ބުރިޖުގެ މަސައްކަތް ހުއްޓިފައިވާ ކަަމަށް ބުނެ ދެކެވޭ ވާހަކަ ޕްލޭނިން މިނިސްޓްރީން ދޮގުކޮށްފި

ތިލަ-މާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރަމުންދާ އުޅަނދެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ތިލަ-މާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރަމުންދާ އުޅަނދެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިންޑިއާގެ އެފްކޮންސް ކުންފުނިން މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޕްލޭނިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން މިގޮތަށް ރިޕޯޓު ކުރުމާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖިން ޑިޕާޓްމަންޓު ޔުނިޓުގެ މުހައްމަދު ޖިނާހު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި މިއަދުވެސް ބައެއް ސައިޓުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ، މާލޭގައި ބުރިޖުގެ މަސައްކަތް ކުރާ ސައިޓު ހުސްކޮށް އޮތް މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން ސުވާލުކުރުމުން ޖިނާހު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ބުރިޖުގެ މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުންވި މުވައްޒަފުން ލައްވާ މިވަގުތު އެފްކޮންސް އިން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ސައިޓުތަކުގެ އެކި މަސައްކަތްތައް މިދުވަސްކޮޅު މަސައްކަތް ނުކުރި ނަމަވެސް ވީހާވެސް އަވަހަކަށް އެ މުވައްޒަފުންވެސް އެނބުރި މަސައްކަތަށް ނިކުންނާނެ ކަމަށް ވިދާޅުވި އެވެ.

ޖިނާހު އިތުރަށް ވިދާޅުވީ މާލެ ސައިޓުގައި ވެސް މިއަދު ބައެއް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް އެއްކޮށްހެން އެނދި އިރު އެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅެމުންދިޔަ އެކަކު ގެއްލިގެން ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އޭގެތެރެއިން 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، މިހާރު ފަރުވާދެމުން އަންނަނީ ހަތަރު މީހަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox