ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ މަރުވެއްޖެ

May 7, 2026, 12:28 PM
ފ. ފީއަލީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުން

ފ. ފީއަލީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުން

ފ. ފީއަލީ ތެޔޮ ޖެޓީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި އެ ރަށު ބަނދަރުގައި އަޅާފައި އޮތް އިތުރު ހަތަރު އުޅަނދެއްގެ އިތުރުން ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓްވެސް އެއްކޮށް އެނދި ހާދިސާގައި ފިހުނު ބިދޭސީ މިހާ މަރުވެއްޖެ އެވެ. 

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އެ މީހާ މަރުވީ މެއި ހަތަރެއްގައި ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެ މީހާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

އެއީ ބަންގަލަދޭޝްގެ ރައްޔިިތެކެވެ. އެ ހާދިސާގައި ދިވެެއްސަކަށް ވެސް އަނިޔާ ލިބުނެވެ. އޭގެ ތެރެއިން ބަންގްލަދޭޝް މީހާ ހަމަ އެ ދުވަހު ސީ އެެމްބިއުލާންސްގައި މާލެ ގެނަ އެވެ. 

އެޕްރީލް ނުވައެއެއްގައި ހިނގި ހާދިސާއާ ގުޅިގެން އެ ދުވަހު ފީއަލީ ކައުންސިލް މެންބަރު އަހްޒަމް އަބްދުﷲ އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓާއެކު ފާނަމަސްވެރިކަންކުރާ ބޮޑު ދެ ދޯންނާއި ކުޑަ ދޯންޏެއް ވެސް އަނދައި ހުލިވިއިރު، އއައިސްޕްލާންޓްވެސް އަނދައި ހުލުވީ އެތަނުގައި ހުރި ސާމާނާކާ އެކު ކަމަށެވެ. 

"އައިސް ޕްލާންޓް ނެތް ބޭނުންކުރެވެން. އައިސްޕްލާންޓް ދެން ޖެހޭނީ އާ ޕްލާންޓެއް ބަހައްޓަން. ހުރިހާ އެއްޗެއް އަނދައި ހުލިވެފައި. ރަށުގައި މަސްވެރިކަން ކުރާ ދެ އޮޑި ހަމަ އެއްކޮށް އަނދާ ހުލުވީ ގާތްގަނޑަކަށް. ބޭނުން ނުކުރެވޭ ވަރަށް،" އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންނެލި އޮޑިއަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox