މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި

30 ދުވަހުގެ މުހުލަތެއްގެ ތެރޭގައި މިފައިސާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

30 ދުވަހުގެ މުހުލަތެއްގެ ތެރޭގައި މިފައިސާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މީޑިއާ ނެޓު ހިންގާ ކުންފުންޏަށް 9.3 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މީޑިއާ (ޕީއެސްްއެމް) ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ މީޑިއާނެޓާއެކު ޕީއެސްއެމްއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދީފައިވާ ހިދުމަތަށް ޕީއެސްއެމްއިން ފައިސާ ދައްކާފައި ނުވާތީ އެވެ.

ޕީއެސްއެމްއިން މީޑިއާނެޓަށް ދައްކަން ޖެހޭ ފަސްމިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އިންޓްރެސްޓު ރޭޓާއެކު އަރާފައިވާ މިންްވަރު އެއްފަހަރު މަތިންް ދައްކައި ހަލާސް ކުރުމަށާއި އަދި އެހިދުމަތް ދިނުން މެދުކަނޑާ ނުލާތީ އަރާ ފައިދާ މުއްދަތުގައި ދެއްކުމަށް ދައުވާކުރި ފަރާތުން އެދިފައިވެ އެވެ.

ޝަރީއަތް މަރުހަލާގައި ޕީއެސްއެމްއިން ވަނީ އިންޓްރެސްޓު ފައިސާއަކީ ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ފައިސާއަކީ ވެސް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުންތަކުގައި ފައިސާ ނުދައްކައިފި ހާލަތެއްގައި ދައްކަން ޖެހޭ ފައިސާގެ އިތުރުން އަރާ އަގު ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކަން އެނގެން އޮތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ޕީއެސްއެމްގެ މައްޗަށް ހުކުމްކުރީ ޖުމްލަ 9،309،577.52ރ. ދެއްކުމަށެވެ. އެ 9.3 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ނުދެއްކޭނެ ކަމަށާއި، ބައި ބަޔަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް ޕީއެސްއެމްއިންް އެދުނު ނަމަވެސް ސިވިލްކޯޓުން ހުކުމް ކުރީ މީޑިއާނެޓުން އެދޭ ގޮތަށް އެއް ފަހަރާ އެ ފައިސާ ދައްކާ ހަލާާސްކުރުމަށެވެ. އެ ފައިސާ ދެއްކުމަށް ދީފައިވަނީ އިއްްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox