ބެލިންހަމް އަށް ރެއާލްގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް

Jan 7, 2023, 5:06 AM
ބެލިންހަމް އަށް ރެއާލްގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް

މެޑްރިޑް (ޖެނުއަރީ 7) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ރެއާލް މެޑްރިޑްގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ފަދަ ގޮތަކަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަަކަ ދައްކައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި، އުމުރުން 19 އަހަރުގެ ބެލިންހަމް ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ސޮއި ހޯދަން އިނގިރޭސި ކްލަބްތަކާއި ޔޫރަޕްގެ ވަރުގަދަ ޓީމުތަކުން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އެ ގޮތުން، ބެލިންހަމް ބަދަލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކްލަބެއްގެ ގޮތުގައި އިނގިރޭސި މީޑިއާ އިން މިހާރު ވާހަކަ ދައްކަމުން އަންނަ ޓީމަކީ، ރެއާލް އެވެ.

ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލްގެ ކޯޗު އަންޗެލޮޓީ، މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ވަނީ ބެލިންހަމް އާއި ރެއާލާ ގުޅުވައިގެން މީޑިއާގައި ދެކެވޭ ވާހަކަ ތަކަށް އިޝާރާތްކޮށް ޖަވާބުދީފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: ފްރާންސްގެ ޗުއަމެނީ އަތުން ބޯޅަ ހޯދަން އިންގްލެންޑްގެ ބެލިންހަމް މަސައްކަތްކުރަނީ.

"ޔަގީނުން ވެސް ވޯލްޑް ކަޕްގައި ބެލިންހަމް ސާބިތުކޮށްދިން އޭނާ އަކީ ހުނަރުވެރި މޮޅު މިޑްފީލްޑަރެއް ކަން. ވަރަށް މޮޅަށް ކުޅުނު މިޑްފީލްޑަރުން ވޯލްޑް ކަޕުން ފެނުނު، މިސާލަކަށް ކިޔަމާ، އެންޒޯ (ފެނާންޑޭސް)، ދެން، ސްޕެއިނުގެ ޕެޑްރީ އާއި ގަވީ ވެސް ވަރަށް ރަނގަޅު ވޯލްޑް ކަޕެއް ނިންމާލީ،" އަންޗެލޮޓީ ބުންޏެވެ.

"ހަގީގަތަކީ ވަރަށް ހުނަރުވެރި މިޑްފީލްޑަރުންގެ ޖީލެއް މި އުފެދެނީ، ވަރަށް މޮޅެތި ކުޅުންތެރިން މި އަންނަނީ. އެކަމަކު، އަހަރެން ބަރޯސާވަނީ އަހަރެމެންގެ މި އޮތް މިޑްފީލްޑަރުންނަށް، ޗުއަމެނީ، ކަމަވިންގާ ދެން ވަލްވޭޑޭ، މި ކުޅުންތެރިން މި އަރަނީ ވަރަށް ރަނގަޅަށް މި ޓީމުގެ ސިސްޓަމްގެ ތެރެއިން ކުރިއަރަމުން،"

ކަމަވިންގާ އާއި ޗުއަމެނީ ވަނީ ވޯލްޑް ކަޕްގައި ފްރާންސަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް އުރުގުއޭގެ ތިން މެޗުގައި ވެސް ވަލްވޭޑޭ ކުޅުނެވެ.

ބެލިންހަމް، މި ވަގުތު ޑޯޓްމަންޑްގެ ކޮންޓްރެކްޓްގައި ހުރީ 2025 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، މި ސީޒަނަށް ފަހު ބެލިންހަމް ޓީމު ބަދަލުކުރުމުގެ ފުރުސަތު ބޮޑުއިރު، އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރާ ޓީމުތަކުގެ ތެރެއިން ރެއާލް މާ ބޮޑަށް ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންޗެލޮޓީ ވަނީ ރެއާލްގެ ޔޫތު ސިސްޓަމްގެ ތެރެއިން ދެން އަންނަ މިޑްފީލްޑަރަކަށް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ބުނެފަ އެވެ.

އެ ގޮތުން، އުރުގުއޭގެ މިޑްފީލްޑަރު، ވަލްވޭޑޭ އަކީ 2016 ވަނަ އަހަރު ރެއާލްގެ ޔޫތު ޓީމާ ގުޅި، އޭގެ ތެރެއިން އައި ކުޅުންތެރިއަކަށްވާއިރު، އުންމީދަކީ އެ ފަދަ ގޮތަކަށް އެހެން ކުޅުންތެރިއަކު ވެސް ގެނައުން ކަމަށް، އަންޗެލޮޓީގެ ވާހަކައިގައި ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox