ސެންޓްރަލް އޭޝިއާގެ ވަރުގަަދަ ފައިނަލްގައި ރެފްރީ އަކަށް ތުއްތުކޯ

Nov 30, 2022, 7:54 AM
ސެންޓްރަލް އޭޝިއާގެ ވަރުގަަދަ ފައިނަލްގައި ރެފްރީ އަކަށް ތުއްތުކޯ

ޕާކިސްތާންގެ ލާހޯރުގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ތަޖުރިބާކާރު ރެފްރީ، އަހުމަދު ނަޝީދު (ތުއްތުކޯ) އަށް ލިބިއްޖެ އެވެ.

ސެންޓްރަލް އޭޝިއާގެ ޗެމްޕިއަންކަން އިރާން ބަލިކޮށް ޕާކިސްތާނުން އިއްޔެ 3-1 އިން ހޯދި މެޗުގައި ފުރަތަމަ ރެފްރީކަން ކުރި ތުއްތުކޯ އަކީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކޮށްފައިވާ ތަޖުރިބާކާރު ރެފްރީ އެކެވެ.

އޭޝިއާ ވޮލީބޯޅައިގެ ވަރުގަދަ ބާރެއް ކަމަށްވާ އިރާން އާއި ދެކުނު އޭޝިއާގެ ޗެމްޕިއަންގެ ގޮތުގައި ތަފާތު ދައްކަމުން އަންނަ ޕާކިސްތާންގެ ވަރުގަދަ ފައިނަލްގައި ތުއްތުކޯ އަށް ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުމަކީ ރާއްޖެ އަށް ލިބުނު "ގޯލްޑް މެޑަލް" އެއްގެ ގޮތުގައި ރާއްޖޭގެ ވޮލީބޯޅައިގެ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވީއޭއެމްގެ ރެފްރީސް ކޮމިޝަން ޗެއާމަން ތުއްތުކޯ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕާކިސްތާންގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން މުބާރާތުގައި ޕާކިސްތާނާއި އިރާންގެ އިތުރުން ދެން ވާދަކުރީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާން އެވެ. މި މުބާރާތުގެ އެހެން މެޗުތަކުގައި ވެސް ތުއްތުކޯ ވަނީ ރެފްރީކަން ކޮށްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޮލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަންގެ ޗެއާމަންކަން އެންމެ ފަހުން ދެ ދައުރުގައި ވެސް ފުރި ތުއްތުކޯ އަކީ ސަރަހައްދީ ލެވަލްގައި ނަން ހިނގާ ކުޅަދާނަ ރެފްރީ އެކެވެ.

ރާއްޖޭގެ ވޮލީބޯޅަ މުބާރާތްތަކުގެ އިސް ރެފްރީއެއްގެ ޒިންމާ އަދާކުރާ ތުއްތުކޯ ވަނީ މީގެ ކުރިން އޭޝިއާގެ އެކި ލެވަލްތަކުގެ މުބާރާތްތަކުގައި އިންސާފުކޮށްފަ އެވެ. އޭގެ ތެރޭގައި އޭޝިއާގެ ގަދަ ބާރުތައް ކުޅެފައިވާ މެޗުތައް ވެސް ހިމެނެ އެވެ.

ވިއްސަށް ވުރެ ގިނަ އަހަރު ވޮލީބޯޅައިގެ އެކި މަސައްކަތްތަކުގައި އުޅެމުން އަންނަ ތުއްތުކޯ އަންނަނީ ދިވެހި ވޮލީބޯޅަ ރެފްރީން ކުރިއަރުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox