ހުވަފެންތަކުގައި ކުލަޖެހެން ފަށައިފި،" ބެކަމް ބުންޏެވެ.

އެމްއެލްއެސް ކަޕަކީ، އެމެރިކާ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރާތެވެ.

އިންޓަ މިއާމީގެ ހުރިހާ ހިއްސާދާރުން ވެސް އިއްތިފާގުވާ ކަމަކީ، އެ ކްލަބް، ކާމިޔާބީގެ މަގުން ކުރިއަށްގެންދިއުމުގައި، ކަންކަން ހިނގަމުން އަންނަނީ "ޕްރޮޖެކްޓް ބެކަމް" ދަށުން ކަމެވެ. އަދި، އެ އަށް އެންމެ ބޮޑަށް ބާރު ލިބުނީ، މެސީ، ދާދި ފަހުން، އިންޓަ މިއާމީގެ ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ސީޒަން ނިމުމުގެ ނިޔަލަށް އާ ކުރުމުންނެވެ.

މެސީ، 38، އެންމެ ފުރަތަަމަ ސޮއިކުރުމާ އެކު ވެސް އިންޓަ މިއާމީގެ މަގުބޫލުކަން ބޮޑުވި އެެވެ. އަދި، އެ ކްލަބްގެ މެޗުތައް ބަލަން ދަނޑަށް އަންނަ ސަޕޯޓަރުންގެ ނިސްބަތަށް 20 ޕަސެންޓްގެ އިތުރުވުމެެއް އަ އެވެ. އަދި، މެސީ ސޮއިކުރުމާ އެކު، 50 ޑޮލަރަށް ހުރި ޓިކެޓްގެ އަގު، 200 ޑޮލަރަށް ވުރެން ބޮޑުވި އެވެ. ކްލަބްގެ އާމްދަނީ އިތުރުވަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވި ދުވެއްުޔެއްގަ އެވެ. އެ ގޮތުން، 2022 ގައި އިންޓަ މިއާމީގެ ސީޒަނެއްގެ އާމްދަނީ، 50 މިލިއަން ޑޮލަރުގައި ހުރިއިރު، މެސީ އައިފަހުން، 2024 ވަނަ އަހަރު 180 މިލިއަން ޑޮލަރަށް އެރި އެވެ.

މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅުނު އެންމެ ހަގު ކްލަބްގެ ގޮތުގައި އޮތް އިންޓަ މިއާމީ ވެފައިވަނީ، ސެލެބްރިޓީންގެ ހަބް އަކަށެވެ. އެ ގޮތުން، އިންޓަ މިއާމީގެ މެޗު ބަލާލުމަށް ދުނިޔޭގެ އެކި މަޝްހޫރު ތަރިން ދަނޑަށް އަންނަ މިންވަރު އިތުރުވާން ފެށި އެވެ. ކިމް ކާޑާޝިއަން، ފްލޮއިޑް މޭވެދާ، ޓޮމް ބްރެޑީ، އަރީނާ ސަބަލެންކާ، ލިއޮނަލް ރިޗީ، ލެބްރަން ޖޭމްސް، އެވަ ލޮންގޯރިއާ، ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޯސް އަދި ސެރީނާ ވިލިއަމްސް ފަދަ ތަރިންނަކީ، މިދިޔަ އަހަރުތަކުގައި، އިންޓަ މިއާމީގެ ދަނޑަށް މެޗުތަަކަށް އައިސްފައިވާ މަގުބޫލު ފަރާތްތަކެވެ.

އިންޓަ މިއާމީގެ މެނޭޖްމަންޓުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، އެ ކްލަބްގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ދެން އޮތް ލެވަލަށް ދިއުމުގެ މަސައްކަތެވެ. އެ ކަމަށް ލިބޭ އެންމެ ބޮޑު ބާރަކީ، އަންނަ އަހަރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ އިންޓަ މިއާމީގެ އާ ދަނޑު، މިއާމީ ފްރީޑަމް ޕާކް އެވެ. އިންޓަ މިއާމީން މިހާރު ބޭނުންކުރަމުން އަންނަ، ޗޭސް ސްޓޭޑިއަމް އަކީ، 21،500 މީހުންގެ ޖާގައިގެ ދަނޑެެކެވެ. މިއާމީ ފްރީޑަމް ޕާކަށް ޗޭސް ސްޓޭޑިއަމަށް ވުރެން ގިނަ ސަޕޯޓަރުންނަށް ވަދެވޭއިރު، މިއީ އެ ކްލަބް ހިންގުމަށް ބޭނުންވާ ފައިސާ ހޯދައި، ކްލަބް އެހެން ހަރުފަތަަކަށް ގެންދަން މަގުކޮށޭނެ ކަމެއްގެ ގޮތުގައި، އިންޓަ މިއާމީން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox