އެއްވެ އުޅުން މަނާކުރާ މާއްދާ މިނިސްޓަރު އިމްރާން ދިފާއުކުރައްވައިފި

ރައީސް ސޯލިހު (ކ) އަދި މިނިސްޓަރު އިމްރާން (ވ) : އިމްރާން ވަނީ ރައީސް އުވާލައްވާނެ ކަމަށް ވިދާޅުވި މާއްދާ ދިފާއުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު (ކ) އަދި މިނިސްޓަރު އިމްރާން (ވ) : އިމްރާން ވަނީ ރައީސް އުވާލައްވާނެ ކަމަށް ވިދާޅުވި މާއްދާ ދިފާއުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

އެއްވެ އުޅުމުގެ ގާނޫނުގެ ތެރެއިން މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކުރާ މާއްދާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިފާއުކުރައްވައިފި އެވެ.

ކުރިން ހުއްދަ ހޯދުމަކައި ނުލައި އެއްވުން މަނާ ކުރާ މާއްދާއާ ގުޅޭ ގޮތުން "އަދަދު" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގާނޫނުގެ ތެރެއިން އޮތް މިންވަރަށް އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ބޮޑަށް މި ސަރުކާރުން އެއްވުމުގެ މިނިވަންކަން ދެމުންދާ ކަމަށެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން އެއްވުމަކަށް ވަކިގޮތަކަށް އަމަލުކުރާކަށް ނުފޫޒެއް ނުފޯރުވާނަން،" މިނިސްޓަރު އިމްރާން

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ ފުލުހުން މާލެ ސަރަހައްދުގައި ވެސް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި އެއްވެ އުޅުމަށް މިނިވަންކަން ދެމުން ކަމަށެވެ.

ނަމަވެސް އެއްވުންތައް އެއްވާ މީހުން ދައްކާ ވާހަކަތަކާއި ހާސިލްކުރަން ބޭނުންވާ ކަންކަމަށް ބަލާ އާންމުގެ މަސްލަހަތަށް ބެލުމަށްފަހު ގާނޫނުތަކުން ހުއްދަނުކުރެވޭ ގޮތަށް އެއްވާ އެއްވުންތައް ފުލުހުން ރޫޅާލާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

މާލޭގައި އެއްވުން މަނާކޮށް ފާސް ކުރި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށާއި ވެރިކަމަށް ވަޑައިގެން އެ އިސްލާހު އުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮތީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން ދަނީ އެ މާއްދާ ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދާ "އަދަދު" އިން ސުވާލުކުރުމުން ވިދާޅުވީ ސަރުކާރުން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox