ރޫޔާ، ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރަނީ

Jul 4, 2024, 5:46 PM
ގައުމީ އެތުލީޓު، ރޫޔާ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ދުވަނީ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ގައުމީ އެތުލީޓު، ރޫޔާ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ދުވަނީ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ޕެރޫގައި މި އަހަރު ކުރިއަށްގެންދަން ނިންމާފައިވާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރާނެ އެތުލީޓެއްގެ ގޮތުގައި، މަރިޔަމް ރޫޔާ އަލީ ހޮވިއްޖެ އެވެ.

ލީމާގައި އަންނަ މަހުގެ 27-31 އަށް ކުރިއަށްދާ 20 އަހަރުން ދަށުގެ ދުނިޔޭގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރޫޔާ، 19، އަށް ލިބުނީ އެ ކެޓަގަރީން ރާއްޖޭގެ އެންމެ ބާރު އެތުލީޓު ކަމަށްވުމުންނެވެ.

ބެންކް އޮފް މޯލްޑިވްސްގެ އެތުލީޓް ސްކޮލަޝިޕް ޓްރެއިނިން ޕްރޮގްރާމްގެ އެހީގައި، ޖެމެެއިކާގައި ޓްރެއިނިން ހަދާފައިވާ ރޫޔާ ވަނީ މިދިޔަ އަހަރެއްހާ ދުވަހު ބޮޑެތި ކުރިއެތުންތަކެއް ހޯދައިފަ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް އަންހެން އެތުލީޓަކު، 100 މީޓަރު ރޭސް 12 ސިކުންތަށް ވުރެ އަވަހަށް ނިންމުމުގެ ޝަރަފް ހޯދީ ރޫޔާ އެވެ. އެ ގޮތުން، މިދިޔަ މެއި މަހު، ޖެމެއިކާގައި ކުރިއަށްދިޔަ ޖޭއޭއޭއޭ އޯލް ކަމާސްގެ އިވެންޓުގައި ދުވެ، ރޫޔާ، ރޭސް ނިންމީ، 11.87 ސިކުންތުންނެވެ. އެ މަހުގެ ކުރީކޮޅުގައި ވެސް ރޫޔާ ވަނީ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އެ ފަހަރު ރޭސް ނިންމީ، 12.02 ސިކުންތުން ދުވެގެންނެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރުގެ ބާމިންހަމް، ކޮމަންވެލްތުގޭމްސްގައި ދުވުނު ރޫޔާ އަކީ މި ވަގުތަށް ބަލާއިރު ރާއްޖޭގެ އެންމެ އުންމީދީ އަންހެން އެތުލީޓެވެ.

މިދިޔަ މާޗް މަހު، ޖެމެއިކާގައި ކުރިއަށްދިޔަ ވެލޯސިޓީ ފެސްޓް 14 ގައި ވާދަކޮށް، ރޫޔާ ވަނީ 200 މީޓަރު ދުވުމުގެގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފަ އެވެ. ރޫޔާ، ފަހުން ރެކޯޑް ހެދި ޓައިމިން އަކީ، 25.11 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox