އެފްއޭއެމްގެ ދަރަންޏަށް މިނިސްޓްރީގެ ޒިންމާއެއް ނެތް: މަހުލޫފް

Nov 14, 2022, 8:51 AM
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: މިނިސްޓަރު މަހުލޫފް ވަނީ ގައުމީ އެސޯސިއޭޝަންތަކަކީ އަމިއްލަ އަށް ދަރަންޏަށް ޒިންމާވާން ޖެހޭ ގޮތަށް އުފެދިފައިވާ ޖަމިއްޔާތަކެއް ކަމަށް ވިދާޅުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: މިނިސްޓަރު މަހުލޫފް ވަނީ ގައުމީ އެސޯސިއޭޝަންތަކަކީ އަމިއްލަ އަށް ދަރަންޏަށް ޒިންމާވާން ޖެހޭ ގޮތަށް އުފެދިފައިވާ ޖަމިއްޔާތަކެއް ކަމަށް ވިދާޅުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގައި މިނިސްޓްރީން ޒިންމާވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު، މި ގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

މެމްބަރު، އިލްޔާސް ސުވާލުކުރެއްވިއިރު، ވިދާޅުވީ އެފްއޭއެމް އިން އެކި ފަރާތްތަކަށް ލާރި ދައްކަން ޖެހޭކަން މީޑިއާތަކުން ފެންނަން އެބައޮތް ކަމަށާއި އެ އެސޯސިއޭޝަނަށް ލިބޭ ލާރި ވެސް ކުޅުންތެރިންނަށް ނުދޭކަން މީޑިއާގެ ޒަރިއްޔާއިން ފެންމުންދާ ކަމަށެވެ.

Advertisement

ކަންތައްތައް މިހެން އޮތްއިރު، އެފްއޭއެމްގައި ފައިސާގެ ކަންކަން ހިނގާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ދިއުން ނުވަތަ އެހެން ފަރާތަކަށް ހުށަހަޅައިގެން ވެސް ކުރިއަށްގެންދިއުމުގެ ކަންކަން އެބަކުރަންތޯ، އެހެން ނޫންނަމަ މި ކަމުގައި ޔޫތު މިނިސްޓްރީން އަމަލުކުރަނީ ކިހިނެއްތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.

ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މިނިސްޓްރީން ދީފައި އޮތް ޔަގީންކަމަކަށް ބަލައިގެން، އެފްއޭއެމުން ބަޔަކަށް ލާރި ނުދެވި ނޯންނާނެ ކަމަށެވެ. މިހާރު އޮތް މައްސަލަތަކަކީ އެފްއޭއެމް އިން އަމިއްލަ އަށް ޒިންމާވެގެން ނިންމަން ޖެހޭ ކަންތައްތަކެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނަށް ދީފައި ނޯންނާނެ އެއްވެސް ކޮމިޓްމަންޓެއް (ޔަގީންކަމެއް)، އަޅުގަނޑުމެން އެސޯސިއޭޝަނަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އެހެން ބަޔަކަށް ނުދެވިފައި އޮތް،" މަހުލޫފް ވިދާޅުވި އެވެ.

"އެ އުޅެނީ ސީދާ އެސޯސިއޭޝަނުން ކޮށްފައިވާ މަސައްކަތެއް ނޫންނަމަ، ހަދަންޖެހޭ ޕޭމަންޓްތަކެއް ނުހެދިގެން އުޅޭ މައްސަލަ. ނެޝަނަލް އެސޯސިއޭޝަންތަކަކީ އެ މީހުން އަމިއްލަ އަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފެދިފައިވާ ތަންތަން، އެހެންވީމަ، ޔޫތު މިނިސްޓްރީގެ ޒިންމާއެއް ނެތް، އެއިން އެއްވެސް ދަރަންޏަކާ ދޭތެރޭ. (އެފްއޭއެމްގެ ދަރަންޏާ މެދު) އެ ކަންބޮޑުވުން އަޅުގަނޑުމެންގެ ވެސް އެބައޮތް، އެކަން ހައްލުކުރެވޭނީ ކިހިނެއްތޯ މި ދަނީ ވާހަކަ ދައްކަމުން،"

މަހުލޫފް ވިދާޅުވީ ވަރަށް އަވަހަށް ދަރަނީގެ މައްސަލަތައް ނިންމާނެ ކަމުގެ ޔަގީންކަން އެފްއޭއެމުން ދީފައިވާ ކަމަށާއި މި ހުރިހާ ކަމަކާ މެދު ސަރުކާރުން ނަގަން ޖެހެނީ ކޮންފިޔަވަޅެއްތޯ ބަލައި، "މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ" އެކު އެކަން ވެސް ކުރިއަށްދާ ކަމަށެވެ.

އެފްއޭއެމްގެ މާލީ މައްސަލަތައް މީޑިއާތަކުގެ ފަލަސުރުހީ އަށް އަންނަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ކުޅުންތެރިންނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ އަކީ ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރު ކުޅުނު 1.2 މިލިއަން ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މެޗުން މޮޅުވުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ފައިސާ، އެފްއޭއެމުން ކުޅުންތެރިންނާ ހަވާލުނުކުރާ މައްސަލަ އެވެ. އެ ކަމާ މެދު ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފައިސާ ދޭން އެފްއޭއެމް އިން އެންމެ ފަހުން ހަވާލުކުރަން ބުނި މުއްދަތު ތެރޭގައި ވެސް ކުޅުންތެރިންނާ ހަވާލުކުރެވޭ ގޮތެއް އަދި އޮތީ ނުވެ އެވެ.

މީގެ އިތުރުން އެފްއޭއެމުން ކަރަންޓް ބިލަށް ފައިސާ ނުދައްކާތީ، ދާދި ފަހުން ސްޓެލްކޯ އިން ވަނީ އެފްއޭއެމް ބިލްޑިން އިން ކަރަންޓް ކަނޑާލައިފަ އެވެ. ކަރަންޓް ބިލްތަކަށް ޖުމްލަ، 6.5 މިިލިއަން ރުފިޔާ އަރަ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކެއްގެ މައްސަލަތަކެއް ކޯޓުގައި ވެސް ކުރިއަށްދަމުން އަންނައިރު، ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ. އެ ގޮތުން ދާދި ފަހުން ސިވިލް ކޯޓުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ. އޭގެ އިތުރުން ވެސް އެފްއޭއެމާއި އެކިއެކި ފަރާތްތަކާ ދެމެދު ހިނގާފައިވާ މާލީ މުއާމަލާތްތަކުގެ މައްސަލަތަކެއްގައި އެ ފަރާތްތަކުން އަންނަނީ އެފްއޭއެމާ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެޕޯލޯ ހޯލްޑިންގްސް އަށް އެފްއޭއެމުން ދައްކަން ޖެހޭ 40 ވަރަކަށް މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އަދާނުކުރެވިގެން އޭގެ ބަދަލުގައި، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުޓްބޯޯލް ސްކޫލްގެ ބިމެއް ވަނީ 25 އަހަރަށް އެޕޯލޯ ހޯލްޑިންސް އަށް ކުއްޔަށް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox