ކުރާ ސުވާލުގެ ބޭރުން އަދީބާއި ޒިޔަތު ޖަވާބު ދިނުން؛ ޔާމީންގެ ވަކީލުން ފާޑުކިޔައިފި

އަހުމަދު އަދީބު އަދި އަބްދުﷲ ޒިޔަތު: ދެ ބޭފުޅުންގެ ހެކިބަހަށް ރައީސް ޔާމީންގެ ވަކީލުން ފާޑުވިދާޅުވި - ފޮޓޯ: ސަން

އަހުމަދު އަދީބު އަދި އަބްދުﷲ ޒިޔަތު: ދެ ބޭފުޅުންގެ ހެކިބަހަށް ރައީސް ޔާމީންގެ ވަކީލުން ފާޑުވިދާޅުވި - ފޮޓޯ: ސަން

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްވި ހެކިބަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން ފާޑުވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

އެ ހިޔާނާތް ހިންގިއިރު އަދީބަކީ ޓުއަރިޒަމް މިނިސްޓަރެވެ. އަދި ޒިޔަތު ހުންނެވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ހިޔާނާތުގައި ބައިވެރިވިކަމާއި އިސްކޮށް އުޅުއްވި ކަމަށް އެ ދެ ބޭފުޅުން އިއުތިރާފުވެފައިވެ އެވެ. އަދި އެ މައްސަލާގައި މިހާރު ގެންދަވަނީ ޖަލު ހުކުމް ތަންފީޒުކުރައްވަމުންނެވެ.

Advertisement

އާރަށު މައްސަލައިގެ ޝަރީއަތުގައި މީގެ ކުރިން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ވެސް ޔާމީންގެ ފަރާތުން ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފަ އެވެ. ޔާމީންގެ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި ހިޔާާނާތްތެރިން ކަމަށް އެއްބަސްވެފައިވާތީ އެއީ "ފާސިގުން" އެވެ. އަދި ޔާމީންގެ ވެރިކަމުގައި ހިޔާނާތުގެ މައްސަލާގައި ދެ ބޭފުޅުންނަށް ފިޔަވަޅު އެޅީތީ ޒާތީވެދާނެ ކަމަށް ބެލެވޭތީ އެވެ.

ނަމަވެސް ހެކިބަހުގެ އަދުލުވެރިކަމާއި މިނިވަންކަމާ މެދު ޝަރީއަތުގެ ފަހު މަރުހަލާގައި ބަހުސް ކުރެވޭނެތީއާ ވެސް އެކު އަދީބާއި ޒިޔަތުގެ ހެކިބަސް ޝަރީއަތަށް ނެގި އެވެ. ހެކިންގެ ހެކިބަސް ނެގުމަށް ފަހު، ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މި މަރުހަލާގައި ޔާމީންގެ ވަކީލުން ވަނީ އަނެއްކާ ވެސް އަދީބާއި ޒިޔަތުގެ ހެކިބަހުގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދަވައި ވާހަކަ ދައްކަވައިފަ އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް އަދާ ކުރެއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުތަކާއި އެ ސުވާލުތަކަށް އަދީބާއި ޒިޔަތު ދެއްވި ޖަވާބުތައް ޔާމީންގެ ވަކީލުން ވިދާޅުވެދެއްވި އެވެ. ބޭނުމަކަށްވީ، ދެ ބޭފުޅުންނަށް ކުރެވުނު ސުވާލުތަކުގެ ބޭރުން ވެސް ޔާމީނަށް ތުހުމަތުކޮށް ވާހަކަ ދެއްކެވިކަން އަންގައިދިނުމެވެ.

2015 ގެ ފަހުން އަދާކުރެއްވި ވަޒީފާއާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އިސް ވަކީލު އަދި އޭރު ނައިބު ރައީސް ކަމުން ވަކިކުރި ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އަމާޒުކޮށް އެކި ވާހަކަ ދެއްކެވި ކަން ޔާމީންގެ ވަކީލު މިއަދު ފާހަގަ ކުރެއްވި އެވެ.

ޔޫސުފް ނައީމް ދަންނަ ގޮތަކާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ސުވާލު ކުރެއްވުމުން، ޔޫސުފް ނައީމް ވަރަށް ގިނައިން މެސެޖް ކުރައްވާ ކަމާއި ޔާމީނާ ގުޅޭ ގޮތުން ކުރެއްވި މެސެޖްތަކާއި އަދީބުގެ ފޯނުގެ ފޮރެންސިކް ރިޕޯޓް ހެއްދެވިއިރު ހުންނާނެ ކަމަށް އަދީބު ވިދާޅުވިކަން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.

ޔޫސުފް ނައީމަށް ރަށެއް ކުއްޔަށް ދިންތޯ ސުވާލު ކުރެއްވުމުން، އޭގެ ޖަވާބުގައި ވެސް ދިން ރަށެއް ވިދާޅުވުމުގެ އިތުރަށް ރަށް ދޭން ފުރަތަމަ މުއާމަލާތް ކުރި އަގާއި އެ އަގު ތިރިކުރަން ޔާމީން އިރުޝާދު ދެއްވި ކަމަށް އަދީބު ވިދާޅުވިކަން ވެސް ފާހަގަ ކުރެއްވި އެވެ.

މިއިން ކޮންމެ ފަހަރަކު ވެސް ދައުލަތުން ކުރާ ސުވާލަށް އެކަނި ޖަވާބު ދެއްވުމަށް، މައްސަލައާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނަސޭހަތްތެރިވެފައިވާ ދަނޑިވަޅުތައް ވެސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.

އަދީބާއި ޒިޔަތަށް ކުރާ ސުވާލުތަކުގެ ބޭރުން ޔާމީނަށް ތުހުމަތުކޮށް އެކި ވާހަކަތައް ދެކުން ޔާމީންގެ ވަކީލުން ސިފަކުރެއްވީ، ހެކިބަސް އުފައްދަވަން މަސައްކަތް ކުރެއްވީ އެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރު ދެވޭނެ އިތުރު ހެއްކެއް ނެތް ކަމަށް ވެސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވި އެވެ.

ދައުލަތުން ޔާމީނާ ދެކޮޅަށް ހުށަހެޅި 83 ހެއްކަށް ވެސް ރައްދު ދިނުމަށް ޔާމީންގެ ވަކީލުން ގަސްތުކުރައްވަ އެވެ. ހެއްކާ ގުޅޭ ގޮތުން ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން އަދިވެސް ގިނަ ކަންކަން ފާހަގަކުރައްވަން އޮތް އިރު، އަޑުއެހުން ވަނީ މި ވަގުތަށް މެދުކަނޑާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox