ރޯވި ގެއިން ނިކުމެވުނު ދެމަފިރިން މަރުވި ހިތާމަވެރި ގޮތް

އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން: އެ ދެމަފިރިން ހިމެނުނީ ގެއިން ނިކުތް ފުރަތަމަ މީހުންގެ ތެރޭގައި، އެކަމަކު މަރުވީ ބައެއް ތަކެތި ސަލާމަތް ކުރުމަށް އަލުން ވަނުމުން -- ފޮޓޯ: އަދަދު

އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން: އެ ދެމަފިރިން ހިމެނުނީ ގެއިން ނިކުތް ފުރަތަމަ މީހުންގެ ތެރޭގައި، އެކަމަކު މަރުވީ ބައެއް ތަކެތި ސަލާމަތް ކުރުމަށް އަލުން ވަނުމުން -- ފޮޓޯ: އަދަދު

ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭކަން ބައެއް މީހުންނަށް އެނގުނީ ފުލުހުން އެ ގެއަށް ވަދެ ގޮވުމުންނެވެ. އެއިރު މ. ނިރުފެހި ގޭގައި ހުރީ ރަނގަޅަށް ހުޅުގަނޑު ހިފައިފަ އެވެ. އެޑްވިން ޖެނިލް، 42، އާއި އޭނާގެ އަނބިމީހާ ސުންދާރީ، 47، ހިމެނުނީ ގެއިން ނުކުތް ފުރަތަމަ މީހުންގެ ތެރޭގަ އެވެ.

ފުރަތަމަ ރޯވީ ތިން ބުރީގެ އިމާރާތުގެ އެންމެ ތިރީ ބައިގަ އެވެ. މަތީ ދެ ބުރިއަކީ ބިދޭސީ މަސައްކަތު މީހުން ދިރިއުޅުމަށް ހަދާފައި ހުރި ދެ ބުރި އެވެ. ގާތްގަނޑަކަށް 10 ކޮޓަރީގައި 40 އާ ގާތްކުރާ އަދަދަކަށް މީހުން އުޅުނެވެ.

ފުލުހުން އައިސް ގޮވުމުން، ޖެނިލް އާއި ސުންދާރީ އަލިފާނާއި ދުމުގެ ތެރެއިން ގެއިން ނުކުތީ އެމީހުންގެ މުދާތައް ވެސް ދޫކޮށްލައިފަ އެވެ. ދެމަފިރިންގެ މާލީ ތަނަވަސްކަމުގެ ވަރަށް ބޮޑު ބަޔަކީ ރަނާއި ގަހަނާ އެވެ. ބޭރަށް ނުކުތުމަށްފަހު، ހިނދުކޮޅެއްގެ ފިކުރަކަށްފަހު ދެމަފިރިން ނިންމީ މުދާކޮޅު ސަލާމަތް ކުރަން އަލުން ގެއަށް ވަނުމަށެވެ.

"ޖެނިލް އާއި ސުންދާރީ އެއީ އެތަނުން ސަލާމަތްވެގެން ނުކުމެވުނު ދެ މީހުން. އެކަމަކު އެ ދެމަފިރިން ނިންމީ އަލުން ގެއަށް ވަދެ، ބައެއް ތަކެތި ސަލާމަތް ކުރެވޭތޯ ބަލަން،" ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ބިދޭސީއަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި  ދެމަފިރިން: މަރުވި އެންމެންގެ ހަށިގަނޑު އަދި ދަނެގަނެވިފައެއް ނުވޭ -- ފޮޓޯ: އަދަދު
ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި ދެމަފިރިން: މަރުވި އެންމެންގެ ހަށިގަނޑު އަދި ދަނެގަނެވިފައެއް ނުވޭ -- ފޮޓޯ: އަދަދު

ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި ދެމަފިރިން: މަރުވި އެންމެންގެ ހަށިގަނޑު އަދި ދަނެގަނެވިފައެއް ނުވޭ -- ފޮޓޯ: އަދަދު

ރޭގެ އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާކަން އެނގޭއިރު އޭގެ ތެރެއިން އަށް މީހުންނަކީ އިންޑިއާ މީހުންނެވެ. އެކަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެކަކުގެ ހަށިގަނޑު އަދިވެސް ކާކުކަން ދަނެގަނެވޭވަރު ނުވެ އެވެ.

މި ނޫހުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު މަރުވި މީހުންގެ ތެރޭގައި ތިން އަންހެނަކު ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. މަރުވި އިންޑިއާ މީހުންގެ ތެރޭގައި ޖެނިލް އާއި ސުންދާރީގެ އިތުރުން ވެންކަޓަ ސަޓިޔަނަރަޔަނަ، 48، އާއި ޕަޑަލަ އެޑުކޮންޑަލު، 43، އާއި މައްލޫލާ ނަނީ ޕަންޑޫ، 25، އާއި ސުޖާތާ (އުމުރު ނޭނގޭ) އާއި ތެންމޮޒީ (އުމުރު ނޭނގޭ) ހިމެނެ އެވެ.

މަރުވި މީހުން އަދި އެތަނުން ސަލާމަތްވި މީހުންނަށް މިހާރު ސަރުކާރާއި ޖަމިއްޔާތަކުން އެހީ ފޯރުކޮށްދެމުންދާއިރު، އެމީހުން ދަންނަ އަދި ގާތް ބައެއް މީހުން ބުނީ އަލިފާނުގެ އަސަރު ކުރި މީހުން ތިބީ ޝޮކެއްގައި ކަމަށެވެ. ބައެއް މީހުންނަށް އަދިވެސް ހާދިސާ އާއި މަންޒަރު ސިފަކޮށްދޭން ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"އޭގެ ތެރޭގައި އެއްބައި މީހުންނަކީ ގާތް، އެއްކޮށް އުޅުނު މީހުން. އެމީހުން އަލިފާނުގެ ތެރެއަށް ގެއްލިގެން މި އުޅެނީ. ބައެއް މީހުންނަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ. ބައެއް މީހުންނަށް ނޭނގޭ ހާދިސާ ކިޔައިދޭކަށް، ކަން ހިނގި ގޮތް ބުނެދޭކަށް،" ސަލާމަތްވި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ރާއްޖޭގައި ތިން ލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީން ދިރިއުޅޭ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު އުޅެނީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަކު ނޫނެވެ. އަދި އެތައް ސަތޭކަ ބަޔަކު ކުދި ތަންތަންކޮޅުގައި ވެސް ދިރިއުޅެ އެވެ.

"ދިވެހިރާއްޖެއަށް މަސައްކަތު މީހާ އަންނަ ތަނުން އޭނާގެ ޕާސްޕޯޓު އަތުލައި ބޮޑު ރެކްރޫޓްމަންޓު ފީއެއް ނަގާ. އޭގެ ފަހުން އޭނާއަށް ގިނަ ފަހަރު މުސާރަ ވެސް ނުދޭ. އަދި މިފަދަ މީހުން ދިރިއުޅެން މަޖުބޫރު ކުރާ ތަންތަން ސިފަ ކުރެވޭނީ އަނިޔާވެރި، ލާއިންސާނީ އަދި ކަރާމާތެއް ތަންތަން ގޮތުގައި،" އދ. ގެ ޓޯޗާއާ ދެކޮޅަށް މަސައްކަތް ކުރާ ހާއްސަ މަންދޫބު 2019 ވަނަ އަހަރު ރާއްޖެ އައިސް ވިދާޅުވެފައިވެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން ބައެއް ތަޖުރިބާކާރުން ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ބިދޭސީން ދިރިއުޅެމުންދާ ހާލަތާއި އެމީހުންގެ ހައްގުތައް ނެތް މިންވަރު ހާމަވެފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެ އަލިފާނުގެ ހާދިސާގައި އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox