އޮސްޓްރޭލިއަން އޯޕަން: އަނިޔާގައި ހުރެ ވެސް ޖޮކޮވިޗް މޮޅުވިއިރު، އެންޑީ މަރީ ކަޓައިފި

Jan 22, 2023, 3:33 AM
ތިން ވަނަ ބުރުގެ މެޗުގެ ތެރެއިން ޖޮކޮވިޗް: އަނިޔާގައި ހުރެ ވެސް ޖޮކޮވިޗް އަންނަނީ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން.

ތިން ވަނަ ބުރުގެ މެޗުގެ ތެރެއިން ޖޮކޮވިޗް: އަނިޔާގައި ހުރެ ވެސް ޖޮކޮވިޗް އަންނަނީ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން.

މެލްބަން (ޖެނުއަރީ 22) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުގައި، އަނިޔާގައި ހުރެ ކުޅުނު މެޗުން ވެސް، ނޮވަކް ޖޮކޮވިޗް މޮޅުވިއިރު، އެންޑީ މަރީ މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގެ ހަތަރު ވަނަ ބުރުން، ޖޮކޮވިޗަށް ފުރުސަތު ލިބުނީ ރޭ ކުޅުނު ތިން ވަނަ ބުރުގެ މެޗުން ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަތުން 7-6، (9-7)، 6-3، 6-4 އިން މޮޅުވެގެންނެވެ. ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަތުން، ތިން ވަނަ ބުރުގެ މެޗުގައި މަރީ ބަލިވީ 6-1، 6-7، (7-9)6-3، 6-4 އިންނެވެ.

ސްކޮޓްލެންޑަށް އުފަން، މަރީ، 35، ދެ ވަނަ ބުުރުގެ މެޗުން މޮޅުވިތާ، 39 ގަޑިއިރު ފަހުން، ތިން ވަނަ ބުރުގެ މެޗުގައި ކުޅެން ޖެހުމުން، ކޮންމެ ވެސް ވަރަަކަށް ވަރުބަލިވުމުގެ މައްސަލަތައް މެޗުގެ ފަހުކޮޅުގައި ދިމާވި އެވެ. ބައުޓިސްޓާ އަތުން ބަލިވުމާ އެކު، 2017 ވަނަ އަހަރުގެ ވިމްބަލްޑަން ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ހަތަރު ވަނަ ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރުމަށް ކުރި އުންމީދު ހާސިލްނުވީ އެވެ.

ބައުޓިސްޓާ އަތުން ބަލިވި މެޗަށް ފަހު އެންޑީ މަރީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.

"ޓާގެޓަށް ނުދިޔަ ކަމުގައި ވިޔަސް މާޔޫސްކަމެއް ނެތް، އަހަރެން މި ދަނީ މި ކޯޓުގައި ވެސް މޮޅުވާން ކުރެވުނުހާ މަސައްކަތް ކޮށްފައި،" 2019 ވަނަ އަހަރު އުނަގަނޑުގެ ސީރިއަސް އޮޕަރޭޝަނެއް ކުރުމަށް ފަހު ވެސް ޕްރޮފެޝަނަލް ޓެނިސް އިން ކުރިއަށްދިއުމަށް ހިތްވަރު ދައްކަމުން އަންނަ މަރީ ބުންޏެވެ.

"ކުރެވޭނީ މަސައްކަތް، މެޗުގެ ނަތީޖާ އަކީ ކޮންޓްރޯލުން ބޭރުގައިވާ ކަމެއް، އަހަރެން ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވަން،"

މުބާރާތުގެ ޗެމްޕިއަންކަން ނުވަ ފަހަރަށް ހޯދާފައިވާ ޖޮކޮވިޗް، ތިން ވަނަ ބުރުގައި ޑިމިޓްރޯވް އަތުން މޮޅުވި މެޗު ތިން ގަޑިއިރަށް ދިގުލައިދިޔަ އެވެ. އެއީ މި މެޗުގައި ޖޮކޮވިޗްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ ފަރުވާ ހޯދަން ޖެހުމާ ގުޅިގެންނެވެ.

ރޭގެ މެޗުގެ ތެރެއިން ޖޮކޮވިޗް، މެޑިކަލް ޓައިމްއައުޓް ނަގައިގެން ފަރުވާ ހޯދަނީ.

"ކޮންމެ ޕޮއިންޓެއް ވެސް ވަރަށް ހިތްވަރުން މި ހޯދުނީ، ޔަގީނުން ވެސް އަހަރެން ފިޒިކަލީ މި ހުރި ހާލަތެއް ބުނަން އެނގޭނީ ޓެސްޓްތަކެއް ހެދުމަށް ފަހު ޑޮކްޓަރުންނަށް. މިއީ ވަރަށް އާދަޔާހިލާފު މެޗެއް، ތިން ސެޓު މިދިޔައީ ތިން ގަޑިއިރުން، އެއީ ވަރަށް ވަގުތު،" އެއް އަހަރުގެ ބްރޭކަކަށް ފަހު، އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަމުން އަންނަ ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް، 35، ގެ ފަލަމަސްގަނޑަށް މި ފަހަރުގެ، އޮސްޓްރޭލިއަން އޯޕަންގެ ކުރިން އަނިޔާވި އެވެ. ރިޕޯޓްތައް ބުނާގޮތުން، ޖޮކޮވިޗް، މި މުބާރާތުގައި މި ކުޅެނީ އަނިޔާއިން އެއްކޮށް ރިކަވާނުވެ އެވެ. ކުރިއަށްހުރި މެޗުތަކުގައި ވެސް ޖޮކޮވިޗަށް އެ އަނިޔާގެ އުނދަގޫތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

މުބާރާތުގެ ހަތަރު ވަނަ ބުރުގައި ޖޮކޮވިޗް ކުޅޭނީ އޮސްޓްރޭލިއާގެ އަލެކްސް ޑި މިނޯއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox