ޑޮލަރު މާރުކުރިކަން ސާބިތު ކޮށްދިނުމަށް ދިނީ ދޮގު ހެކިބަސް: ހުކުމް

ޑޮލަރު މާރުކުރިކަން ސާބިތު ކޮށްދިނުމަށް ދިނީ ދޮގު ހެކިބަސް: ހުކުމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ސާބިތު ކޮށްދިނުމަށް ހުށަހަޅާފައި ވަނީ އުފައްދާފައިވާ ހެކި ކަމަށާއި، އަދި އެކަމާ ގުޅިގެން ޝަރީއަތުގައި ދޮގު ހެކިބަސް ދީފައިވާކަން ހާމަވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފިކަމާއި އެ ޑޮލަރުތައް ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި، ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެކިބަސް ދެއްވި އިރު "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

"އަބްދުﷲ ޔާމީނާ އެކު ފައިސާގެ އެހެން މުއާމަލާތްތައް ކުރިކަމަށް އަހްމަދު ނަރީޝް ހެކިބަސް ދިން އިރު، އެއީ ކޮން އަހަރަކު ކުރި، ކޮން މުއާމަލާތެއްކަން ބުނެދެވިފައިނުވޭ.... ތައްޔާރުވެގެން އައި ކަންކަމުގެ ބޭރުން، ނުވަތަ ކުރިމަތިވެދާނެ ސުވާލެއް ކަމަށް ވިސްނާލެވިފައިވާ ކަމެއްގެ ބޭރުން ސުވާލެއް ކުރުމުން، ހެކިވެރިޔާއަށް ސުވާލަށް ޖަވާބު ދޭން ނޭނގުނު ކަމަށް ގަބޫލުކުރެވޭ،" ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް އިއްވެވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ދިފާއު ބިނާކުރީ ދޮގު މުއާމަލާތަކަށް

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރި އެވެ.

އެ ދައުވާތަކުން ދިފާއުވުމަށް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ސާބިތުކޮށްދިނުމަށް ހެކިތަކެއް ހުށަހެޅި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްކަން ސާބިތުކޮށްދިނުމަށް ޔޫސުފް ނައީމްގެ ފަރާތުން ލިޔުމުން ހެކި ހުށަހެޅި ފޯމުގައި އެއީ ކޮން ތާރީހެއްގައި ހިނގި މުއާމަލާތެއްކަން ބަޔާންކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، ދިފާއީ ހެކިންގެ ހެކި ބަހުންނާއި ހުށަހަޅާފައިވާ ލިޔެކިޔުމުން އެއީ ކޮން އިރެއްގައި ހިނގާފައިވާ ކަމެއްކަން އެނގެން ނެތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

"މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުމަކީ ސައްހަ ލިޔުމެއްކަން ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮތުމުން، މި މުއާމަލާތަކީ ދައުވާ ލިބޭ ފަރާތުން ބުނެފައިވާ ފަދައިން ހިނގާފައިވާ މުއާމަލާތެއް ކަމާ މެދު އިންތިހާއަށް ޝައްކު އުފެދެ،" އެ ހުކުމުގައި ބުނެފައިވެ އެވެ.

ޝަރީއަތުގެ ހުލާސާއެއް

މިދިޔަ އަހަރުގެ ފަހުކޮޅު އުފުލި ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި އެވެ. މައްސަލައާ ހަވާލުވެވަޑައިގަތީ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. އަދި ޝަރީއަތުގެ ކުރީގެ މަރުހަލާ މެއި މަހު ނިންމާލި އެވެ.

ދައުލަތާއި، ޔާމީނާއި، ޔޫސުފް ނައީމް ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ ގާޒީ ދެއްވި މުއްދަތަށް ފަހުގަ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން މުއްދަތު ގުނުމުގައި އެރި އޮޅުމެއްގެ ސަބަބުން، މާ ފަހުން ހުށަހެޅުންތައް ހުށަހެޅުމުން، ދައުލަތުންނާއި ދިފާއުންވެސް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ޝަރީއަތަށް ބަލައިގެންފައެއް ނުވެ އެވެ.

ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ހެކިބަސް ނަގަން ފެށީ މި އަހަރުގެ ޖޫން މަހު އެވެ. ފުރަތަމަ އޮތީ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި، ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ހަބީރުންގެ ގޮތުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

އޭގެ ފަހުން، ރައީސް ޔާމީންގެ ކުރީގެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހެކިބަސް ނެގި އެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިން ކަމުގައި ދައުލަތުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް ޝަރީއަތަށް ނެގި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުނެވެ. އެ ހެކިން ހުށަހެޅީ، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެކެވެ.

ޔާމީންގެ ފަރާތުން ހެކިބަސް ދިން މީހުންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ހިމެނެ އެވެ. އެއީ ޕީޕީއެމްގައި މިހާރު ވެސް ޔާމީންގެ ވަރަށް އަރިހުން، ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.

މި ހެކިބަސް ނަފީކުރަން ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ނަރީޝް އެ ދުވަސްވަރު ސިފައިންގޭގައި އަދާކުރި ވަޒީފާގެ ހާޒިރީއާއި، އޭރުގެ ސަރުކާރުގެ ކެބިނެޓްގައި އެކުލަވާފައި އޮންނަ އިކޮނޮމިކް ޔޫތު ކައުންސިލްގެ އިތުރު ލިޔުންތަކެއް ވެސް ހިމެނެ އެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ޕްޓެމްބަރ 25 ވަަނަ ދުވަހު ނިންމާލި އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ޔާމީންގެ ފަރާތުން ވަނީ ތިން ދުވަސްވަން ދެން ހެއްކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކައިފަ އެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުރިހާ ހަސްމުން ވަނީ ހުލާސާ ބަޔާން ހުށަހަޅާފަ އެވެ. ހުލާސާ ބަޔާނަކީ ޝަރީއަތް ނިމުުމުން، ޝަރީއަތާ މެދު ޖުމުލަ ގޮތެއްގައި ކޮންމެ ހަސްމަކު ދެކޭ ގޮތް ހުލާސާކޮށް ބަޔާންކޮށްދިނުމެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، އެމަނިކުފާނުގެ ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox