ޔާމީން ނެތި މަޝްވަރާ ނުކުރާނެ؛ އިދިކޮޅުގެ މެސެޖު ނަޝީދަށް؟

ޔާމީން ނެތި މަޝްވަރާ ނުކުރާނެ؛ އިދިކޮޅުގެ މެސެޖު ނަޝީދަށް؟

މަނީލޯންޑަރިން އާއި ރިޝްވަތު ނެގި ކަމުގެ ކުށަށް ބޮޑު ޖަލު ހުކުމެއް އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާނެ ކަމަށް ބެލެވޭއިރު، އިދިކޮޅު ކޯލިޝަނުގެ ސިޔާސީ ކުރިމަގު އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވާއިރު، މި ހުކުމާއެކު ވާދަކުރުމުގެ ދޮރު އެމަނިކުފާނަށް މިވަގުތަށް ނަމަވެސް ބަންދުވީ އެވެ.

އެކަމަކު ޔާމީންގެ އަރިސް ބޭފުޅުން ތިއްބެވީ ވަރުގަދަ އަޒުމެއްގަ އެވެ. ޕާޓީގެ ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ޖޯޝުގައި ހުންނަވައިގެން ވަރުގަދަ މެސެޖުތަކެއް ދެއްވި އެވެ.

އުއްމީދު ގެއްލުވާ ނުލާ ވާހަކަ އެވެ. މާޔޫސްނުވާން ސަޕޯޓަރުންނަށް ދެއްވި ހިތްވަރެވެ. މަތީ ކޯޓުތަކުން ޔާމީންގެ ހުކުމް ބާތިލުކުރާނެ ކަމުގެ އުއްމީދެވެ. އިންތިހާބުގައި އިދިކޮޅުން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނުނުކުންނާނެ ކަމުގެ ޔަގީންކަމެވެ.

އެ ވާހަކަތަކުގެ ތެރެއިން، ތަފާތު އެހެން މެސެޖެއް ވެސް ދެއްވި އެވެ.

"އަޅުގަނޑުމެންނާއެކު އެއްވެސް މަޝްވަރާއެއް ކުރެވޭނީ ރައީސް ޔާމީނާއެކު."

"ސިޔާސީ އެއްވެސް ލީޑަރަކަށް ވެސް ސިޔާސީ އެއްވެސް ޕާޓީއަކަށްވެސް ޕީޕީއެމް/ޕީއެންސީ އާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ދެވަނަ ފަރާތަކާ ނުދެއްކޭނެ."

"ރައީސް ޔާމީން މޭޒު ކައިރީގައި ބައިންދަވައިގެން އެމަނިކުފާނާ ނޫނީ ނުކެރޭނެ ދައްކާކަށް."

އިންތިހާބަށް އެހެން ޕާޓީއަކާއެކު ކޯލިޝަނެއް ހެދުމުގެ އިޝާރާތެއް ވެސް މީގެ ކުރިން ލިބިފައިނުވާއިރު، އަބްދުއްރަހީމް އެ މެސެޖު ނިސްބަތް ކުރެއްވީ ކޮން ޕާޓީއަކާ ނޫނީ ކޮން ލީޑަރަކަށް ކަމީ ޝައުގުވެރި ސުވާލެކެވެ.

ކޯލިޝަނުގެ ތަޖުރިބާ "ހިތި" ކަމަށް ހުދު ޔާމީން ވެސް ދާދި ފަހުން ވިދާޅުވެފައިވާއިރު، ޕީޕީއެމް/ޕީއެންސީ އާ ނުވަތަ ސީދާ ޔާމީނާ މަޝްވަރާއެއް ކުރުމުގެ އިޝާރާތެއް މިފަހުން ދެއްވާފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު އެކަންޏެވެ.

އެއީ ނަޝީދުގެ އަމިއްލަ އިއުތިރާފުން ވެސް އެންމެ ބޭނުމެއްގަ އެވެ؛ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި، ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް މަގުފަހި ކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އިންތިހާބަށް ނުކުންނަވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ގެންދަވަނީ ތައްޔާރުވަމުންނެވެ. އެމަނިކުފާނު، ރައީސް ސޯލިހަށް އިތުރު ފުރުސަތެއް ދެއްވަން ބޭނުންފުޅެއް ނުވެ އެވެ.

ނަޝީދުގެ އަމާޒަކީ، ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި އަންނަ އަހަރު ބަރުލަމާނީ ނިޒާމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެއަށްފަހު ބޮޑުވަޒީރެއްގެ ގޮތުގައި އައްޔަނުވެ، ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމެވެ.

އެކަމަށްޓަކައި ޔާމީން އާއެކު މަސައްކަތް ކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާއެކު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އެމްޑީޕީ އާއި ޕީޕީއެމްއާއެކުގައި ތިބެގެން ވޯޓަށް ދެވޭނެ ކަމަށް،" 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ގޮތަކަށް ފުރޮޅު ނަމަވެސް، ނިޒާމު ބަދަލުކުރުމުގެ ހުވަފެން ނަޝީދު ދޫކޮށްލައްވާނެ ކަމަށް ނުބެލެވެ އެވެ. އެކަން ހާސިލުކުރެއްވުމަށް ޓަކައި ޔާމީންގެ އެހީ ހޯއްދަވަން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ބޮޑެވެ. އެ ދެ ރައީސުން ސިއްރިއްޔާތުގައި މިފަހުން ބައްދަލުކުރެއްވި ވާހަކަ އެއް ވެސް ތުންތުންމަތިން އަޑުއިވުނެވެ.

ސިޔާސީ މަސްރަހުގެ އޮއިވަރު އެނބުރެމުންދާ ނޫނީ އެނބުރިދާނެ ގޮތްތަކަށް ބަލާނަމަ، އަބްދުއްރަހީމް މިއަދު ދެއްވި މެސެޖު ރައްދުވަނީ ކޮން ބޭފުޅަކަށް ކަަމާމެދު އޮތް ސުވާލުގެ ޖަވާބު ވެސް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

Newsletter

Get the latest news delivered straight to your inbox