އަލިފާނުގެ ހާދިސާއާ ގުޅިގެން ބްރިޖް މަސައްކަތުގެ ޝެޑިއުލަށް އަސަރެއް ކުރޭތޯ ބަލަނީ

ބްރިޖް މަޝްރޫއަށް އިންޑަސްޓްރިއަލް ޒޯނުގައި މަސައްކަތެއް ކުރަނީ؛ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަސައްކަތަށް އަސަރެއްކުރޭތޯ ބަލަމުން ދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބްރިޖް މަޝްރޫއަށް އިންޑަސްޓްރިއަލް ޒޯނުގައި މަސައްކަތެއް ކުރަނީ؛ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަސައްކަތަށް އަސަރެއްކުރޭތޯ ބަލަމުން ދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބްރިޖް މަސައްކަތުގެ ޝެޑިއުލަށް އެއްވެސް އަސަރެއް ކުރާނެތޯ ބަލަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަނދައި ހުލިވީ 465 މީހުން އުޅެމުން ދިޔަ އެކަމޮޑޭޝަން ބްލޮކެއްގަ އެވެ. އޭގެ ތެރެއިން 73 މީހަކަށް އަނިޔާވި އެވެ. 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަ ދެ އެވެ.

އެ ހާދިސާއާ ގުޅިގެން ބްރިޖްގެ މަޝްރޫއަށް ކަނޑައަޅާފައިވާ ޝެޑިއުލަށް އެއްވެސް އަސަރެއްކުރާނެތޯ ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖިންގް ޑިޕާޓްމަންޓް ޔުނިޓުގެ މުހައްމަދު ޖިނާހު "އަދަދު" ނޫހަށް ވިދާޅުވީ އެ ކަމާ ގުޅިގެން މިނިސްޓްރީން އެސެސްމެންޓެއް ހަދަމުންދާ ކަމަށެވެ.

"މި ވަގުތަށް ބުނަން ވަރަށް އުނދަގޫ، އެއްވެސް އަސަރެއް ކުރާނެތޯ ނުވަތަ ނުކުރާނެތޯ ވެސް، މިނިސްޓްރީން އެ ކަން ބަލަމުން ދަނީ، ބެލުމަށް ފަހު އެ އެސެސްމެންޓްގެ ނަތީޖާއިން، ނިންމަން އެނގޭނީ ކުރާނެ އަސަރެއް ވެސް،" ޖިނާހް ވިދާޅުވި އެވެ.

ޖިނާހް އިތުރަށް ވިދާޅުވީ ހުޅުމާލެއާއި ގުޅީފަޅުގައި ހުރި އެފްކޮންސްގެ އިތުރު އެކަމޮޑޭޝަން ބްލޮކްތަކާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖެއްސި އެކަމޮޑޭޝަންއާ އެކު، ހާދިސާ ހިނގި ބްލޮކްގައި ތިބި މުވައްޒަފުންނަށް މިހާރު ހިޔާވަހިކަމެއް ހަމަޖެއްސިފައިވާ ކަމަށެވެ.

އެފްކޮންސްއިން އިން އިއްޔެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ހުރިހާ މަސައްކަތްތެރިން ސަލާމަތްކުރެވުނު،" ކަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން މާލެއިން ތިލަފުއްޓާ ހަމައަށް އަޅާ ބްރިޖާއި ގުޅީފަޅުގައި ގާއިމްކުރާ ވިޔަފާރި ޕޯޓްގެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނީ 2024 ވަނަ އަހަރަށެވެ. އެހެންވިޔަސް، އަންނަ އަހަރުގެ ނިޔަލަށް ގުޅީފަޅާ ހަމައަށް ބްރިޖް އެޅޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox