އަލިފާނުގެ ހާދިސާގައި މަރުވި އެކަކު އަދިވެސް ދެނެނުގަނެވޭ

Nov 11, 2022, 9:32 AM
ނިރުފެހިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ގެ ކައިރީގައި އެމްބިއުލާންސެއް؛ މި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިރުފެހިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ގެ ކައިރީގައި އެމްބިއުލާންސެއް؛ މި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ. އަދި، އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވަ ދެމުންނެވެ.

ފުލުހުން މިއަދު ބުނީ މަރުވި މީހުންގެ ތެރެއިން ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައިވަނީ އިންޑިއާގެ ތިން ފިރިހެނުންނާއި އެ ގައުމުގެ ހަތަރު ފިރިހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

Advertisement

އަދި، ދެން ފެށުނު ހަށިގަނޑަކީ ކާކުކަން މިހާތަނަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވި މީހުން ދެނެގަތުމަށް ފުލުހުން ވަނީ އެ ރެއިން ފެށިގެން ހަބަރު ނުވާ ބިދޭސީންގެ މައުލޫމާތުގެ އިތުރުން ފުލުހުން ވަނީ މ. ނިރުފެހި ގެއާއި، މ. ސޭންޑްރޯޒްގޭގައި ދިރިއުޅޭ މީހުންނާއި، އެގޭގެއަށް ރޭ ގޮސްފައިވަ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ވެސް ހޯދަން އާންމުންގެ ކިބައިން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox