މުވައްޒަފުންގެ ކުދިން ބަލަހައްޓަން ޗައިލްޑް ކެއާ ސެންޓަރެއް ސްޓެލްކޯގައި ހުޅުވައިފި

މިއަދު ހުޅުވުނު ސްޓެލްކޯ ޗައިޑް ކެއާ ސެންޓަރު. އެތަން ހުޅުވުމާ އެކު އެ ކުންފުނީގެ މުވައްޒަފުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުްނފުނިން ބުނޭ -- ފޮޓޯ: އިޔާން/އަދަދު

މިއަދު ހުޅުވުނު ސްޓެލްކޯ ޗައިޑް ކެއާ ސެންޓަރު. އެތަން ހުޅުވުމާ އެކު އެ ކުންފުނީގެ މުވައްޒަފުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުްނފުނިން ބުނޭ -- ފޮޓޯ: އިޔާން/އަދަދު

ސްޓެލްކޯގެ މުވައްޒަފުންނަށް އެމީހުންގެ ކުދިން މަސައްކަތު ގަޑީގައި ބޭތިއްބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާހައުލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ގާއިމުކުރި ސްޓެލްކޯ ޗައިލްޑު ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ހަފްލާގައި އެ ސެންޓަރު ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް، ރިޓަޔަޑް އިބްރާހީމް މުހައްމަދު ދީދީ އެވެ.

އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު އެތަނުގައި ތިބި ކުދިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ:އިޔާން/އަދަދު
އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު އެތަނުގައި ތިބި ކުދިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ:އިޔާން/އަދަދު

އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު އެ ކުންފުނީގެ ޗެއާމަންއާއި އެމްޑީ އެތަނުގައި ތިބި ކުދިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ:އިޔާން/އަދަދު

ޗައިލްޑް ކެއާ ސެންޓަރު ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ސެންޓަރަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް ކަމަށާއި އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށެވެ.

އެގޮތުން، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދިލެއްވި އެވެ.

އެ ސެންޓަރުން ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމަށް ތިބޭނީ ކަމަށް ގާބިލު އަދި ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން، ކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އެތަނުގައި އިސްކަންދޭނެ އެވެ.

މިއަދު ހުޅުވި އެ ސެންޓަރުގައި ކުޑަކުދިން ކުޅޭ އެކި ވައްތަރުގެ ސާމާނާއި، ކިޔެވުމާއި، ކުރަހައި ކުލަ ޖެއްސުމަށް ބޭނުން ކުރާ ސާމާނުގެ އިތުރުން ފޮތް ހަރުގަނޑެއް ވެސް ހުންނާނެ އެވެ.

އެ ސެންޓަރުގައި ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑު -- ފޮޓޯ: އިޔާން/އަދަދު
އެ ސެންޓަރުގައި ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑު -- ފޮޓޯ: އިޔާން/އަދަދު

އެ ސެންޓަރުގައި ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑު -- ފޮޓޯ: އިޔާން/އަދަދު

ޗައިލްޑް ކެއާ ސެންޓަރުގައި ހިދުމަތްދޭ އުމުރުފުރާ އަކީ ފަސް އަހަރާއި 10 އަހަރާ ދެމެދު ގެ ކުދިންނެވެ. އެތަން ހުޅުވާފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00 އަށެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއާ ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ގާއިމުކޮށްދިން ތަނެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox