ސާބާ މުބާރާތަކީ ބާސްކެޓްގެ ޓެކްނިކަލް އޮފިޝަލުން ކުރިއެރުމަށްވެސް ލިބޭ ފުރުސަތެއް: އެޑަމް

Sep 19, 2022, 12:57 AM
ސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) -- ފޮޓޯ: އިސްމާއީލް އަޒުމީން

ސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) -- ފޮޓޯ: އިސްމާއީލް އަޒުމީން

މިމަހުގެ 24-30 އަށް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ސާބާ ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގެ ކުރިއެރުމަށް ލިބޭ ކުރިއެރުމެއްގެ އިތުރަށް ބާސްކެޓްގައި މިވަގުތު ތިބި ޓެކްނިކަލް އޮފިޝަލުންގެ ފެންވަރުވެސް ވަޒަން ކޮށްލައި ކުރިއަށް ދިޔުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

މާލޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދެވަނަ ސަރަހައްދީ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ހަ ގައުމަކުން ވާދަކުރާނެ އެވެ. އެއީ ދިވެހިރާއްޖެއާއެކު އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

މި މުބާރާތަކީ ގިނަ ގޮތްގޮތުން ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަލަށް ރާއްޖޭގައި ބާއްވާ ސާބާ އަންހެން މުބާރާތަކީ ކުރިމަގުގެ ޒުވާން ޖީލުތައް މި ކުޅިވަރަށް ލޯބި ޖެއްސުމަށްވެސް ލިބޭ ފުރުސަތެއްގެ ގޮތުގައި ގައުމީ ޓީމުން ސިފަ ކުރެ އެވެ.

Advertisement

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އެޑަމް ވިދާޅުވީ ސާބާ އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ފެށުނީ 2017ގައި ރާއްޖޭގައި ބޭއްވި ސާބާގެ ފިރިހެން މުބާރާތާއިއެކުގަ އެވެ. އޭގެ ފަހުން އެސޯސިއޭޝަނުން ބޮޑު އިސްކަމެއް ދީގެން ކުރެވުނު މަސައްކަތާއިއެކު އެންމެ ފަހުން މި މުބާރާތް ބޭއްވުމުގެ ހުރިހާ ކަމެއް ހަމަޖެހުނީ މި އަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ އަންހެން މުބާރާތަކަށްވިކަމުގައިވިޔަސް މި މުބާރާތުގެ ފެންވަރުވެސް ވަރަށް ރަނގަޅުވާނެ ކަމަށާއި، މިއީ ރާއްޖޭގެ އަންހެން ބާސްކެޓަށް ލިބޭ ބޮޑު ފުރުސަތެއްގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ބާސްކެޓްބޯޅައިގެ އޮފިޝަލުންނަށްވެސް ލިބޭ ބޮޑު ފުރުސަތެއްކަމަށެވެ.

މިވަގުތު ރާއްޖެއަށް ބަލާލާއިރު ބާސްކެޓްބޯޅައިގެ ދުނިޔޭގެ މައި ޖަމިއްޔާ، ފީބާގެ ސެޓިފިކޭޝަން ލިބިފައިވާ ގިނަ އޮފިޝަލުންތަކެއް އެބަތިއްބެވެ. މިއަހަރުގެ ކުރީކޮޅު އޮތް ގައުމީ ލީގާއި ގައުމީ މުބާރާތުގައި ހަރަކާތްތެރިވި 12 ސްޓެޓިސްޓީޝަނުންނަކީ ވެސް ފީބާ ސެޓިފައިޑް އޮފިޝަލުންނެވެ. އަދި ޓޭބަލް އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރި 21 އޮފިޝަލުންގެ ތެރެއިން ފީބާ ސެޓިފައިޑް ފަސް އޮފިޝަލެއް ހިމެނެ އެވެ. މެޗުތަކުގެ ރެފްރީންގެ ގޮތުގައި އަށް ރެފްރީން ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ފީބާ ސެޓިފައިޑް ދިވެހި ދެ ރެފްރީން ހިމެނުނެވެ.

އެޑަމް ވިދާޅުވީ މިވަގުތު ޓެކްނިކަލް އޮފިޝަލުންނަށް ބަލާއިރު ރާއްޖޭގައި ފެންވަރު ރަނގަޅު އޮފިޝަލުން ގިނަ ކަމަށާއި، ސާބާ މުބާރާތަކީ މި ހުރިހާ އޮފިޝަލުންނަށް ގިނަ ކުރިއެރުން ލިބޭނެ މުބާރާތަކަށް ވާނެކަމަށެވެ.

"މި ފުރުސަތުގައި މިކަހަލަ މުބާރާތެއް ބާއްވާއިރު، ހަމައެކަނި ކުޅުންތެރިން ނޫނީ ޓީމެއް ނޫން މި ކުރިއަރަނީ. އެސޯސިއޭޝަނާއިއެކު މަސައްކަތްކުރާ އޮފިޝަލުންނާއި ޓެކްނިކަލް އެހެނިހެން ސްޓާފުންނަށްވެސް މިއީ ލިބޭ ވަރަށް ބޮޑު ފުރުސަތެއް." އެޑަމް ވިދާޅުވި އެވެ.

މި މުބާރާތަށް ތައްޔާރުވުމަށް އެމްބީއޭ އިން ވަނީ ޔޫތު މިނިސްޓްރީގެ އެހީއާއިއެކު ދެ ގައުމެއްގައި ތަމްރީންތަކެއް ހަދައި އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފަ އެވެ.

އެޑަމް ވިދާޅުވީ ދެ ދަތުރުގައިވެސް ޓީމަށް ގިނަ ކުރިއެރުންތަކެއް ލިބުނު ކަމަށާއި، އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލާއިރުވެސް ކޯޗުން ފާހަގަކުރާ ވަރުގެ ބަދަލުތަކެއް ފެނިއްޖެކަމަށެވެ.

"އިންޑިއާ ޓްރެއިނިންގައި ފާހަގަވި އަސްލު ވަރަށް ބޮޑަށް އެނގުނު ކުދިންގެ ރަނގަޅު ކުރަންވީ ކަންކަން. ކޯޗުންނަށްވެސް ދެނެގަނެވުނު ގިނަ ކަންކަން. އަހަރުމެން ރާއްޖޭގައި ޕްރެކްޓިސް ނުކުރާ ގިނަ ކަންކަން ކުދިންނަށް މިހާރު އެނގިފައި ހުންނާނީ. އަނެއްކާ ކުޅުނު މެޗުތަކުންވެސް ފެނުނީ ކުރިއެރުން، ފަހު މެޗުން މޮޅުވެސްވި."

އެޑަމް ވިދާޅުވީ މި ތަމްރީންތަކާއިއެކު މިހާރު ބާސްކެޓްބޯޅައިގެ މިސްރާބު ބަދަލުކުރަންވީ ދިމާ އެނގިއްޖެކަމަށާއި، ރާއްޖޭގެ ބާސްކެޓުގެ ކުރިއެރުމަށް އެސޯސިއޭޝަނުންނާއި ކޯޗުން ކުރިއަށްދާންވީ ގޮތްތައްވެސް ފާހަގަވެއްޖެކަމަށެވެ.

އެންމެ ބޮޑަށް ފެނުނީ ސްޓޭޓް ލެވެލް ޓީމަކާއި ގައުމީ ޓީމާއި ހުރި ތަފާތު. ލިބުނު ފުރުސަތުގެ ބޭނުން ހުރިހާ އެންމެންވެސް ކުރި. މިހާރު އެސޯސިއޭޝަނަށްވެސް ޓީމަށްވެސް މިހާރު ދާންވީ މިސްރާބު މަސައްކަތްކުރަންވީ ދިމާ އެނގިއްޖެ"

އަންހެން ސާބާ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މިއީ އަންހެން ބާސްކެޓުގައި ރާއްޖެއަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރަން ވަނައެއް ހޯދަން އެސޯސިއޭޝަނުންނާއި ގައުމީ ޓީމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްބީއޭ އާއި ގައުމީ ޓީމުގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު ގައުމީ ޓީމަށް ސަޕޯޓުދޭން މެޗުތައް އޮންނަ ދުވަސްތަކުގައި ޒުވާނުންގެ މަރުކަޒަށް އައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox