ނިޒާމީ ވޯޓާ މެދު ގޮތެއް ނިންމުން އޮތީ ކޯލިޝަން އަތްމަތީގައި: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ސަރުކާރު ކޯލިޝަންގެ ލީޑަރުން؛ ބަރުލަމާނީ ނިޒާމާ މެދު ގޮތެއް ނިންމުން އޮތީ ކޯލިޝަން އަތްމަތީގައި ކަމަށް ވިދާޅުވި / އަދަދު ގްރެފިކްސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ސަރުކާރު ކޯލިޝަންގެ ލީޑަރުން؛ ބަރުލަމާނީ ނިޒާމާ މެދު ގޮތެއް ނިންމުން އޮތީ ކޯލިޝަން އަތްމަތީގައި ކަމަށް ވިދާޅުވި / އަދަދު ގްރެފިކްސް

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުން އޮތީ ކޯލިޝަންގެ އަތްމަތީގައި ކަމަށާއި ކޯލިޝަންގެ ބައިވެރިންގެ ރުހުން ނެތި އެފަދަ ކަމެއް ކުރެވެން ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވަމުން ގެންދަވާ ގޮތުގައި، އެ ކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދެކެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯލިޝަންގެ މެނިފެސްޓޯގައި ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

"އެ މެނިފެސްޓޯގައި ނޯންނާނެ މި ފަސް އަހަރު ތެރޭ ނިޒާމީ ވޯޓެއް ނަގާ ވާހަކައެއް، މެނިފެސްޓޯގައި ނެތް ކަމެއް ކުރަން ވެއްޖެނަމަ ދެން ކުރަން ޖެހޭނެ ކަމަކީ ކޯލިޝަންގެ ބައިވެރިންނާ އެކު މަޝްވަރާކުރުން. އެ ކަން ކުރަން ލަފާ ލިބިގެން އަޅުގަނޑަށް ކުރިއަށް ދެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރާން ހިމަނާފައި އޮތެވެ. ފަހުން ކޯލިޝަންގެ މެނިފެސްޓޯ ލޯންޗުކުރިއިރު، އެ މެނިފެސްޓޯގައި ނިޒާމުގެ ވާހަކަ ވަނީ އުނިކޮށްފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު ވަކާލާތު ކުރައްވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސްގެ އިތުރަށް ނަޝީދު ވެސް ވާދަކުރައްވަ އެވެ.

މީގެކުރިން 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދު އަދި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް މިހާރު އެމްޑީޕީގައި އެ ކަމާ މެދު ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށް އެބަ އޮތެވެ. އެގޮތުން, ގިނަ ބަޔަކު ނިޒާމް ބަދަލުކުރަން ދެކޮޅު ހަދައި, ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ވަނީ ތާއިދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox