ފަތުރުވެރިކަން ރަނގަޅުވެ 10 މިލިއަން މީހުން ތައިލޭންޑަށް ދަތުރުކޮށްފި

ކޮވިޑް ބަލިމަޑުކަމަށް ފަހު ތައިލޭންޑްގެ ފަތުރުވެރިކަން މިހާރު ދަނީ ރަނގަޅުވަމުން. -- ފޮޓޯ: އޭއެފްޕީ

ކޮވިޑް ބަލިމަޑުކަމަށް ފަހު ތައިލޭންޑްގެ ފަތުރުވެރިކަން މިހާރު ދަނީ ރަނގަޅުވަމުން. -- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލޭންޑް (ޑިސެމްބަރު 10) - ކޮވިޑް ބަލިމަޑުކަމަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު ވާން ފަށައި މި އަހަރުގެ ތެރޭގައި 10 މިލިއަން މީހުން ތައިލޭންޑަށް ދަތުރުކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު 40 މިލިއަން މީހުން ތައިލޭންޑަށް ދަތުރުކުރި އެވެ. އޭގެ ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން ބޯޑަރު ބަންދުކޮށް ހަރުކަށި ފިޔަވަޅުތައް ތައިލޭންޑުގައި ވެސް އެޅި އެވެ.

ގިނަ ގައުމުތަކުން ފިޔަވަޅުތައް އުވާލައި ބޮޑެތި ލުއިތައް ދޭން ފެށުމުން، ތައިލޭންޑުން ވެސް ވަނީ އަލުން ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަށައިފަ އެވެ. އެ ގައުމުގެ އުއްމީދަކީ މި އަހަރު ފަތުރުވެރިކަމުން 16 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމެވެ.

Advertisement

ހޮނިހިރު ދުވަހު 10 މިލިއަން ވަނަ ފަތުރުވެރިޔާ ތައިލޭންޑަށް ދިޔުމާ އެކު މަރުހަބާ ކިޔުމުގެ ގޮތުން ބެންކޮކްގެ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަގާފީ ނެށުންތެރިންނާއި ބެރު ޖެހުންތެރިންގެ ހުށަހެޅުންތައް ބޭއްވި އެވެ.

"ތައިލޭންޑަކީ އަދިވެސް ދުނިޔޭގެ އެންމެ މަގްބޫލް އެއް ފަތުރުވެރި މަންޒިލްގެ ގޮތުގައި އޮތްކަން ދުނިޔެއަށް ހާމަކުރަން އަޅުގަނޑުމެން ބޭނުން،" އެއާޕޯޓުގައި އޮތް ހަފުލާގައި ބޮޑު ވަޒީރު ޕްރަޔޫތް ޗަން އޮޗާ ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި އަންނަ އަހަރު 23 މިލިއަން ފަތުރުވެރިން ތައިލޭންޑަށް ދާނެ އެވެ. ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތަށް އަނބުރާ ދާނެ ކަމަށް ބެލެވެނީ 2024 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox