ކޮވިޑަށްފަހު ފުރަތަމަ ފަހަރަށްނ ޗައިނާއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފަށައިފި

ތިނައަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ރަސްމީކޮށް މިއަދު ދަތުރުތައް ފެށުމާ ގުޅިގެން ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ތިނައަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ރަސްމީކޮށް މިއަދު ދަތުރުތައް ފެށުމާ ގުޅިގެން ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކޮވިޑަށްފަހު ޗައިނާއިން ދިވެހިރާއްޖެއަށް ރަސްމީކޮށް ދަތުރުތައް މިއަދު ފަށައިފި އެވެ.

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ފުރަތަމަ ފަހަރަށް އައިސްފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ މަތިންދާ ބޯޓެކެވެ.

ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ޗައިނާއިން ދަތުރުފަތުރު ކުރުމުގައި ގެންގުޅުނު ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މެދުކެނޑުމަކަށްފަހު މިއަދު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންނަށް ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމްއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާން ލިޖިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.

ޗައިނާއިން ރާއްޖެއަށް މިއަދު އައި ބެއިޖިން ކެޕިޓަލް އެއާލައިންގެ މަތިންދާ ބޯޓު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ޗައިނާއިން ރާއްޖެއަށް މިއަދު އައި ބެއިޖިން ކެޕިޓަލް އެއާލައިންގެ މަތިންދާ ބޯޓު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޗައިނާއިން ރާއްޖެއަށް މިއަދު އައި ބެއިޖިން ކެޕިޓަލް އެއާލައިންގެ މަތިންދާ ބޯޓު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖޭގެ އެންމެ ބޮޑު މާކެޓު ތިން އަހަރުވަންދެން ބަންދުވެެފައި އޮތުމަށްފަހު މިއަދު ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޗައިނާ މާކެޓަކީ ރާއްޖެއާ ވަރަށް ރައްޓެހި މާކެޓެއް، ޗައިނާ މީހުން ބޭނުންވާ ކަހަލަ ޕުރޮޑަކްޓެއް ރާއްޖޭގައި އެބައޮތް، އެމީހުން ކެތްމަދުވެފައި މިތިބީ މި ތިން އަހަރު،" މިއަހަރަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ލަފާ ކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓުރީ އޮތީ ޗައިނާއަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށާއި މިއަހަރު އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމާ ގުޅިގެން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ކޮވިޑަށްފަހު މިދަތުރުތައް އަލުން ފެށިގެން ދިއުމަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށާއި ޗައިނާއިން ރާއްޖެއަށް މިއަދު އައި ފަތުރުވެރިންނަށް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ސަރުކާރުން ކީ ވަރަށް ފުރިހަމަ މަރުހަބާއެއް ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސާފީރު، ވާން ލިޖިން ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސާފީރު، ވާން ލިޖިން ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސާފީރު، ވާން ލިޖިން ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

"އަހަންނަށް ހީވަނީ އެމީހުންނަށް ސަގާފީ ކުލަވަރާ އެކު ރާއްޖޭން ކީ ހޫނު މަރުހަބާގެ ސަބަބުން އެމީހުން ވަރަށް އުފަލުންހެން އެތިބީ، އެމީހުން އެނބުރި ގައުމަށް ގޮސްފައި މިވާހަކަތައް އެމީހުންގެ އާއިލާތަކާއި ރައްޓެހިން ގާތުގައި ދައްކާނެ،" ވާން ލިޖިން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ޗައިނާ އަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުކަމަށްވެފައި ޗައިނާއިން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ރަސްމީކޮށް ފެށިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވެސް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި އިތުރު ފުލައިޓުތައް ވެސް ރާއްޖެއަށް ޗައިނާއިން ދަތުރުތައް ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މިތަނުގައި ހޭދަކުރާ ދުވަސްތަކަކީ އަމާން ރައްކާތެރި ދުވަސްތަކެއްކަން ކަށަވަރު ކުރުމަށް ޓޫރިޒަމް މިނިސްޓަރީއާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ބެއިޖިން ކެޕިޓަލްގެ ބޯޓެއް މިއަދު ރާއްޖެއަށް އައިސްފައިވާއިރު، ޗައިނާ އީސްޓާން އެއާލައިންސްއާއި ހޮންކޮންގު އެއާލައިންސްގެ ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައިވާއިރު، އެ ގައުމަކީ ކޮވިޑުގެ ހާލަތު މެދުވެރިވުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox