12 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ރޭސް ނިންމައި ރޫޔާ ތާރީހުގެ ތެރެއަށް

May 26, 2024, 4:16 PM
މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ތެރެއިން ރޫޔާ އިވެންޓެއްގައި ދުވަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ތެރެއިން ރޫޔާ އިވެންޓެއްގައި ދުވަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އޮލިމްޕިކް ކޮމިޓީ

ޖެމެއިކާގައި ކުރިއަށްދިޔަ ޖޭއޭއޭއޭ އޯލް ކަމާސްގެ އިވެންޓުގައި ދުވެ، ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ސަތޭކަ މީޓަރު ދުވުމުގެ ރެކޯޑް މި މަހު ކުރީކޮޅުގައި މުގުރާލި، ރޫޔާ، މި ފަހަރު ރޭސް ނިންމީ، 11.87 ސިކުންތުންނެވެ. މިއީ، ރާއްޖޭގެ ތާރީހުގައި ވެސް އަންހެން އެތުލީޓަކު، 100 މީޓަރު ރޭސް 12 ސިކުންތަށް ވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ.

މި މަހުގެ ކުރީކޮޅުގައި ރޫޔާ، 100 މީޓަރު ދުވުމުގެ ރެކޯޑް ހެދީ، 12.02 ސިކުންތުން ދުވެގެންނެވެ.

އެ ރެކޯޑް، 21 އަހަރުން ވަންދެން މުގުރާނުލެވި އޮއްވައި، އެކަން ހާސިލްކުރީ، 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، އައިޝަތު ހިމްނާ ހަސަން އެވެ. އެއީ، 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާ އަތުގައި ރެކޯޑް މާގިނަ އަހަރުތަކެއް ވަންދެން ނެތީ، ބެންކް އޮފް މޯލްޑިވްސްގެ އެތުލީޓްސް ސްކޮލަޝިޕެއްގައި، ޖެމެއިކާގައި ތަމްރީން ވަމުން އަންނަ ރޫޔާ ހޯދަން ފެށި ކުރިއެރުންތަކާ އެކު އެވެ.

ރޫޔާ، މި ވަނީ އެއް މަސް ތެރޭ ދަ ފަހަރު، 100 މީޓަރު ރެކޯޑް ހަދައި، ތާރީހު ބަދަލުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox