މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1.67 މިލިއަން ޓޫރިސްޓުން

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ފޮށިތައް ފިހައިގެން ނުކުންނަނީ: މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޑިސެމްބަރު މަހު -- އަދަދު ފައިލް ފޮޓޯ

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ފޮށިތައް ފިހައިގެން ނުކުންނަނީ: މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޑިސެމްބަރު މަހު -- އަދަދު ފައިލް ފޮޓޯ

ނިމިގެން ދިޔަ 2022 ވަނަ އަހަރު 1.67 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު 1.67 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާއިރު، އެއީ ސަރުކާރުން އަމާޒު ކަނޑައެޅި އަމާޒަށް ވުރެ އިތުރުވުމެކެވެ. އަދި ކޮވިޑް 19 ހާލަތުގެ ކުރިން 2019 ވަނަ އަހަރު ޒިޔާރަތްކުރި 1.7 ޓޫރިސްޓުންގެ އަދަދާާ ދާދި އެއްވަރުގެ އަދަދެކެވެ.

ކޮވިޑް 19 ގެ ހާލަތު އެންމެ ގޯސް ވެގެން ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހަށް ބަންދު ކުރި، 2020 ވަނަ އަހަރު އައިސްފައި ވަނީ 555،494 ޓޫރިސްޓުން ނެވެ. ޖެހިގެން އައި 2021 ވަނަ އަހަރު އައިސްފައި ވަނީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަތަރު އަހަރަށް ބަލާއިރު އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ ނިމިގެންދިޔަ ޑިސެމްބަރު މަހު އެވެ. އެއީ 184،051 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު އެވަރެޖްކޮށް މަހަކު ރާއްޖެ އައިސްފައި ވަނީ 139،000 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކޮށްފައި ވަނީ އިންޑިއާ އެވެ. އެއީ 14 ޕަސެންޓެވެ. ދެ ވަނައިގައި އުޅެނީ 12 ޕަސެންޓް ހިއްސާ ކޮށްގެން ރަޝިއާ އެވެ. ދިހަ ޕަސެންޓާއެކު ތިން ވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ.

މިދިޔަ އަހަރު 59،657 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ. އޭގެ ތެރެއިން 41،081 އެނދު އޮޕަރޭޓް ކޮށްފައިވަނީ 168 ރިސޯޓުގަ އެވެ. ގެސްޓް ހައުސް އާއި ހޯމްސްޓޭ އަށް ރަޖިސްޓްރީ ކޮށްފައިވާ ޖުމްލަ 869 ތަނުގައި 14،018 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ. ރާއްޖެ އައި ޓޫރިސްޓުންގެ 69 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓް ތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox