އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް

Dec 3, 2022, 5:16 PM
ލަނޑު ޖެހުމަށް ފަހު ޑަމްފްރީސް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޑަމްފްރީސް އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 3) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ އެމެރިކާ އަތުން 3-1 އިން މޮޅުވެ، ނެދަލެންޑްސް އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ނެދަލެންޑްސް އިން ކުއާޓާ ފައިނަލުގައި ކުޅޭނީ މިރޭ އޮސްޓްރޭލިއާ އާއި އާޖެންޓީނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިރޭގެ މެޗު ފަށައިގެން އެމެރިކާ އަށް ލީޑުނަގައިދޭން ކްރިސްޓިއަން ޕުލިސިޗް އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު އަންދްރެއަސް ނޮޕާޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 10 ވަނަ މިނިޓްގައި މެމްފިސް ޑިޕާއި ވަނީ ނެދަލެންޑްސް އަށް ލީޑުނަގައިދީފަ އެވެ. މިއީ ކައުންޓަ އެޓޭކުގައި ޑަމްފްރީސް ދިން ބޯޅައަކުން ޑިޕާއި ޖެހި ގޯލެކެވެ. އެމެރިކާ އަށް އެއްވަރުކޮށްދޭން ޓިމޮތީ ވެއާ ޖެހި ބޯޅަ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނެދަލެންޑްސް އިން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ ޑަމްފްރީސް ނެގި ހުރަހަކަށް ހުސްކޮށް އަރައި، ޑޭލީ ބްލިންޑް އެވެ. ބްލިންޑް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ބަދަލުތަކެއް ގެނެސްގެން އެމެރިކާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް މެޗުގެ 76 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މި ލަނޑު ޖެހީ ޕުލިސިކް ނެގި ހުރަހަކުން ހާޖީ ރައިޓް އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ރައިޓަށް ލިބުނު ފުރުސަތުގައި އޭނާ އަށް ބޯޅަ ލިބުމުގެ ކުރިން ކީޕަރު ނޮޕާޓް ވަނީ އެޓޭކް ހުއްޓުވައިފަ އެވެ. އޭގެ ކުރިން ޑިޕާއި ފަހަތަށް ދިން ބޯޅައެއް ހޯދައި، ރައިޓް ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޑަމްފްރީސް އެވެ.

ނެދަލެންޑްސް އަށް އޮތް ޕްރެޝަރު ކަނޑުވާލައި، ތިން ވަނަ ލަނޑު ޖަހައިިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ޑަމްފްރީސް އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ބްލިންޑް ނެގި ހުރަހަކަށް އަަރައި، ޑަމްފްރީސް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މި މޮޅާ އެކު ނެދަލެންޑްސް ވަނީ ފުރަތަމަ ފަހަރަށް، އެ ޓީމު ވާދަކުރި ތިން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެއީ 2010 ވަނަަ އަހަރާއި 2014 ވަނަ އަހަރުގެ އިތުރުން މި ފަހަރު އެވެ. ނެދަލެންޑްސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ.

އަނެއްކޮޅުން، ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް މި ވަނީ ރެކޯޑަކާ ހަމަކޮށްފަ އެވެ. އެ ގޮތުން (ޕެނަލްޓީ ނުހިމެނޭ ގޮތަށް) ވެން ހާލް ނެދަލެންޑްސް އަށް ވޯލްޑް ކަޕްގައި ކޯޗުކޮށްދިން 11 މެޗުން ވެސް އެ ޓީމު ބަލިވެފައިނުވެ އެވެ. ކުރިން މި ރެކޯޑް އޮތީ ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ދެ ކޯޗުން ކަމަށްވާ ލުއިޒް ފިލިޕޭ ސްކޮލާރީ އާއި މާރިއޯ ޒަގާލޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox