އިލެކްޝަންސް ކޮމިޝަން ގޮވައިގެން ޑީއާރްޕީ ކޯޓަށް، ޖޭޑީޕީ އުފެއްދުމުގެ ވިސްނުމެއް އެބަ އޮތް

Dec 16, 2022, 5:26 AM
ޑީއާރްޕީގެ ލީޑަރު ޖާބިރު: ވިދާޅުވީ ޖޭޑީޕީ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޑީއާރްޕީގެ ލީޑަރު ޖާބިރު: ވިދާޅުވީ ޖޭޑީޕީ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މެމްބަރުން ހަމަނުވެގެން ދިވެހި ރައްޔިތުންގެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ކޯޓަށް ދިޔުމަށް ނިންމާފައިވާ ކަމަށާއި ޖޭޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ޕާޓީން އިއްޔެ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުފ ޖާބިރު ލީޑަރަކަށް ހުންނަވާ ޑީއާރްޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމިޝަނުން ދިން މުއްދަތުގައި މެމްބަރުން ހަމަނުވީ ކޮވިޑް އަދި ކުރިން ޕާޓީ ހިންގި ފަރާތްތަކުން ކޮށްފައިވާ ކަންކަން އިސްލާހު ކުރަން ހަދައިގެން ކަމަށެވެ.

"ޑީއާރްޕީގެ ލީޑާޝިޕުން ޕާޓީއާ ހަވާލުވުމާއެކު އެއިރު ޕާޓީ ހިންގުމުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހިންގަވާފައިވާ އެކިއެކި ކަންކަމާއި ގުޅިގެން އެކި ތަންތަނަށް ދައްކަންޖެހިފައިވާ ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށާއި ޕާޓީގެ އިދާރީ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ފެށިތަނާހެން ކޮވިޑްގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހި ގިނަ ދުވަސްތަކެއް ވަންދެން އެ ހާލަތުން އަރައިނުވަގެނ ތިބެންޖެހުން،" އެ ބަޔާނުގައިވެ އެވެ.

ކޯޓަށް ގޮސްގެން ޑީއާރްޕީ އުވާލުން ކެންސަލް ނުކުރެވިއްޖެ ނަމަ ޖޭޑީޕީގެ ނަމުގައި ޕާޓީއެއް އުފައްދާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ ޕާޓީގެ ހާލަތު ރަނގަޅަށް ކޮމިޝަނަށް އަންގަމުން ގޮސްފައި އޮއްވައި، ޕާޓީ އުވާލަން ނިންމުމަކީ ދިވެހިރާއްޖޭގެ "ޑިމޮކްރަސީ ފުނޑާލުމަށް އިލެކްޝަންސް އިން ފެށި މަސައްކަތެއް" ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ޖާބިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވައިރު ޕާޓީ އުވާލުން ބަލައިނުގަނެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޑީއާރްޕީ އުވާލާތީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އިލެކްޝަންސް އިން އަންގާފައިވާތީ އެ ޕާޓީން ބުނެފައި ވަނީ ދަރަނީގެ ކަންކަމުގައި ގުޅާ ފަރާތްތަކުން އިލެކްޝަންސްއާ ގުޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox