ވޯލްޑް ކަޕުން ދިން ފުރުސަތާ އެކު އަންހެން ރެފްރީންނަށް ކުރިމަގު އުޖާލާވާނެ ކަމުގެ އުންމީދު

Dec 16, 2022, 4:46 AM
މި ފަހަރުގެ ވޯލްޑް ކަޕަށް ނެގި އަންހެން ރެފްރީ ޖަޕާންގެ ޔޮޝީމީ ޔަމަޝީޓާ

މި ފަހަރުގެ ވޯލްޑް ކަޕަށް ނެގި އަންހެން ރެފްރީ ޖަޕާންގެ ޔޮޝީމީ ޔަމަޝީޓާ

ދޯހާ، ގަތަރު (ޑިސެމްބަރު 16) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އަންހެން ތިން ރެފްރީ އަކާއި އެސިސްޓަންޓުންނަށް ފުރަތަމަ ފަަހަރަށް ފުރުސަތު ދިންއިރު، މި ފަހަރު މި ދިން ފުރުސަތާ އެކު މުސްތަގުބަލުގައި މި ފަދަ ކަންކަން ގިނަ ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޖަޕާނުގެ އަންހެން ރެފްރީ، ޔޮޝީމީ ޔަމަޝީޓާ ބުނެފި އެވެ.

ވޯލްޑް ކަޕަކުން ފެނުނު ފުރަތަމަ އަންހެން ތިން ރެފްރީންނަކީ ޔޮޝީމީގެ އިތުރުން ފްރާންސްގެ ސްޓެފަނީ ފްރަޕާޓާއި ރުވާންޑާގެ ސަލީމާ މުކަންސަންގާ އެވެ. އަންހެން ތިން އެސިސްޓަންޓް ރެފްރީންނަކީ ބްރެޒިލްގެ ނެއުޒާ ބެކް، މެކްސިކޯގެ ކަރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތަރިން ނެސްބިޓް އެެވެ. އަންހެން ރެފްރީން ހަތަރު ވަނަ އޮފިޝަލެއްގެ ގޮތުގަޔާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގަޔާއި ސީދާ މެޗު ރެފްރީގެ ގޮތުގައި ވެސް މި ފަހަރު ވަނީ ފެނިފަ އެވެ.

އެ ގޮތުން، ފްރަޕާޓް ވަނީ ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރިކާ އާއި ޖަރުމަނު ކުޅުނު މެޗުގައި ރެފްރީކަން ކޮށް ފިރިހެނުންގެ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ޔޮޝީމީ: އޭނާ ވަނީ ވޯލްޑް ކަޕްގެ ހަ މެޗެއްގައި ބަދަލު ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފައި.

ޖަޕާނުގެ ރެފްރީ، ޔޮޝީމީ އަަށް މެޗު ރެފްރީއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ގްރޫޕް ސްޓޭޖުގެ ހަ މެޗެއްގައި އޭނާ ވަނީ ހަތަރު ވަނަ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

"(އަންހެން ރެފްރީންނަށް) މުސްތަގުބަލު އުޖާލާވާނެ ކަމުގެ ގިނަ މަންޒަރުތަކެއް މި ވޯލްޑް ކަޕުން ފެނިގެންދިޔަ، އަހަރެން ބޭނުންވަނީ މި ހުޅުވުނު ދޮރުން، ފިރިހެނުންގެ ގިނަ މުބާރާތްތަކުން އަންހެން ރެފްރީން ފެނުން،" އޭޝިއާ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރި ޔޮޝީމީ ބުންޏެވެ.

ޖަޕާނުގެ އަންހެން ފުޓްބޯޅައިގެ ގިނަ މުބާރާތްތަކާއި އޭޝިއާގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ޔޮޝީމީ ވަނީ 2019 ވަނަ އަހަރު ބޭއްވި އަންހެން ވޯލްޑް ކަޕާއި މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ރެފްރީކަން ކޮށްފަ އެވެ. ޔޮޝީމީ ވަނީ މި އަހަރު، އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ވެސް ރެފްރީކަން ކޮށް، އެ މުބާރާތުގެ ތާރީހުގައި މެޗެއްގެ ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ދުނިޔެ އަށް އަންހެން ރެފްރީންގެ ކިބައިގައި ގާބިލުކަން އެބަހުރިކަން ސާފުވެގެންދިޔަ ކަމަށާއި އެއީ އިތުބާރު ހޯދައިގެން ދެން ތިބި އަންހެން ރެފްރީން ވެސް ކުރިއަށްދިއުމަށް އަޒުމު ކަނޑައަޅަން ޖެހޭ ސަބަބެއް ކަމަށް ޔޮޝީމީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox