ރޮނާލްޑޯ މިހާރު ތަމްރީން ހަދަމުން އަންނަނީ ރެއާލްގައި

Dec 15, 2022, 8:05 AM
ރޮނާލްޑޯ މިހާރު ތަމްރީން ހަދަމުން އަންނަނީ ރެއާލްގައި

މެޑްރިޑް، (ޑިސެމްބަރު 15) - މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ދިޔަ މަހު އުވާލުމަށް ފަހު ކުލަބެއް ނެތިފައި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގެ ޓްރެއިނިން ސެންޓަރުގައި ތަމްރީންތައް ހަދަން ފަށައިފި އެވެ.

ޕޯޗުގަލްއާ އެކު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވުމަށް ފަހު ރޮނާލްޑޯ މި ވަގުތު ހުރީ ސްޕެއިންގަ އެވެ. ރޮނާލްޑޯ ކުޅުނު ކްލަބްތަކުގެ ތެރެއިން އޭނާ ދިރިއުޅުމަށް ގަނެފައިވާ އެންމެ އަގުބޮޑު ލަގްޒަރީ ވިލާ ހުންނަނީ މެޑްރިޑްގަ އެވެ.

ރޮނާލްޑޯ، 37، އޭނާ އެންމެ ފަހުން ކުޅުނު ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލީ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގެ ކުރިންނެވެ. ރޮނާލްޑޯގެ ކޮންޓްރެކްޓް އުވާލަން ޔުނައިޓެޑުން ނިންމީ، މަޝްހޫރު ޓީވީ ހޯސްޓް، ޕިއާސް މޯގަން އަށް ދިން އިންޓަވިއުގައި ރޮނާލްޑޯ، ޔުނައިޓެޑްގެ ގިނަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާތީ އެވެ.

ޔުނައިޓެޑުގެ ކޮންޓްރެކްޓް އުވާލުމުން އޭނާ ހޯދުމަށް މަސައްކަތްކުރި ކުލަބަކީ ސައުދީގެ އަލް ނަސްރް އިންނެވެ. މުސާރައިގެ ގޮތުން ބަލާއިރު، ރެކޯޑު ކޮންޓްރެކްޓެއް ސައުދީގެ ކުލަބުން ލިބުނު ނަމަވެސް އަދި ރޮނާލްޑޯ ހުރީ ކުރިމަގާ މެދު ގޮތެއް ނިންމުން މަޑުޖައްސާލައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފްތާގައި ރޮނާލްޑޯ ދެން ކުޅޭނެ ކުލަބު އިއުލާންކުރާނެ އެވެ.

ރޮނާލްޑޯ މިވަގުތު ތަމްރީން ހަދަމުން އަންނަނީ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި ރެއާލް މެޑްރިޑުގެ ވަލެޑެބާސް ބޭސް ތަމްރީން ފެސިލީޓީގަ އެވެ. އެހެންނަމަވެސް އަނބުރާ ރެއާލާ ރޮނާލްޑޯ ގުޅުމުގެ ފުރުސަތު ހަނިކަމަށް ބެލެވެ އެވެ. ރޮނާލްޑޯ މީގެ ކުރިން ވެސް ރެއާލްގެ ޓްރެއިނިން ފެސިލިޓީތައް ބޭނުންކޮށްފައިވެ އެވެ.

އިނގިރޭސި ކުލަބު ޔުނައިޓެޑުން 2009 ވަނަ ރޮނާލްޑޯ ރެއާލަށް ބަދަލުވީ އޭރުގެ ރެކޯޑު ފީއަކަށެވެ. އޭގެ ފަހުން ރެއާލްގައި ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދުމަށް ފަހު އެ ކުލަބު ދޫކޮށް ރޮނާލްޑޯ ދިޔައީ އިޓަލީގެ ޔުވެންޓަސް 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް ދޫކޮށް މިދިޔަ އަހަރު އަލުން ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރޮނާލްޑޯގެ ކުޅުން ދަށްވެ، ކުލަބުން ބޭރުވާން ޖެހުނީ މިހާރުގެ ކޯޗު އެރިކް ޓެން ހާގާ މައްސަލަތައް ޖެހުނު ހިސާބުންނެވެ.

ޓެން ހާގުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ނުލިބި ބެންޗުގައި އިންނަން ޖެހުމުން ހިތްހަމަނުޖެހުން ފާޅުކޮށް ރޮނާލްޑޯ ވަނީ އެ ކުލަބުން އޭނާ އަށް އިހުތިރާމް ނުކުރާ ކަމަށް ބުނެފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން ރޮނާލްޑޯ ވިއްކާލުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ޔޫރަޕްގެ ބައެއް ކުލަބުތަކުން ރޮނާލްޑޯ ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރޮނާލްޑޯގެ މުސާރަ ބޮޑުވުމުގެ ސަބަބުން ކުލަބުތަކުން ޖެހުނީ އޭނާ އަށް ބިޑުނުކޮށް މަޑުކޮށްލާށެވެ.

އެހެން ނަމަވެސް، ސައުދީގެ އަލް ނަސްރް އިން ވޯލްޑް ކަޕްގެ ތެރޭގައި މިވަނީ ރޮނާލްޑޯ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ރޮނާލްޑޯގެ ސޮއި ހޯދަން ޗެލްސީން ވެސް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox