ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމުގެ ނިންމުން ބާތިލްކުރި ހުކުމް ހައި ކޯޓަށް

މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުން: ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކުރި ހުކުމް ހައި ކޯޓަށް ލައިފި - ގްރެފިކްސް: އަބްދުﷲ ޝަފީއު / އަދަދު

މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުން: ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކުރި ހުކުމް ހައި ކޯޓަށް ލައިފި - ގްރެފިކްސް: އަބްދުﷲ ޝަފީއު / އަދަދު

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް މަގާމުތަކުގައި ތިބި ފަސް މީހަކު ވަކިކުރަން ނިންމި ނިންމުން ބާތިލްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.

ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންނަކީ، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

މި އޮފިސަރުން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށް ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށެވެ.

"އަހުމަދު މުހައްމަދު އާއި އިތުރު ހަތަރު ފަރާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދައުވާކުރި ސިވިލް ކޯޓުގެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ވަނީ ނިންމައިފަ،" އެޓާނީ ޖެނެރަލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ލިޔެފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމް؛

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި ހުކުމުގައިވަނީ އިސް އޮފިސަރަކު މަގާމުން ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައަކާއި، މައްސަލައިގެ ބާވަތާއި، އެ ކަން ސާބިތުވާ ވަރަށް ހެކި އޮވެގެން ކަން ގާނޫނުގައި ބުނެފައިވާ ކަމަށާއި ޕޮލިސް ބޯޑުގެ އެފަދަ ނިންމުމެއް ފެންނާކަށް ނެތް ކަމަށެވެ.

ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެެހެންކަމުން ޕޮލިސް ބޯޑުގެ ލަފައެއް ތަންފީޒުކުރަން ކަމަށް ބުނެ އެ އޮފިސަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ފަސް އޮފިސަރަކު ކޯޓަށް މައްސަލަ ހުށަހެޅިއިރު އަދި އިތުރު ދެ އޮފިސަރަކު ވަކިކުރަން ބޯޑުން ނިންމާފައިވެ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދެވެ. އެކަމަކު އެ އޮފިސަރުން ވަކިކުރަން ނިންމީ، އަނެއް އޮފިސަރުންނާ މެދު ގޮތް ނިންމި އިޖުރާއަތާއި އުސޫލުގެ ދަށުންނެވެ.

އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތު؛

ފުލުހުންގެ ހިދުމަތުން ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުންގެ މައްޗަށް ކުރާ ތުހުމަތު މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ތުހުމަތުތައް "އަދަދު" އަށް ވަނީ ކަށަވަރުކޮށް އެނގިފަ އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.

ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް މަގާމުން ވަކިކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާތީ އެވެ.

އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީގެ މައްޗަށް ކުރަނީ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހްމަތެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމެވެ. މި ކަން އޭނާ ކޮށްފައި ވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމީދު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނެވެ. މި މައްސަލައިގައި ފަރުހާދާމެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޭރު އަންގާފައި އޮތަސް، ހަމައެކަނި ނިންމާފައި އޮތީ އޭނާ އަށް ނަސޭހަތް ދިނުމަށެވެ. ނަމަވެސް، އަލަށް އެކުލަވާލި ޕޮލިސް ބޯޑުން މި މައްސަލަ ނިއުޅައި އޭނާ ވަކިކުރަން ޖެހޭ ކަމަށް ނިންމިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު މަގާމުން ވަކިކުރަން ނިންމީ، ސިޔާސީ ފަރާތެއް ބުނެގެން ކުށްވެރިޔަކު ދޫކޮށްލި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ. އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox