ހަމަލާއާ ގުޅިގެން ޝިމާޒުގެ ވާހަކަ އާއި ނަހުލާގެ ރައްދު!

Nov 19, 2022, 1:03 AM
މިނިސްޓަރު ނަހުލާ އަދި ޑެޕިއުޓީ މިނިސްޓަރު ޝިމާޒު.

މިނިސްޓަރު ނަހުލާ އަދި ޑެޕިއުޓީ މިނިސްޓަރު ޝިމާޒު.

ގެއިން ނުކުމެ ސައިކަލަށް ތަޅުދަނޑި ޖަހައިލި ވަގުތު ފުރަތަމަ ހަމަލާ އެރީ ބޮލަށެވެ. ޖެހުނު ތަނެއްގައި ތަޅައިގަތެވެ. ދެ ޒުވާނުން ދުވެ ފިލި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ދުވީ ސަލާމަތްވުމަށެވެ.

"ބޮޑު އަނިޔާއެއް ނުލިބޭ. އެ ދެ މީހުން އެކުގައި އަހަރެންގެ ގައިގައި ތަޅައިގަތީ. އެންމެ ގިނައިން ތެޅީ ބޮލުގައި. ތަޅައިގަތުމާއެކު އަހަރެން ދުއްވައިގަތީ. އެ މީހުން ކައިރީގައި އޮތް ގޯޅިއަށް ވަދެގެން ގޮސް ފިލީ،" ރޭ ދިން ހަމަލާ ޝިމާޒު ސިފަކުރެއްވި ގޮތެވެ.

އޭނާ "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ހަމަލާ ދިނީ ރޭ 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ސައިކަލަށް އެރި ވަގުތު އެވެ. ހަމަލާ ދިނީ އޭނާގެ ސައިކަލާ ޖެހިގެން ހުރި ސައިކަލްގެ މަތީގައި ތިބި ދެ ޒުވާނެކެވެ. ނަމަވެސް އެއީ ކޮންބައެއްކަން ޝިމާޒު އަށް ނޭނގެ އެވެ.

އެ މައްސަލަ މިހާރު ވަނީ ޕޮލިހަށް ހުށަހަޅައި، ބަޔާން ވެސް ދީފަ އެވެ. އެއަށް ފަހު ޑޮކްޓަރަށް ދައްކައި ބޮލުގެ ސްކޭނެއް ވެސް ހެއްދި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ފުށުން ބަލާއިރު ބޮޑު އަނިޔާއެއް ނެތް. ބޮލުގައި ޖެހީމަ ކޮންމެ ވެސް ވަރަކަށް ދުޅަވެފައި ހުރި،" ޝިމާޒު ވިދާޅުވި އެވެ.

ޝިމާޒުގެ ތުހުމަތު

މީހެއްގެ ނަން ވިދާޅުނުވިޔަސް، ޝިމާޒު ތުހުމަތު ކުރައްވާ ގޮތުގައި އޭނާއަށް ދިން ހަމަލާތަކާއި މިނިސްޓްރީގެ މައްސަލަގަނޑާ ގުޅުމެއް އޮތުން އެކަށީގެންވެ އެވެ. އިޝާރާތް އެ ކުރެއްވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި މަގާމުން ވަކިކުރަން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަ ފެންމަތިވެފައި އޮއްވައި، ޝިމާޒު މަގާމުން ވަކިކޮށްދެއްވުމަށް ރައީސް އޮފީހުގައި މިނިސްޓަރު ނަހުލާ އެދިވަޑައިގެންފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުގައި ރިޕޯޓުކުރި އެވެ.

ނަމަވެސް ފޮނުއްވި ސިޓީގައި ޝިމާޒު ވަކިކުރައްވަން އެދިވަޑައިގެންފައި ނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

އޭރު ޝިމާޒު ވިދާޅުވެފައި ވަނީ "ދިމާވެގެން އުޅޭ އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނޭނގޭ،" ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުން އަންނަކަން ނޭނގޭ ކަމަށެވެ.

މައްސަލަ ކުރުކޮށް؛

ހަމަލާ ދިނީ ރޭ 9:30 ހާއިރު

ހަމަލާ ދިނީ ފާރަލައިގެން ތިބި ދެ މީހުން

ބޮޑު އަނިޔާއެއް ނުލިބޭ

ނަހުލާ ވިދާޅުވަނީ އޭނާއާ ގުޅުވައިގެން ދައްކަނީ އަބުރު ކަތިލުމުގެ ވާހަކަ ކަމަށް

ނަހުލާގެ ރައްދު

"ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،"

ރޭ މެންދަމު މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓުގައި ފުރަތަމަ ވެސް ވިދާޅުވެފައި ވަނީ މިހެންނެވެ.

އެއަށް ފަހު ވިދާޅުވެފައި ވަނީ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ނުފޫޒު ފޯރުވަން މަސައްކަތްކޮށް، "މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް،" ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށް ވެސް ހަމަ އެ ޓްވީޓުގައި ނަހުލާ ވިދާޅުވެފައިވެ އެވެ.

ޝިމާޒު މަގާމުން ވަކިކުރަން އެދި ސިޓީ ފޮނުވި ކަމަށް ފެތުރުނު ވާހަކައާ ގުޅިގެން ނަހުލާ އޭރު "އަދަދު" އަށް ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތު މުވައްޒަފަކަށް އަމާޒު ވެއްޖެ ނަމަ އެ ފަދަ މައްސަލައެއް ބަލަން މަޖުބޫރު ވާނެ ކަމަށެވެ.

ޝިމާޒަށް ދިން ހަމަލާ، އޭނާ ނިސްބަތްވާ އެމްއާރުއެމްއިން ކުށްވެރިކޮށް، މައްސަލަ އަވަހަށް ތަހުގީގުކުރަން ގޮވާލައިފައިވެ އެވެ. ނަހުލާ ނިސްބަތްވާ ޖޭޕީން ބުނެފައިވަނީ އެ ހަމަލާއާ ނަހުލާއާ ގުޅުވުމަކީ "އަބުރު ކަތިލުން" ކަމަށެވެ.

ޝިމާޒަށް ދިން ހަމަލާއާ ނަހުލާއާ ގުޅުމެއް ނެތް ކަމަށް ވެސް ޖޭޕީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox