ބިދޭސީ ހަ ކުޅުންތެރިން ގެނެވޭނީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް

Jan 12, 2023, 5:08 AM
މިދިޔަ ސީޒަނުގައި ރާއްޖޭގެ މާޒިޔާ އަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޓަނާ: އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައި.-- ފޮޓޯޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ސީޒަނުގައި ރާއްޖޭގެ މާޒިޔާ އަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޓަނާ: އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައި.-- ފޮޓޯޯ: މުހައްމަދު ޝާބިން/ އަދަދު

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށްވާ، ޓީމެއްގައި ބިދޭސީ ކުޅުންތެރިން ހިމެނޭ އަދަދު ހަޔަކަށް ހެދުމުގެ ކަންކަން ކުުރެވޭ ގޮތަށް މި ވަގުތު އޮތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް އެކަނި ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ރާއްޖޭގެ ކްލަބްތަކުގައި ބިދޭސީ ކުޅުންތެރިން ހިމެނުމަށް މިދިޔަ ސީޒަނުގެ ނިޔަލާ ހަމައަށް އަމަލުކުރަމުން އައީ ޓީމެއްގައި ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނޭ ގޮތަށެވެ. އެ ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވާން ޖެހޭނީ އޭޝިއާ ބައްރުގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށެވެ. މި ގޮތަށް ރާއްޖޭގައި އަމަލުކުރަން ފެށީ އޭއެފްސީގައި އޮންނަ ގަވާއިދާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.

އެ ގޮތުން، 2015 އިން ފެށިގެން ރާއްޖޭގެ ގިނަ ޓީމުތައް ކުޅެނީ ހަތަރު ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ. އެއީ ދިވެހި ލީގު، ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ރީބްރޭންޑް ކޮށްގެން ފެށި އަހަރުން ފެށިގެންނެވެ.

Advertisement

ދާދި ފަހުން، އެފްއޭއެމް އެކްސްކޯ އިން ވަނީ ދިވެހި ޓީމުތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ އަދަދު ހަޔަކަށް ހެދުމަށް ވޯޓެއް ނަގައި، އެ ގޮތަށް ނިންމައިފަ އެވެ. އެކްސްކޯގެ ބައެއް މެމްބަރުން މި ކަމުގައި ހިޔާލު ތަފާތުވި ނަމަވެސް ގިނަ މެމްބަރުން އެދޭ ގޮތަށް، ޓީމެއްގައި ހަ ބިދޭސީ ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ހަ ބިދޭސީ ކުޅުންތެރިން ގެނެވޭ ގޮތަށް މި ވަގުތު ހެދީ، އޭއެފްސީން ވެސް އެ ގޮތަށް އަމަލުކުރަން ތައްޔާރުވެފައިވާތީ، އެ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

"މި ވަގުތުު ހަ ބިދޭސީ ކުޅުންތެރިން ގެނެވޭ ގޮތަށް މި އޮތީ، ފުރަތަމަ ޑިވިޝަން ޓީމުތަކަށް. ދެން، އިތުރަށް ކުރިއަށްދާނެ ގޮތެއް ފަހުން ކަނޑައެޅުމުގެ ވިސްނުމެއް މިއޮތީ،" ޖަވާ ވިދާޅުވި އެވެ.

އޭއެފްސީގެ 2023/2024 ކްލަބް ފުޓްބޯޅަ ސީޒަނުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިއަކު، ޓީމު ލިސްޓުގައި ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ އެވެ. އެ ހަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވާން ޖެހޭނީ އޭޝިއާ ބައްރުގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީމުތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނާ އެކު ހަދާ އެއްބަސްވުމާ އެއްގޮތަށް މުސާރަ ނުދޭ މައްސަަލަ ވަނީ ބޮޑުވެފަ އެވެ. ގިނަ ޓީމުތައް ގޮވައިގެން ކުޅުންތެރިން ފީފާ އަށް މައްސަަލަ ޖައްސާފައިވާއިރު، ރާއްޖޭގެ ބައެއް ކްލަބްތަކަށް ފީފާ އިން ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނެވޭ އަދަދު ހަޔަކަށް އިތުރުކުރާއިރު، މި ފަދަ މުސާރައިގެ މައްސަލަތައް އިތުރުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ފުޓްބޯޅަ އަށް ބޮޑުވާނެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަބާރު އިންޑިއާ އިން އެ ގައުމުގެ ސުޕަ ލީގު ފެށުމަށް ފަހު، އެންމެ ފުރަތަމަ އަމަލުކުރަމުން އައީ، ބިދޭސީ ހަ ކުޅުންތެރިން ހިމަނައިގެން ޓީމުތައް ހެދޭ ގޮތަށެެވެ. އެކަމަކު، އޭރުގެ އޭއެފްސީގެ ގަވާއިދަށް ފެއްތުމާއި އިންޑިއާ އިން އުފެދޭ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން، އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ އެދުމަށް، އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން މި ފަހުން ނިންމީ ބިދޭސީ ހަަތަރު ކުޅުންތެރިންނަށް ހެދުމަަށެވެ.

އެކަމަކު، އޭއައިއެފްއެފްގެ ރައީސްކަމަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގަތް، ކަލްޔާން ޗޯބޭގެ ލީޑަޝިޕުން ދާދި ފަހުން، ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ވަނީ އޭއެފްސީގެ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްދާން ނިންމައިފަ އެވެ. މާނަ އަކީ އަންނަ ސީޒަނުން ފެށިގެން އިންޑިއާގެ ކްލަބްތަކަށް ވެސް ބިދޭސީ ހަ ކުޅުންތެރިން ގެނެވޭ ގޮތް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox