ދެކުނު އޭޝިއާގެ ބާސްކެޓް ފެޑެރޭޝަނުގެ ރައީސަކަށް ރާއްޖޭގެ އެޑަމް

Jan 14, 2023, 11:58 AM
ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް ވަނީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް ވަނީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ރައީސް އަކަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް، އަހުމަދު އާދަމް (އެޑަމް) އިންތިހާބުވެވަޑައިގެންފި އެވެ.

ބާސްކެޓްބޯޅައިގެ ސަރަހައްދީ ޖަމިއްޔާގެ ރައީސްކަމަށް އެޑަމް އިންތިހާބުވެވަޑައިގަތީ މިއަދު މެންދުރު އިންޑިއާގައި ކުރިއަށްދިޔަ ސާބާ ކޮންގްރެސްގަ އެވެ. ކޮންގްރެސްގައި ބައިވެރިވީ އިންޑިއާ، ރާއްޖެ، ނޭޕާލް، ސްރީ ލަންކާގެ އިތުރުން ބަންގްލަދޭޝް އިންނެވެ.

މި ކޮންގްރެސްގައި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ އެންމެ އިސް މަގާމަށް އެޑަމްގެ ނަން ހުށަހަޅާފައިވަނީ ބަންގްލަދޭޝް އިންނެވެ. ކޮންގްރެސްގައި ބައިވެރިވި ހުރިހާ ގައުމަކުންވަނީ ރައީސްކަމަށް އެޑަމް އަށް ތާއީދު އޮތްކަން ހާމަކޮށްފަ އެވެ.

Advertisement

ކުރިއަށް އޮތް ހަތަރު އަހަރަށް ސާބާގެ ރައީސަކަށް އެޑަމް ހޮވިއިރު، ޖެނެރަލް ސެކްރެޓަރީ އަށް ހޮވާފައިވަނީ އިންޑިއާގެ ޗަންދްރަމުކީ ޝަރުމާ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމާ 2019 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވުމަށް ފަހު އެޑަމް އަންނަނީ ރާއްޖޭގެ ބާސްކެޓްބޯޅައަށް ހެޔޮ ބަދަލުތަކެއް ގެންނަމުންނެވެ. ކޮވިޑުގެ ސަބަބުން ކުޅިވަރުތައް ހުއްޓާލަން ޖެހުނު ދަނޑިވަޅުގައިވެސް ގިނަ ކުޅުންތެރިންތަކެއް ތަމްރީނު ވަމުންދިޔަކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެ ގޮތުން ކޮވިޑަށް ފަހު އެންމެ އަވަަހަށް މުބާރާތްތަށް ފެށި އެއް ކުޅިވަރުގެ ތެރޭގައި ބާސްކެޓްބޯޅަ ފާހަގަކޮށްލެވެ އެވެ. އެެއީ ވެސް އެޑަމްގެ މޭސްތިރިކަމުގެ ދަށުން ހަރުދަނާކޮށް އެސޯސިއޭޝަން ހިންގުމުގައި ކުރި މަސައްކަތުގެ ނަތީޖާ އެވެ.

އަންހެން ބާސްކެޓް ކުރިއެރުވުމާއި، ޖޫނިއާ ޓީމުތައް ކުރިއެރުވުމުގައި ސަރަހައްދީ ގޮތުން ވެސް އެޑަމް ވަނީ މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭ މުބާރާތްތައް އަލުން ފެށީވެސް އެޑަމް އިސްކޮށް ހުންނަވަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އިންޑިއާގައި އޮތް 18 އަހަރުން ދަށުގެ ފީބާ އޭޝިއާ ކޮލިފައިންގެ ސަރަހައްދީ މުބާރާތާއި، މާލޭގައި ބޭއްވި އަންހެން ސާބާ ޗެމްޕިއަންޝިޕް ފާހަގަކޮށްލެވެ އެވެ. އަންހެން ސާބާ ޗެމްޕިއަންޝިޕް ބޭއްވީ ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު އެވެ.

ސާބާގެ ރައީސްކަމުގެ މަގާމަށް އެޑަމް އިންތިހާބުވެވަޑައިގެންނެވުމާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ބާސްކެޓްގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ލިބޭނެ އެވެ. މިގޮތުން ގިނަ މުބާރާތްތައް ބޭއްވުމާއި ޓެކްނިކަލް އޮފިޝަލުންނަށް ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އެޑަމް ވިދާޅުވި އެވެ.

"މިއީ އަސްލު ރާއްޖޭގެ ބާސްކެޓަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކެނީ. ރާއްޖެ އަށް މި ގައުމުތަކުން އިތުބާރުކުރާކަން މި އެނގުނީ،" އިންޑިއާގައި ހުރެ ފޯނުން "އަދަދު" އަށް އެޑަމް ވިދާޅުވި އެވެ.

"މިއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ރާއްޖޭގެ ބާސްކެޓްގެ ކުރިއެރުމަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަމެއް. މި މަގާމުގައި ހުރެ އަޅުގަނޑު މަސައްކަތްކުރާނަން އިތުރަށް ރާއްޖޭގެ ބާސްކެޓަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދޭން"

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ އެޑަމް ސާބާގެ ރައީސްގެ މަގާމަށް އިންތިހާބުވިއިރު، މި އަހަރަކީ ގިނަ ހަރަކާތްތަކެއް ސާބާ އިން ކުރިއަށް ގެންދަން ރާވާފައި ހުރި އަހަރެކެވެ. އެ ގޮތުން ސާބާ އަންހެން އަދި ފިރިހެން ސީނިއާ މުބާރާތާއި، ޖޫނިއާ މުބާރާތްތަކެއް ވެސް ކުރިއަށް ގެންދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox