ބަރޯގައި ފުރަތަަމަ ކޮތަޅު ގެންދެވުނީ ހަ މީހުންނަށް

ބަރޯގައި ފުރަތަަމަ ކޮތަޅު ގެންދެވުނީ ހަ މީހުންނަށް

ދިރިއުޅުމުގެ އެކިއެކި މަސައްކަތްތަކާއި މުހުތާދުތަކުގައި އެއްތަނުން އަނެއް ތަނަށް ތަކެތި ގެންދިޔުމަށް ތަފާތު މަސައްކަތް މާއިހުޒަމާނުން ފެށިގެން ކޮށްއުޅެ އެވެ. މި ގޮތުން ބަރު އެއްޗެއް ގުޑުވާލުމާއި ނެގުމަށް، މަތާ ނުވަތަ ކާފަރު މަތާޖަހާ އުޅެ އެވެ. ތަންތަނަށް ގެންދަންޖެހޭ ތަކެތީގެ ތެރެއިން އެކަކަށް ގެންދެވޭ އެއްޗެއްނަމަ އެމީހެއްގެ ކޮނޑުގައި ގެންދެ އެވެ. އެކަކަށް ނުގެންދެވޭ ކޮންމެ އެއްޗެއް ގިނަ ބަޔަކު ތަންޑިޔާ ލައިގެން އުފުލާ އުޅެއެވެ.

ތަކެތި އުފުލުމުގައި ދޭތެރެދޭތެރެއިން ކޮންމެވެސް ބާވަތެއްގެ ގާޑިޔާ ގަނޑެއް ހަދައިގެން އެކިއެކި މަސައްކަތުގައި ކޮންމެވެސް ބަޔަކު ބޭނުން ކުރަމުންއަ އެވެ. ނަމަވެސް ތަކެތި އުފުލާ އުޅުނު އުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނުވި އެކައްޗަކީ ބަރޯގާޑިޔަލެވެ. ކަނޑިތީމަށް ބަރޯގާޑިޔާ ތަޢާރަފްވީ 1985 ވަނަ އަހަރު، ރާއްޖޭގެ އަތޮޅު ތަކުގައި، އަތޮޅު މަދަރުސާތައް އިމާރާތް ކުރުމުގެ މަސައްކަތަށް، ޖަޕާނު މީހުން ގެނައި މުހިންމު މޮޅު އެއްޗެއްގެ ގޮތުގަ އެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ ބަރޯ ތައާރަފުވެ ބޭނުން ކުރަން ފެށުނު ގޮތުގެ މައްޗަށެވެ.

ށ. އަތޮޅު މަދަރުސާ އިމާރާތް ކުރުމުގެ މަސައްކަތަށް ގެނައި ތަކެތި ބަހައްޓާފައި ހުރީ ކާޑު ގޭގެ އެވެ. މިހާރު ރައްޔިތުންގެ ބޭސްފިހާރަ އިމާރާތް ކޮށްފައި އެވަނީ އެ ގޯތި ތެރޭގަ އެވެ. ކާޑުގެއިން މަދަރުސާ އިމާރާތްކުރާ ތަނަށް ތަކެތި އުފުލުމަށްޓަކައި ބާރަވަރަކަށް ބަރޯ ގެނެސްފައި ހުއްޓެވެ. މި ޒަމާނުގައި ކޮނޑުގައި އެއްޗެއް އުފުލަން ވެއްޖެ އެއީ ވަރަށް ދުރެވެ.

އުފުލަންޖެހޭ ކޮންމެ އެއްޗެއް، އުފުލާ އުޅެނީ މަސައްކަތު މީހުންގެ ކޮނޑުގަ އެވެ. އެއީ ކިތަންމެ ދުރުން ގެންނަން ޖެހުނު އެއްޗެއް ކަމުގައި ވިޔަސްމެ އެވެ. މަސައްކަތް ކުރުވަން ޖަޕާނުން އައިސް ތިބި މީހުން މިކަމާ ވަރަށް ޝަކުވާ ކުރެ އެވެ. ނަމަވެސް ރަށުގައި ބަރޯ ދުއްވަން އެނގޭ މީހަކު ނެތުމުން, ބަރޯގައި އެއްޗެއް ގެންނާނެ މީހަކު ނުވެ އެވެ. އެހެން ކަމުން އެންމެންވެސް ސިމެންތި އާއި ވެއްޔާއި އަދި ގައުވެސް އުފުލަނީ ކޮނޑުގަ އެވެ. ބަރޯތައް ވައިޖަހާފައި އެއްފަރާތެއްގައި ބަހައްޓާފައި ހުރެ އެވެ.

މަސައްކަތްކުރުވާ މީހުން ހިތްހަމަ ނުޖެހިގެން އެންމެ ފަހުން ކޮނޑުގައި ތަކެތި އުފުލުން ހުއްޓާލަން މަޖުބޫރުވި އެވެ. އެހެންކަމުން ބަރޯގައި ނޫނީ ތަކެތި ގެނެވޭކަށް ނެތެވެ. ބަރޯއަށް އެއްޗެއް ނުލައި ދުއްވާލާފައި، މަސައްކަތު ސާމާނު ހުރި ތަނަށް ބަރޯ ގެންދެވޭ ދެމީހަކު ތިއްބެވެ. އެ މީހުންނަށްވެސް ތެދަކަށް ދުއްވައެއް ނުލެވެ އެވެ.

ކޮންމެއަކަސް ދެތިން ހަތަރު މީހުންނަށް ވެގެން، ސިމެންތި ކޮތަޅެއް ބަރޯއަށް ލައިފި އެވެ. ބަރޯގެ އަތްގަނޑުގައި ޒުވާނަކު ހިފައި ދުއްވާލެވޭތޯ ބެލިއެވެ. އެންމެ ތަންކޮޅަކަށް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އެހެންކަމުން ބަރޯ ހިފެހެއްޓުމަށްޓަކައި ވަރުގަދަ ދެމީހުން ބަރޯގެ ދެފަރާތަށް ލެފިލި އެވެ. މިވަރުންވެސް ކުރިއަށް ދުއްވޭ ގޮތެއް ނުވުމުން، ބަރޯގެ ކުރީ ކޮޅުގައި ވާގަނޑެއް ޖަހާ ތިންހަތަރު މީހުން ވެގެން ދަމާ ކޫއްތައިގެން ފުރަތަމަ ސިމެންތި ކޮތަޅު ބަރޯގައި ގެނަ އެވެ.

ށ. ކަނޑިތީމު
ށ. ކަނޑިތީމު

ށ. ކަނޑިތީމު

ކޮނޑުމަތީގައި މީހަކަށް ގެނެވެނީ ފަހަރަކު ސިމެންތި ކޮތަޅެކެވެ. ބަރޯގައި ސިމެންތިފަދަ ތަކެތި ގެންނަން ޖެހެނީ މަސައްކަތް އަވަސް ކުރަންވެގެންނެވެ. ނަމަވެސް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ބަރޯ ހިފައިގެން ސިމެންތި ބަލާދިއަ މީހުން އައިއިރު ހައެއްކަ މީހުންނަށް ގެނެވުނީ އެންމެ ސިމެންތި ކޮތަޅެކެވެ. އެއީވެސް ހައެއްކަ އަށެއްކަ ތަނަށް ވެއްޓިގެންނެވެ. ޖަޕާނުން އައިސްތިބި މީހުން ބަހަކުން ކުރެ ބަހެއް ނުބުނެ މިތަން ބަލަން ތިއްބެވެ.

ށ. އަތޮޅު މަދަރުސާ އިމާރާތްކޮށް ނިންމާފައި ދިޔައިރު ރަށުގައި ބަރޯއެއް ބެހެއްޓި އެވެ. އެ ބަރޯ ހުރީ ރަތްވިލާގޭގެ އެވެ. ބަރޯގެ ފަސޭހަކަމާއި މުހިންމުކަން މިހާ ހިސާބުން މީހުންނަށް އެނގިއްޖެ އެވެ. ގިނަ ދުވަސްތަކެއް ނުވެ އަމިއްލަ މީހުން ބަރޯ ގެންނަން ފެށި އެވެ. މަދަރުސާ އިމާރާތް ކުރަން ގެނައި ބަރޯގެ އިތުރުން، ފުރަތަމަ ބަރޯއެއް ގެނައީ، އިބުރާހިމް ޙާމިދު، ފަރެސް އާއި ޢަބްދުލް ކަރީމް ޔަޙްޔާ، ކަރިސްމާ އާއި ދެމީހުން ވެގެންނެވެ.

މި ބަރޯއަކީ ޓިޔުބުލެސްފުރޮޅު ލައިފާ ހުރި ބަރޯއެކެވެ. މިފަދަ ފުރޮޅެއް ލައިފާ ހުރި ބަރޯއެއް ގެނައީ ފުރޮޅުން ވައި ހިނގައްޖެނަމަ ވައިޖެހޭނެ ގޮތެއް ނެތީމަ އެވެ.

މި ބަރޯ ގެނައީ އެމީހުންގެ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށެވެ. މި ގޮތުން އުވަދަވާނެ ހުރިހާ އެއްޗެއް ވަލުން ނެރެ، އުވަދަވާ ހެދީވެސް ގާޑިޔަލުގައި ތަކެތި ނެރެގެންނެވެ. މީގެ އިތުރުން އުވަޔާއި ވެއްޔާއި އަދި ގަލާއި ދެންވެސް އިމާރާތް ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ގޭދޮށަށް ޖަމާކޮށް ހެދީ އެ ބަރޯގަ އެވެ.

މީގެ އިތުރުން ރަށުގައިކުރާ ހުރިހާ މަސައްކަތް ތަކަކަށްވެސް މި ބަރޯ ކުއްޔަށް ގެންދިޔަ އެވެ. މިހާރު ޕިކަޕު ކުއްޔަށް ގެންދާ ފަދައިން އޭރުގައި އެ ބަރޯ ރައްޔިތުން ގެންގޮސް އުޅުނެވެ.

ބަރޯއަކަށްފަހު ބަރޯއެއް ރަށަށް ދިޔައީ ގިނަވަމުންނެވެ. މިއަދު ބަރޯއަކީ އެއާނުލައި ނޫޅެވޭ ވަރުގެ އެއްޗަކަށްވަނީ ވެ ފައެވެ. އިހުގައި ވަށްޓާއި ގޮނިމުޅޯށި ގެންގުޅުނު ފަދައިން މިއަދު ގިނަ ގޭގޭގައި ބަރޯއެއް ހުރެއެވެ.

ބަރޯ ގާޑިޔަލަށްފަހު ތަކެތި އުފުލާ އެއްޗެއްގެ ގޮތުގައި ރަށަށް ގެނައީ ދަނޑު ފަސްގަޑުޖަހާ ޒާތުގެ ޓުރެކްޓަރެކެވެ. މި ޓުރެކްޓަރު 6 ޖޫން 1996 ގައި ގެނައީ ސޯލިހް ޔޫސުފް، މެރިންވިލާ އެވެ. ރަށަށް ގެނެވުނު ހަތަރު ފުރޮޅުލީ ފުރަތަމަ އުޅަނދަކީ މިއެވެ. އޭގެ އެއްއަހަރު ފަހުން 1997 އަހަރު ފުރަތަމަ ޕިކަޕް ގެނެވުނެވެ. މި ޕިކަޕް ގެނައީ އަލީ ހުސެއިން، ހަޒާރުމާގެ އެވެ.

ނޯޓު: އަޅުގަނޑު މި ލިޔުން ލިޔުނުއިރު ރާއްޖެއަކަށް މި ހާރު މިގެންގުޅޭ ބަަގީ ނުވަތަ ރަށުޕިކަޕެއް ތަޢާރަފެއް ނުވެއެވެ. މި އުޅަނދުތައް ތަޢާރަފްވުމާއި އެކު ގޭގައި ގެންގުޅުނު ބަރޯތަކުގެޒަމާން ނިމި ބަރޯއިން ކުރަމުން އައި ގިނަ މަސައްކަތެއްވެސް ބަގީއަށް ބަދަލުވެ ނިމިއްޖެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox